ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ރައީސް އިފުތިތާހުކޮށްދެއްވައިފި

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު އިފުތިތާހުކޮށްދެއްވުން -- ފޮޓޯ: ރައީސް އޮފީސް

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު އިފުތިތާހުކޮށްދެއްވުން -- ފޮޓޯ: ރައީސް އޮފީސް

ފަސް އަހަރު ތެރޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު މިއަދު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިފުތިތާހު ކޮށްދެއްވައިފި އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައި އެ މަޝްރޫއު އިފުތިތާހު ކުރީ މިއަދު ހެނދުނު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ފަސް އަހަރު ތެރޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފްގެ ދެ ކަނބަލުންނާއި މަޖިލިސް ރައީސްގެ އިތުރުން ދައުލަތުގެ އިސް ބޭބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެ މަޝްރޫއުގެ ދަށުން އިންދާ ގަސްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ވެސް ދައްކައިފަ އެވެ.

އޭގެތެރޭގައި ހިމެނެނީ:

  • ކާބޮލި އަރޮޅި: ރާއްޖޭގައި ވަރަށް މަދުން ހެދިފައި ހުރި ގަހެއް، އާންމުކޮށް ބޭނުން ކުރަނީ ދިވެހިބޭސް ހެދުމަށް.
  • ކާމިނީ ޕޫލް: މީގެ ކުރިން ރާއްޖޭގައި އާންމުކޮށް ހުރި ގަހެއް، އެހެން ނަމަވެސް މިހާރު ވަރަށް ބޮޑަށް މަދުވެފައިވާ ބާވަތެއް. މިއީ ވަރަށް މީރު ވަސްދުވާ ހުދުމަލެއް އަޅާ ގަހެއް.
  • ކިޔަވާފިލާ ގަސް: މިއީ 40 މީޓަރު ދިގުމިނަށް ހެދޭ ގަހެއް. މިގަހުގެ ލަކުޑި ކިޔަވާ ފިލާ ހެދުމަށް ކުރިން ބޭނުންކޮށް އުޅުނު. މިގަހަކީ މިހާރު ރާއްޖެއިން ވަރަށް މަދުން ފެންނަ ގަހެއް.
  • ތަނޑިރަތްމާ ގަސް: މިއީ ހަމައެކަނި ސައުތު އީސްޓު އޭޝިއާ ސަރަހައްދުގައި ހެދޭ ގަހެއް. މިއީ ވަރަށް ރީތި މަލެއް އަޅާ ގަހެއް.
  • މެހެލި: މިއީ ރާއްޖޭގެ ޗަސްބިންތަކުން ވަރަށް މަދުން ފެންނަ ގަހެއް. އެއް މީޓަރުގެ ދިގުމިނަށް ހެދޭ މިގަހުގެ މޭވާއަކީ ރޯގާފަދަ ބަލިތަކަށް ފަރުވާއެއް.
  • ކަހަރުވައް ގަސް: މިއީ ރާއްޖޭގެ ދެކުނުގައި މީގެ ކުރިން ވަރަށް ގިނައިން ހެދޭ އެއްޗެއް. މިގަހުގެ މޭވާއަކީ ބޭސްފަރުވާއަށް ބޭނުންކުރާ އެއްޗެއް.
  • ޗަންޕާ ޕޫލް: މިއީ ޖަނަވަރީ މަހާއި މެއި މަހާ ދެމެދުގައި މައު އަޅާ ގަހެއް. މިގަހުގެ ފަތަކީ ކޮލެރާއާއި މެލޭރިއާ ފަދަ ބަލިތަކުގެ ފަރުވާއެއް.
  • މަރުގަސް: އުތުރުގެ ރަށްތަކުގެ ޗަސްބިންތަކުގައި އާންމުކޮށް ހެދޭ ގަހެއް. މިއީ 20 މީޓަރު ދިގުމިނަށް ހެދޭ ގަހެއް.
  • ޖަވާހިރުމާ: ފަސް މީޓަރާއި 10 މީޓަރާ ދެމެދުގެ ދިހުމިނަކަށް ހެދޭ ގަހެއް. މިގަހުގައި ފިޔާތޮށި ކުލައިގެ ރީތި މަލެއް އަޅާ. މިއީ ޓްރޮޕިކަލް އޭޝިއާ ސަރަހައްދުގައި ހެދޭ ގަހެއް.
  • ދޮންބެއްޔާ: މިއީ މަޑަގަސްކަރައާ ހިސާބުން ރާއްޖެއަށް އައިސްފައިވާ ގަހެއް. 20 މީޓަރާއި 30 މީޓަރުގެ ދިގުމިނަށް ހެދޭ މިގަހުގައި ފިޔާތޮށި ކުލައިގެ ވަށް ބޯޅައެއްހެން އޮންނަ މަލެއް އަޅާ.
  • ޗާންދަނީމާ: މިއީ ރާއްޖޭގައި ކުރިން ވަރަށް ގިނައިން ފެންނަ ބާވަތުގެ ގަހެއް، ނަމަވެސް މިހާރު ވަރަށް ބޮޑަށް މިގަހުގެ އާބާދީ ވަނީ ރާއްޖޭގައި މަދުވެފައި
  • ސަބުދެލި: މިއީ ވަރަށް މީރު މޭވާއެއް އަޅާ ގަހެއް. މިގަހުގެ ފަތާއި އޮށަކީ ވެސް ދިވެހި ބޭސްފަރުވާއަށް ވަރަށް ގިނައިން ބޭނުން ކުރާ މޭވާއެއް
  • އަނޯނާ: މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުން ވަރަށް މަދުން ފެންނަ ގަހެއް. މިގަހަކީ ހަތަރު މީޓަރާއި އަށް މީޓަރާ ދެމެދުގެ ދިގުމިނަކަށް ހެދޭ ގަހެއް. މިގަހުގައި އަޅާ މޭވާއަކީ ވަރަށް މީރު އަދި ހަށިގަނޑަށް ފައިދާހުރި މޭވާއެއް އަޅާ ގަހެއް.
  • ހިތި: މިއީ ބޭސްފަރުވާއަށް ވަރަށް ގިނައިން ބޭނުންކޮށް އުޅޭ ފަތެއް ހުންނަ ގަހެއް. މިގަހަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުން މިހާރުވެސް އާންމުކޮށް ފެންނަ ހަބަރެއް.
  • މަދޮށި: މިއީ ގްރޭޓާ މާލެ ސަރަހައްދުން އާންމުކޮށް ނުފެންނަ ގަހެއް. މިގަހުގެ ލަކުޑިއަކީ ވަޑާން ކުރުމަށް އާންމުކޮށް ބޭނުން ކުރާ ގަހެއް. މިގަހުގައި އަޅާ މަދޮށްޓަކީ އޮށްވަޅުގޮނޑި ކުޅުމަށް ބޭނުން ކުރި އެއްޗެއް.

އޭގެ އިތުރުން ވެސް އެކި ބާވަތްތަކުގެ ގަސްތައް އެ މަޝްރޫއުގެ ދަށުން އިންދަން ނިންމައިފައިވެ އެވެ. އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ވެސް ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox