ޕިކަޕެއް ގަންނަން ފުވައްމުލަކު ކައުންސިލުން 194،900ރ. އިތުރަށް ހަރަދުކުރި މައްސަލައެއް

ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ. އެ ކައުންސިލުގެ އޮޑިޓު ރިޕޯޓުގައ ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ. އެ ކައުންސިލުގެ އޮޑިޓު ރިޕޯޓުގައ ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ފުވައްމުލަކު ކައުންސިލުގެ ބޭނުމަށް ރަށު ޕިކަޕެއް ހޯދުމަށް އިއުލާނު ކުރުމަށްފަހު، ރަށު ޕިކަޕެއްގެ އަގަށްވުރެ 194،900ރ. އިތުރަށް ހަރަދުކޮށްގެން ބެޓެރި ޕިކަޕް ޓްރަކެއް ގަނެފައިވާ މައްސަލަ ބަލައި އެކަމުގައި އިހުމާލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް އޮފީހުން ލަފާ ދެއްވައިފި އެވެ.

މިދިޔަ ޖޫން ފަސްވަނަ ދުވަހު އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ 2022 ވަނަ އަހަރުގެ މާލީ އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ފުވައްމުލަކު ކައުންސިލު އިދާރާގެ ބޭނުންމަށް ރަށު ޕިކަޕެއް ހޯދުމަށް އެ އިދާރާއައި ކޮރަލް ހޯލްޑިންގްސް އެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ޖޫން 16، 2022 ގައި އެއްބަސްވުމެއްގައި ސޮއިކޮށް 227،900ރ، ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އެ ޕިކަޕު ހޯދުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން, ރަށު ޕިކަޕެއްގެ ބަދަލުގައި ބެޓެރީ ޕިކަޕް ޓްރަކެއް ސަޕްލައި ކުރަން ކޮރަލް ހޯލްޑިންގްސް އެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ބިޑު ބަލައިގަނެފައި ވަނީ ކޮންމެހެން ހުށަހަޅަންޖެހޭ ކަމަށް އިއުލާނުގައި ބަޔާން ކޮށްފައިވާ ބައެއް ލިޔުންތައް ނެތިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެއިތުރުން ރަށު ޕިކަޕެއް ހޯދުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ކުރި އިއުލާނުގައި، ހޯދަން ބޭނުންވާ ވެހިކަލްގެ ސައްހަ މައުލޫމާތު ބިޑު އިއުލާނާއި މައުލޫމާތު ޝީޓުގައި ހިމަނާފައި ނުވާކަން ވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލަށް 1.5 ޓަނުގެ ރަށު ޕިކަޕެއް ހޯދުމަށް ފުރަތަމަ އިއުލާނު ކުރީ އޭޕްރިލް 21، 2022 ގަ އެވެ. ނަމަވެސް އެފަހަރު ބިޑު ހުށަހެޅި ފަރާތްތަކުން ބިޑާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވާ ކަމަށް ބުނެ އެ ބިޑު ބާތިލު ކުރީ އެވެ. ދެވަނަ އިއުލާނެއް އެ ކައުންސިލުން ކުރީ މާޗު 22، 2022 ގަ އެވެ.

ފުވައްމުލަކު ކައުންސިލުން ކުރި އިއުލާނުގައި އެ ކައުންސިލަށް ބޭނުންވާ ޕިކަޕުގެ ސްޕެސިފިކޭޝަންސްގެ ގޮތުގައި ހިމަނާފައިވާ ކަންކަން ފުރިހަމަވާ ޕިކަޕެއް އާންމުކޮށް މާކެޓުގައި ނުހުންނަކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ޕިކަޕުގެ ސްޕެސިފިކޭޝަންގެ ގޮތުގައި ހިމަނައިފައިވާ ކަންކަން:

  • ހަތަރު މީހުންގެ ޖާގައިގެ ޕިކަޕަކަށް ވުން
  • އެއާ ކޮންޑިޝަން ކޮށްފައި ހުރުން
  • ރިއާ ކެމެރާ (ފަހަތް ފެންނަ ކެމެރާ)
  • އޯޑިއޯ ޕްލޭޔަރެއް ހުރުން
  • ޔޫއެސްބީ އަދި ރޭޑިއޯ ސަޕޯޓު ހިމަނާފައިވުން

