މޯލްޑިވްސް ޕްރޯ 2024 އަންނަ އޮގަސްޓް މަހު ފަށަނީ

މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގެ އިވެންޓެއްގެ ތެރެއިން.--- ފޮޓޯ: އަދަދު

މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގެ އިވެންޓެއްގެ ތެރެއިން.--- ފޮޓޯ: އަދަދު

އައިބީސީ ވޯލްޑް ޓުއާ އިވެންޓް, މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތް އަންނަ އޮގަސްޓް މަހު ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

މިދިޔަ ދެ އަހަރު ވެސް މި މުބާރާތް ރާއްޖޭގައި ބާއްވާ, ކާމިޔާބުކަމާ އެކު ނިންމާލި އެވެ. އެއާއެކު, މި އަހަރު ވެސް މި މުބާރާތް ރާއްޖޭގައި ބާއްވަން ފުރުސަތު ވަނީ ލިބިފަ އެވެ. މި އަހަރުގެ މުބާރާތް ރާއްޖޭގައި ކުރިއަށް ދާނީ އޮގަސްޓް މަހުގެ 1-9 އަށް މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގަ އެވެ.

ދުނިޔޭގެ ފެންވަރުގެ ބޮޑީބޯޑަރުން މި މުބާރާތުގައި ވާދަކުރަމުން އަންނައިރު, މިއީ ރާއްޖޭގެ ބޮޑީބޯޑަރުންނަށް ދުނިޔޭގެ ފެންވަރުގެ ބޮޑީބޯޑަރުންނާ ވާދަކުރުމުގެ ފުރުސަތު ލިބޭ މުބާރާތެކެވެ. މި މުބާރާތުގެ ފުރަތަމަ މުބާރާތުން ރާއްޖޭގެ އާމިން އުމަރު މޫސާ ފައިނަލުގައި ވާދަކުރިއިރު, މެންސް އޯޕަން ކެޓަގަރީގެ ސެމީ ފައިނަލުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޮޑީބޯޑަރު, އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ވަނީ ވާދަކޮށްފަ އެވެ.

Advertisement

އެ ފަހަރު މި ދެ އެތުލީޓުންވެސް ވޯލްޑް ރޭންކިންގައި ބޮޑު ކުރި އެރުމެއް ލިބުނެވެ. އަދި މިދިޔަ އަހަރު ވެސް ޖޫނިއާ ކެޓަގަރީގެ ވޯލްޑް ރޭންކިންގައި އާމިން ހިމެނުނެވެ.

މިއީ ދުނިޔޭގެ ބޮޑީބޯޑިންގެ ޗެމްޕިއަނުން ކަނޑައަޅާ އައިބީސީ ވޯލްޑް ޓުއާގެ ދެ ވަނަ އަށް އެންމެ ބޮޑު މުބާރާތެވެ. ވިޒިޓް މޯލްޑިވްސް ޕްރޯގެ އެންމެ ހާއްސަ އެއް ކަމަކީ ދުނިޔޭގެ ޗެމްޕިއަން ކަނޑައެޅުމަށް ލިބޭ ޕޮއިންޓްތަކަށް ބަލާއިރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ އެތުލީޓަކަށް ދުނިޔޭގެ ޗެމްޕިއަންކަން ލިބުމުގެ ފުރުސަތު ބޮޑުވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox