މިރުޒާގެ މަރު: ނަޒީފަށް 17 އަހަރުގެ ޖަލު ހުކުމެއް، ބާކީ ހަތަރު އަހަރު

ނަޒީފު ކްރިމިނަލް ކޯޓުގައި: މިރުޒާގެ އާއިލާއިން މާފު ދިނުމުން މަރުގެ އަދަބުގެ ބަދަލުގައި ޖަލު ހުކުމެއް އޭނާއަށް އިއްވައިފި

ނަޒީފު ކްރިމިނަލް ކޯޓުގައި: މިރުޒާގެ އާއިލާއިން މާފު ދިނުމުން މަރުގެ އަދަބުގެ ބަދަލުގައި ޖަލު ހުކުމެއް އޭނާއަށް އިއްވައިފި

މީގެ 13 އަހަރު ކުރިން، ވިލިމާލޭގައި ގުރޫޕަކުން ހަމަލާދީ މަރާލި އަހުމަދު މިރުޒާ އިބްރާހިމް މަރާލި މައްސަލާގައި ކުށް ސާބިތުވެފައިވާ އަބްދުﷲ ނަޒީފަށް މިރުޒާގެ އާއިލާއިން މައާފު ދިނުމުން މަރުގެ އަދަބުގެ ބަދަލުގައި 17 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.

ވިލިމާލޭ ޕާކު ތެރޭގައި ލަކުޑިބުރިއަކުން ޖަހައި، ނ. މާޅެންދޫ ވައިޓްހައުސް މިރުޒާ މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރި ދެ މީހުންގެ ތެރެއިން ފުވައްމުލައް ސިޓީ, ޒާވިއާ، ނަޒީފުގެ މައްޗަށް ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ މެރުމަށެވެ.

ހައި ކޯޓުން އެ ހުކުމް ދެމެހެއްޓި އެވެ. މަރުގެ އަދަބު ކަނޑައެޅޭ އިރު ޝަރީއަތުގެ ތިން މަރުހަލާއިން ގޮތެއް ނިންމަން ގާނޫނުގައި ލާޒިމުކޮށްފައިވާތީ ސުޕްރީމް ކޯޓަށް މައްސަލަ ދިއުމުން މިރުޒާގެ އާއިލާއިން ވަނީ ނަޒީފަށް މާފުކޮށްފަ އެވެ.

އެހެންވެ އަނެއްކާ ވެސް އަދަބު ކަނޑައެޅުމަށް، ކްރިމިނަލް ކޯޓަށް މައްސަލަ ތަހުވީލު ކުރުމަށް ނުވަތަ ފޮނުވަން ސުޕްރީމް ކޯޓުން ނިންމީ އެވެ. އޭނާއަށް 17 އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް ކަނޑައަޅަން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރީ، ސުޕްރީމް ކޯޓުގެ އެ އެންގުމުގެ ދަށުންނެވެ.

މަރުގެ އަދަބުން މާފު ލިބުމުން، ގާނޫނުގައި ކުށަށް ކަނޑަައަޅާފައިވާ އަސާސީ އަދަބަކީ 10 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ގާނޫނުގައި އަދަބުގެ ދަރަޖަ މަތިކުރުމުގެ މިންގަނޑުތައް ވެސް ހިމެނޭ އިރު ނަޒީފަށް އަދަބު ތިން ދަރަޖަ މަތިކުރަން މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ނިންމެވި އެވެ. އެއީ ނަޒީފު ކުރި އަނިޔާވެރި އަމަލަށް ބެލުމަށް ފަހުގަ އެވެ.

މި ކުށުގެ ތުހުމަތުގައި ހަމްޒާ ބަންދުކުރީ އޭޕްރީލް 13، 2011 ގަ އެވެ. އޭނާ ބަންދުގައި ހުންނަތާ 13 އަހަރާއި އެއް މަހާއި 16 ދުވަސް ވެފައިވެ އެވެ. އެ މުއްދަތު އުނިި ކުރުމުން، ޖަލު ހުކުމުން ދެން ތަންފީޒު ކުރަން ޖެހޭނީ ހަތަރު އަހަރާއި ފަސް މަހާއި 14 ދުވަހެވެ.

އަދި ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް ހުކުމްކުރި އެވެ. އަދި މަރުގެ ދިޔައަށް މިރުޒާގެ އާއިލާއިން އެދޭނަމަ ވަކި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހެޅުމުގެ ހައްގު އޮންނާނެ ކަމަށް ވެސް ހުކުމް އިއްވުމުގެ މަޖިލިސް ނިންމާލައްވަމުން ގާޒީ ފާއިޒު ވިދާޅުވި އެވެ.

އެ މައްސަލާގައި ދެން ދައުވާކޮށްފައިވާ ވ. ފަޒީލާމަންޒިލް, މުހައްމަދު ޝިފާއުއަށް ވެސް މިރުޒާގެ އާއިލާއިން ވަނީ މާފުކޮށްފަ އެވެ. އޭނާއަށް، މިރުޒާގެ ވާރިސުން މާފުކުރީ ހައި ކޯޓު މަރުހަލާގަ އެވެ. ހައި ކޯޓުން ވަނީ ޝިފާއުގެ އަދަބަކަށް 17 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox