މޯދީ، ރައީސް މުއިއްޒުއަށް: އިންޑިއާ ވެސް އޮތީ ރާއްޖެއާ ގުޅުން ބަދަހި ކުރަން ތައްޔާރަށް

ކޮޕް 28 ގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ކޮޕް 28 ގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމުގެ ތިންވަނަ ދައުރު ކަށަވަރު ކުރެެއްވުމުން އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ރައީސް މަރުހަބާ ދަންނަވައި ރައީސް މުއިއްޒު ލިޔުއްވި މެސެޖަށް ޝުކުރު އަދާ ކުރައްވައި މޯދީ ޖަވާބުދެއްވައިފި އެވެ.

ރައީސް މުއިއްޒުގެ މެސެޖު ރީޕޯސްޓު ކުރައްވައި އެކްސްގައި މޯދީ ލިޔުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ރާއްޖެއަކީ އިންޑިއާގެ ގާތް އަވަށްޓެރިއެއްގެ އިތުރުން ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ.

"ދެ ގައުމުގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް މިހާރަށްވުރެ ގާތްކޮށް މަސައްކަތް ކުރުމަށް އަޅުގަނޑުގެ ވެސް ޝައުގުވެރިކަން އެބަ ހުރި،" މޯދީ ލިޔުއްވާފައިވެ އެވެ.

ނިމިދިޔަ ދައުރުގައި މޯދީ ނިސްބަތްވެވަޑައިގަންނަވާ، ބީޖޭޕީއަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކްޝަބާގެ ސާފު މެޖޯރިޓީ އޮތް ނަމަވެސް މިފަހަރުގެ އިންތިހާބުގައި އެކަނި ސަރުކާރެއް އެކުލަވައިލެވޭ އަދަދަށް އެ ޕާޓީއަށް މަޖިލީހުގެ ގޮނޑި ލިބިފައެއް ނުވެ އެވެ.

ތިންވަނަ ދައުރު މޯދީ ކަށަވަރު ކުރައްވާފައި ވަނީ ބީޖޭޕީއާއެކު ކޯލިޝަން ހަދާފައިވާ އެންޑީއޭއަށް ލިބުނު ގޮނޑިތައް ހިމަނައިގެންނެވެ.

މިއީ 1962 ގެ ފަހުން އިންޑިއާގައި ސަރުކާރަކުން ތިންވަނަ ދައުރެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މޯދީއަށާއި ބީޖޭޕީ އަދި ބީޖޭޕީ އިން ލީޑުކުރާ އެންޑީއޭ ކޯލިޝަނަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވީ ސޯޝަލް މީޑިއާ، އެެކްސްގައި ޖެއްސެވި ޕޯސްޓަކުންނެެވެ.

އެ މެސެޖުގައި ރައީސް މުއިއްޒު ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މޯދީއާއެކު މަސައްކަތް ކުރެއްވުމުގެ އުންމީދު އެބައޮތް ކަމަށާއި ދެގައުމުގެ ހަމަޖެހުމާއި ތަރައްގީއާއި ހަމަޖެހުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރާ ހަވާލުވުމަށްފަހު، ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ވަނީ ކޮންމެވެސް ވަރެއްގެ ބުރޫތަކެއް އަރާފަ އެވެ. އެގޮތުން ރާއްޖޭގެ ތިން ނައިބު ވަޒީރަކު މޯދީއަށް ސޯޝަލް މީޑިއާގައި މަލާމަތް ކުރުމާއި ރައީސްގެ ނުސީދާ ބަހުގެ ހަމަލާތަކަކަށްފަހު ދެ ގައުމުގެ ހާރިޖީ ގުޅުން ގޯސްވި އެވެ.

ނަމަވެސް، އޭގެ ފަހުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާ އެ ގައުމުން ބޭނުންވި ގޮތަށް މަދަނީން ގެނެސް، ހާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ދަތުރާއެކު ދެ ގައުމުގެ ގުޅުންވަނީ ކުރިއަށްވުރެ ރަނގަޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox