ސަރުކާރުން ހިލޭ ހައްޖަށް ފޮނުއްވާ ފުރަތަމަ 50 މީހުން މިއަދު ފުރަނީ

މިދިޔަ ހުކުރު ދުވަހު ފުރި ހައްޖާޖީން ހުކުރު ނަމާދަށް ތައްޔާރުވަނީ: ހައްޖުވެރިން ފުރުމެގެ ކަންކަން ފަސޭހަކޮށްދޭން ހުޅުލޭ ދެ މިސްކިތުގައި ހުކުރު އަވަސްކޮށްފި - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިދިޔަ ހުކުރު ދުވަހު ފުރި ހައްޖާޖީން ހުކުރު ނަމާދަށް ތައްޔާރުވަނީ: ހައްޖުވެރިން ފުރުމެގެ ކަންކަން ފަސޭހަކޮށްދޭން ހުޅުލޭ ދެ މިސްކިތުގައި ހުކުރު އަވަސްކޮށްފި - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ސަރުކާރުން ހިލޭ ހައްޖަށް ފޮނުވާ މީހުންގެ ތެރެއިން ފުރަތަމަ 50 މީހުން މިއަދު ހައްޖަށް ފުރާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މީހުން ފުރާނީ ހައްޖާޖީންގެ ފަހު ގްރޫޕާއެކު މިއަދު މެންދުރު ކަމަށެވެ. އެ ފްލައިޓު ފުރަން ހަމަޖެހިފައިވަނީ 1:55 ގަ އެވެ.

ހައްޖު ކޯޕަރޭޝަން ހަރުދަނާކޮށް ހައްޖުގެ އަގު ހެޔޮކުރުމުގެ އިތުރުން، ފަސް އަހަރު ތެރޭގައި 1،000 ފަގީރުން ހިލޭ ހައްޖުގެ އަޅުކަމަށް ފޮނުވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ އޮގަސްޓު 18, ގައި މުލަކުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގަ އެވެ.

އޭގެ ތެރެއިން ފުރަތަމަ އަހަރު ހައްޖަށް ފޮނުއްވާނީ 50 މީހުން ކަމަށް ރައީސް އިއުލާނުކުރެއްވީ ޑިސެމްބަރު 5، 2023 ގައި އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

"ފަސް އަހަރު ތެރޭގައި 1000 މީހުން ހިލޭ ހައްޖަށް ފޮނުވުން، ފުރަތަމަ 50 މީހުން، އެކި އަހަރު އަދަދުތައް ތަފާތުވާނެ،" ރައީސް އެދުވަހު ވިދާޅުވި އެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ. އިސްލާމިކް މިނިސްޓްރީ ބުނެފައިވާ ގޮތުގައި އެހީތެރިން ފިޔަވާ މި އަހަރު ރާއްޖެއިން 980 މީހަކު ހައްޖަށް ދާނެ އެވެ. ސައުދީއިން ރާއްޖެއަށް ދޫކުރާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ.

ރައީސްގެ ވައުދުގެ ދަށުން މި އަހަރު ހައްޖަށް ފޮނުވާ ފަގީރުންގެ އަދަދަކީ 60 ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ފަހުން ނިންމި ނަމަވެސް އޭގެ ތެރެއިން 10 މީހުން ވަނީ އެ ފުރުސަތު ދޫކޮށްލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox