ލޯނު ރީސްޓްރަކްޗާ ނުކުރެވޭނެ ކަމަށް ޗައިނާ ސަފީރު ވިދާޅުވި ނަމަވެސް ސަރުކާރުން އެ ވާހަކަ ދޮގުކޮށްފި

ޗައިނާ ސަފީރު ވާން ލިޖިން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު : ލޯނު ރީސްޓްރަކްޗާ ނުކުރެވޭނެ ކަމަށް ޗައިނާ ސަފީރު ވިދާޅުވި ނަމަވެސް ސަރުކާރުން އެ ވާހަކަ ދޮގުކޮށްފި - ފޮޓޯ: ރައީސް އޮފީސް

ޗައިނާ ސަފީރު ވާން ލިޖިން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު : ލޯނު ރީސްޓްރަކްޗާ ނުކުރެވޭނެ ކަމަށް ޗައިނާ ސަފީރު ވިދާޅުވި ނަމަވެސް ސަރުކާރުން އެ ވާހަކަ ދޮގުކޮށްފި - ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޖިން ވިދާޅުވި ނަމަވެސް، އެ ވާހަކަ ސަރުކާރުން ދޮގުކޮށްފި އެވެ.

ލޯނު ރިސްޓްރަކްޗާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ސަފީރު ވިދާޅުވީ މި ހިނގާ މެއި 17، ގައި ޗައިނާ އެމްބަސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ރާއްޖެ އާއި ޗައިނާގެ ޓެކްނިކަލް ޓީމުތަކުން ލޯނުތައް ރީސްޓްރަކްޗާނުކޮށް ކުރިއަށް ދެވޭނެ ގޮތެއް ބަލަމުން އަންނަ ކަމަށް ސަފީރު އެ ދުވަހު ވިދާޅުވި އެވެ.

މިކަމުގައި ސަރުކާރެއްގެ ބަހެއް ހޯދުމަށް "އަދަދު" އިން ސުވާލުކުރުމުން ހީނާ ވިދާޅުވީ، ލޯނުތައް ރީސްޓްރަކްޗާ ނުކުރާނެ ކަމަށް ބުނެ ދައްކާ ވާހަތަކަކީ ރަނގަޅު ވާހަތަކެއް ނޫން ކަމަށެވެ.

"ޗައިނާއިން ލޯނު ރިސްޓްރަކްޗަރ ކޮށްނުދޭނެކަމަކަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއްނޫން،" ހީނާ މެސެޖުން ފޮނުވި ޖަވާބުގައި ވިދާޅުވި އެވެ.

ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ސަފީރު ވަނީ ލޯނުތައް ރީސްޓްރަކްޗާ ކޮށްފި ނަމަ ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރުތައް ވެސް ފާހަގަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ލޯނުތައް ރީސްޓްރަކްޗާކޮށްފި ނަމަ، ރާއްޖެއަށް އާ ޕްރޮޖެކްޓްތައް ހިންގުމަށް ލޯނުތައް ނަގަން ދަތިވާނެ ކަމަށާއި، އެ ނޫން ގޮތަކަށް އެކަން ކުރެވޭނެ މަގެއް ފެނޭތޯ ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގަން ޗައިނާ ސަރުކާރުން ގިނަ ލޯނުތައް ވަނީ ނަގާފަ އެވެ. އަދި އެ ލޯނުތައް މިހާތަނަށް އެއްކޮށް ދައްކާ ނިމިފައެއް ނުވެ އެވެ.

ރާއްޖެއިން ޗައިނާއަށް އަދާކުރަން ޖެހޭ ލޯނުގެ މުއްދަތު ފަސްކޮށްދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox