މުހީތުގެ މަރު: މައިމޫނާއި ނާސިހުގެ މަރު ހުކުމަށް ފަސް އަހަރުވީ އިރު އިސްތިއުނާފު ނުފެށޭ

މުހީތުގެ މަރު މައްސަލާގައި ހުކުމްކޮށްފައިވާ ދެ މީހުން: އިސްތިއުނާފުގެ ޝަރީއަތް އަދި ފެށޭ ގޮތެއް ނުވޭ - ފޮޓޯ: ހައި ކޯޓު ވީޑިއޯ ސްނެޕްޝޮޓް

މުހީތުގެ މަރު މައްސަލާގައި ހުކުމްކޮށްފައިވާ ދެ މީހުން: އިސްތިއުނާފުގެ ޝަރީއަތް އަދި ފެށޭ ގޮތެއް ނުވޭ - ފޮޓޯ: ހައި ކޯޓު ވީޑިއޯ ސްނެޕްޝޮޓް

މީގެ 12 އަހަރު ކުރިން، ފިނޭންސް މިނިސްޓްރީ ކުރިމަތީ ގޯޅިގަނޑު ތެރޭގައި އަބްދުލް މުހީތު (ބޮބީ) އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުވާކުރި ދެ މީހަކަށް މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވިތާ ފަސް އަހަރު ވީއިރު އޭގެ އިސްތިއުނާފު ހައި ކޯޓުގައި މިއަދު ވެސް ފެށޭ ގޮތެއް ނުވި އެވެ.

ގްރޫޕަކުން ހިންގި މި ނުރައްކާތެރި ކުށުގެ މައްސަލާގައި، ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހުގެ މައްޗަށް މަރުގެ ހުކުމް އިއްވީ މެއި 2019، ގަ އެވެ.

މި އަހަރުގެ ޖެނުއަރީ މަހު ހައި ކޯޓުގައި އަޑުއެހުމެއް ބޭއްވި އިރު އޭރު ވެސް ދެ މީހުނަށް ވަކީލަކު ހަމަޖެހިފައެއް ނުވެ އެވެ. ކުރިން ހަމަޖެހުނު ވަކީލަކު މައްސަލަ ދޫކޮށްލީ ކަމަށް ދެ މީހުން އެ ދުވަހު ބުނެފައިވެ އެވެ. އެ ފަހުން ވަކީލަކު ހަމަޖެއްސީ މާޗުގަ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ދެ މީހުން ތަމްސީލްކުރި ވަކީލު އެދުނީ އިސްތިއުނާފު ފޯމު އިސްލާހު ކުރުމުގެ ފުރުސަތު ދިނުމަށެވެ. އެކަމަކު ފަނޑިޔާރުންގެ ބެންޗުން ނިންމީ އެ ފުރުސަތު ނުދިނުމަށެވެ. އެހެން ނަމަވެސް މިއަދަށް އިސްތިއުނާފު ހުށަހަޅަން ތައްޔާރު ނުވާ ކަން ފާހަގަވާތީ ދެން އޮންނަ އަޑުއެހުމަކަށް ފަސްކުރި އެވެ. ދެން އަޑުއެހުން އޮންނާނެ ދުވަހެއް ބެންޗުން އިއުލާނެއް ކުރެ އެވެ.

ހައި ކޯޓުގައި މައްސަލައާ މިހާރު ހަވާލުވެ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަބްދުއްމާނިއު ހުސައިނެވެ. ދެން ތިއްބެވީ ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.

ފެބްރުއަރީ 2012، ގައި މުހީތު މަރާލި މައްސަލާގައި އިތުރު ދެ ކުއްޖަކު މައްޗަށް ޖުވެނައިލް ކޯޓުން މަރުގެ ހުކުމް އިއްވާފައިވެ އެވެ. 2013، ގައި ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓާފައިވެ އެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox