މޯދީ ތިންވަނަ ދައުރެއް ކަށަވަރުކުރެއްވުމުން، ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ

ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު : ތިންވަނަ ދައުރަކަށް އިންތިހާބުވި މޯދީއަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ - ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު : ތިންވަނަ ދައުރަކަށް އިންތިހާބުވި މޯދީއަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ - ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ބޮޑުވަޒީރުކަމުގައި ތިން ވަނަ ދައުރަކަށް ހުންނެވޭނެކަން ކަށަވަރުކުރެއްވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީއާއި އިސްކޮށް އޮވެ އުފެއްދި ކޯލިޝަނުން އާއްމުއިންތިހާބު ކާމިޔާބުކޮށް، ބޮޑުވަޒީރުކަމުގެ ތިން ވަނަ ދައުރެއް ކަށަަވަރުކުރެއްވުމުން، މޯދީއަށާއި ބީޖޭޕީ އަދި ބީޖޭޕީ އިން ލީޑުކުރާ އެންޑީއޭ ކޯލިޝަނަށް ރައީސް މަރުހަބާވިދާޅުވީ ސޯޝަލް މީޑިއާ، އެެކްސްގައި ޖެއްސެވި ޕޯސްޓަކުންނެެވެ.

އަދި، ކުރިއަށް އޮތް ދުވަސްތަކުގައި މޯދީއާއެކު މަސައްކަތް ކުރެއްވުމުގެ އުންމީދު އެބައޮތް ކަމަށް، އެ ޕޯސްޓްގައި ރައީސް ވިދާޅުވި އެެވެ. ދެގައުމުގެ ހަމަޖެހުމާއި ތަރައްގީއާއި ހަމަޖެހުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރާ ހަވާލުވުމަށްފަހު، ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ވަނީ ކޮންމެވެސް ވަރެއްގެ ބުރޫތަކެއް އަރާފަ އެވެ. އެގޮތުން ރާއްޖޭގެ ތިން ނައިބު ވަޒީރަކު މޯދީއަށް ސޯޝަލް މީޑިއާގައި މަލާމަތް ކުރުމާއި ރައީސްގެ ނުސީދާ ބަހުގެ ހަމަލާތަކަކަށްފަހު ދެ ގައުމުގެ ހާރިޖީ ގުޅުން ގޯސްވި އެވެ.

ނަމަވެސް، އޭގެ ފަހުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާ އެ ގައުމުން ބޭނުންވި ގޮތަށް މަދަނީން ގެނެސް، ހާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ދަތުރާއެކު ދެ ގައުމުގެ ގުޅުންވަނީ ކުރިއަށްވުރެ ރަނގަޅުވެފަ އެވެ.

ނިމިދިޔަ ދައުރުގައި ބީޖޭޕީއިން އިންޑިއާގެ ޕާލަމެންޓްގެ ތިރިގެ ލޮކްޝަބާގެ ސާފު މެޖޯރިޓީ ދެމެހެއްޓި ނަމަވެސް، މިފަހަރުގެ އިންތިހާބުގައި އެ މެޖޯރިޓީ ގެއްލޭނެ ކަމަށް ބެލެވެ އެވެ.

ޕާޓީއަކަށް މެޖޯރިޓީ ލިބޭނީ ލޮކްޝަބާގެ 543 ގޮނޑީގެ ތެރެއިން 272 ގޮނޑި ކާމިޔާބުކޮށްގެންނެވެ. ނާތީޖާ ދައްކާ ގޮތުން މިފަހަރުގެ އިންތިހާބުގައި ބީޖޭޕީއަށް ލިބޭނީ 240 ގޮނޑި އެވެ. ބީޖޭޕީއަށް ލޮކްޝަބާގެ މެޖޯރިޓީ ގެއްލިފައި މިވަނީ ދަހަރެއް ފަހުންނެވެ.

ބީޖޭޕީގެ އިތުރުން ދެން އެ ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކާ އެކު އެންޑީއޭއިން ލޮކްޝަބާގެ 292 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.

ސާފު މެޖޯރިޓީ ގެއްލުނު ނަމަވެސް، މޯދީ ވަނީ ބީޖޭޕީގެ މައި ހަރުގެއަށް ވަޑައިގެން ޕާޓީގެ އިސްވެރިންނާއެކު އިންތިހާބުގެ ކާމިޔާބީ އިއުލާނުކުރައްވާފަ އެވެ. އެގޮތުން ކާމިޔާބީގެ ހިތާބުގައި މޯދީ ވަނީ އިންޑިއާގެ ރައްޔިތުންގެ އިތުބާރު އޭނާގެ ޕާޓީއަށް އެބައޮތް ކަމަށާއި މިއަދުގެ ނަތީޖާއަކީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށް ވިދާޅުވެފަ އެވެ.

މިއީ 1962 ގެ ފަހުން އިންޑިއާގައި ސަރުކާރަކުން ތިންވަނަ ދައުރެއް ކާމިޔާބުކުރި ފުރަތަމަ ފަހަރަކަންވެސް ފާހަގަކުރައްވައި މޯދީ ވަނީ އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox