ހައްޖު ދުވަސް އަންނަ ހުކުރު ދުވަހަށް އަވަސްވުމާއެކު، އީދު ދުވަސް ޖޫން 16، އަށް ބަދަލުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޒުލްހިއްޖާ މަހުގެ ހަނދު ފެނިވާތީ، ރާއްޖޭގެ ހަނދު ސާބިތު ކުރުމުގެ އުސޫލަށް ރިއާޔަތްކޮށް، ހައްޖު މަހުގެ އެއްވަނަ ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން އަރަފާތު ދުވަހަކީ ޖޫން 15، ވާ ހޮނިހިރު ދުވަސް ކަމަށާއި، އީދު ދުވަހަކީ ޖޫން 16، ވާ އާދީއްތަ ދުވަސް ކަމަށް ކަނޑައަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ސައުދީ ސަރުކާރުން ބުނީ ޒުލްހިއްޖާ މަހުގެ ހަނދު މިރޭ ފެނިފައިވާ ކަމަށާއި، މާދަމާއަކީ ހައްޖު ދުވަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
ނަމަވެސް ހިޖުރީ ކަލަންޑަރުގައި ކަނޑައަޅާފައި އޮތީ ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ ހޮނިހިރު ދުވަސް ކަމަށެވެ. އަދި އަރަފާތް ދުވަސް ޖޫން 16، ކަމަށް އޮތިއިރު، އީދު ދުވަސް ކަމަށް އޮތީ ޖޫން 17، އެވެ.














