ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމަށް ދަފްތަރު ނަންބަރު، ރސ 9472، ފާތިމަތު ހަބީބާ މިއަދު އައްޔަނު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސީއެސްސީގެ މެންބަރުކަމުގެ ހުވާ ފާތިމަތު ހަބީބާއަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމު އެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަގާމުގެ ފަތްކޮޅު ފާތިމަތު އިބްރާހިމްއަށް އަރުވާފަ އެވެ.
ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަބީބާ ސީއެސްސީގެ މެންބަރުކަމަށް އައްޔަނުކުރަން މަޖިލީހުން ފާސްކުރީ އެޕްރިލް 29، ގަ އެވެ. ހަބީބާގެ އިތުރުން މަޖިލީހަަށް އަބްދުލްހަސީބު އިސްމާއީލް އަދި މަރިޔަމް ޝާހިދާގެ ނަން ރައީސް މުއިއްޒު ފޮނުއްވި އެވެ.
ސީއެސްސީގެ މެންބަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު މިދިޔަ ޑިސެމްބަރު މަހު ހަމަވުމާ ގުޅިގެންނެވެ.

ހަބީބާއާއެކު ސީއެސްސީގައި ދެން ތިއްބަވާ ހަތަރު މެންބަރުންނަކީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ނަސީހު، ނައިބު ރައީސް އިބްރާހިމް ރަޝީދު، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފެވެ.