އެ ސްޕެސިފިކޭޝަންތައް އެހެން ހުރި ނަމަވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ބިޑު އެވޯޑުކޮށްފައި ވަަނީ އެފަހަރު ހަމައެކަނި ބިޑު ހުށަހެޅި ފަރާތް ކަމުގައިވާ، ކޮރަލް ހޯލްޑިންސް އެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ކަމަށް ވާތީ މައުލޫމާތު ޝީޓުގައި ހިމަނާފައިވާ ރަށު ޕިކަޕުގެ ސްޕެސިފިކޭޝަނަކީ ސައްހަ މައުލޫމާތައް ބަލައިގެން ހިމަނާފައިވާ ސްޕެސިފިކޭޝަންތަކެއް ނޫން ކަމަށް ބެލެވޭ ކަމަށާއި އެކަމުގެ ސަބަބުން ބިޑު ހުށަހަޅަން ބޭނުންވި ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ލިބިފައި ނުވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އަދި ފުވައްމުލަކު ކައުންސިލުން ކުރި އިއުލާނުގައި، ބިޑާއެކު ބޭންކު ރިފަރެންސް ލެޓާ ނުވަތަ ފާއިތުވި ތިން މަސްދުވަހުގެ ބޭންކު އެކައުންޓު ސްޓޭޓުމެންޓު ހުށަަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް ކޮރަލް ހޯލްޑިންގްސް އެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ބިޑު ހުށަހަޅާފައި ވަނީ އެންމެ މަހެއްގެ ބޭންކު ސްޓޭޓުމަންޓާ އެކުަގައިކަން ވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެކަންކަން އެހެން ހުއްޓައި ކޮރަލް ހޯލްޑިންގްސް އެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ބިޑުގައި ވާގޮތާ ހިލާފަށް 1000 ކިލޯގެ ބެޓެރީ ޕިކަޕް ޓްރަކެއް ފޯރުކޮށްދިނުމުން އޮކްޓޫބަރު 2، 2022 ގައި ކައުންސިލުގެ ފަރާތުން އެ އުޅަނދާ ހަވާލުވެފައިވާކަން ވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ދައުލަތުގެ ތަންތަނުން ހަވާލު ކުރާ މަސައްކަތާއި ހޯދާ ހިދުމަތްތަކާއި ގަންނަ ތަކެތި ބަލައިގަންނަން ވާނީ އެގުރީމެންޓުގައި ވާގޮތުގެ މަތިން އެކަންތައް ކޮށް ނިންމުމުން ކަމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އެހެންކަމުން ކޮރަލް ހޯލްޑިންގްސް އެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ބިޑުގައި ސަޕްލައި ކޮށްދޭނެ ކަމަށް ބުނި 1.5 ޓަނުގެ ޕިކަޕު ނޫނީ އެ ކައުންސިލަށް ބަލައެއް ނުގަނެވޭނެ އެވެ.

ރާއްޖޭގެ މާކެޓުގައި 1.5 ޓަނުގެ ޕިކަޕެއް 33،000ރ. އަށް ލިބެން ހުރިކަން ފާހަގަކޮށް އޮޑިޓު ރިޕޯޓުގައި ވަނީ ބެޓެރީ ޕިކަޕް ޓްރަކެއް ގަތުމަށް ކައުންސިލުން އިތުރަށް 194،900ރ. ހަރަދު ކުރިއިރު، ބެޓެރީ ޕިކަޕް ޓްރަކަކުން 1.5 ޓަނުގެ ރަށު ޕިކަޕަކުން ހިފޭ ބޭނުން ވެސް ނުހިފޭނެކަން ފާހަގަކޮށްފަ އެވެ.

އޭގެއިތުރުން އޮޑިޓު ކުރި ތާރީހާ ހަމައަށް ވެސް ބެޓެރީ ޕިކަޕް ޓްރަކް ސިޓީ ކައުންސިލުގެ ނަމަށް ރެޖިސްޓަރީ ކޮށްފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ހުރިހާ ކަމެއް ފާހަގަކުރުމަށްފަހު އޮޑިޓު ރިޕޯޓުގައި ވަނީ ކުރިއަށް އޮތްތަނުގައި އެކަންކަން ރަނގަޅު ކުރުމަށް ލަފާ ދީފަ އެވެ. އަދި އެކަމުގައި ބައިވެރިވި މީހުންނަކީ ކޮބައިކަން ބަލައި އެމީހުންނާ މެދު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް ވެސް އޮޑިޓު ރިޕޯޓުގައި ލަފާ ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox