ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެޕްރެންޓިސްޝިޕްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ގޫގުލް ފޯމެއް ފުރާލައިގެން އެ ޕުރޮގުރާމުގައި ބައިވެރި ވެވޭނެ އެވެ. ބައިވެރިވުމަށް އެދި ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ ޖޫން 20، ގެ ހަވީރު 15:30 އެވެ.
އެޕްރެންޓިސް ޕްރޮގްރާމުގައި ސެޓިފިކެޓް 3 ގެ ހަތް ކޯސް ކުރިއަށް ގެންދެ އެވެ. އަދި އެލަވަންސެއް ގޮތުގައި 6،000ރ. މަހަކު ދޭނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ހިމެނޭ ހަތް ކޯސް:
- ނެޝަނަލް ސެޓިފިކެޓް 3 އިން ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން
- ނެޝަނަލް ސެޓިފިކެޓް 3 ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން
- ނެޝަނަލް ސެޓިފިކެޓް 3 އިން ފްރޮންޓް އޮފީސް
- ނެޝަނަލް ސެޓިފިކެޓް 3 އިން ގާޑެނިން
- ނެޝަނަލް ސެޓްފިކެޓް 3 އިން ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން
- ނެޝަނަލް ސެޓިފިކެޓް 3 އިން މޭސަންރީ
- ނެޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން
މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްކިއުއޭ) އިން ބަލައިގަންނަ މި އެޕްރެންޓިސް ޕްރޮގްރާމު އެޗްޑީސީއިން ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންއާ ގުޅިގެންނެވެ.
އެޗްޑީސީން ބުނީ މި ޕްރޮގްރާމްގެ މަގުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވާލައި ގައުމީ ލެވެލްގެ ސެޓްފިކެޓެއް ހޯދައި ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުމެވެ.

އެ ޕްރޮގްރާމް ނިމިގެންދާއިރު އެންމެ ރަނގަޅު ފަރާތްތަކަށް އެޗްޑީސީން ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަކުން ހަމަޖައްސައި ދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.












