ކުދި ޖަޒީރާ ގައުތަކުން ދުނިޔެ ލީޑުކުރަން ބާރުއަޅުއްވައި ރައީސް ތަގުރީރުކުރައްވައިފި

ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފެރެންސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު: ކުދި ޖަޒީރާ ގައުމުތަކުން ދުނިޔެ ލީޑުކުރައްވަން އެމަނިކުފާނު ބާރު އެޅުއްވި - ފޮޓޯ: ރައީސް އޮފީސް

ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފެރެންސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު: ކުދި ޖަޒީރާ ގައުމުތަކުން ދުނިޔެ ލީޑުކުރައްވަން އެމަނިކުފާނު ބާރު އެޅުއްވި - ފޮޓޯ: ރައީސް އޮފީސް

ކުދި ޖަޒީރާ ގައުމުތަކުން، ބައިނަލް އަގުވާމީ މުޖުތަމައާއި ދުނިޔެ ލީޑުކުރަން ޖެހޭ ކަމަށާއި ބޮޑެތި ގައުމުތަކަކީ ކުދި ގައުމުތަކަށް "ޑިކްޓޭޓް" ކުރާ ބަޔެއްގެ ބަދަލުގައި އެހީތެރިކަން ދޭން ތިބޭ ބަޔަކަށް ބަދަލު ކުރަން އިސް ނަގަން ތައްޔާރުވާން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެންޓީގާގައި މިއަދު ފެށި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ހަތަރުވަނަ ކޮންފެރެންސްގައި އެމަނިކުފާނު ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވަނީ އާދައިގެ ގޮންޖެހުންތަކެއް ނޫން ކަމަށެވެ. ވެށީގެ ނާޒުކު ކަމަކީ ބަލިފަޔަކަށް ހެދުމުގެ ބަދަލުގައި ބާރަކަށް ހަދަން ޖެހޭ ކަމަށެވެ.

ރައީސް މުއިއްޒުގެ ތަގުރީރުގައި އެމަނިކުފާނު ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުން އެއް މޭޒަކަށް އެއްވެ މި މަޝްވަރާ ކުރުމަށް ފުރަތަމަ ފަހަރަށް ސަމިޓެއް ބޭއްވިތާ މިހާރު 30 އަހަރު ފުރުނީ ކަމަށެވެ. އެއީ އެއް ގޮތަކަށް ކުރު މުއްދަތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މުއްދަތުގެ ތެރޭގައި ހާސިލުވީ ކޮން ކަމެއްތޯ ވެސް ރައީސް ސުވާލު އުފެއްދެވި އެވެ.

"ފަގީރު ކަން އަދިވެސް އެބަ އޮތް، މޫސުމީ ކާރިސާގެ ނުރައްކާ ދަނީ ބޮޑުވަމުން، ނާޒުކު ގުދުރަތީ ވެށި ދަނީ މަރުވަމުން، ބޭރުގެ ދަރަނި ދަނީ އިތުރުވަމުން، އިންސާފެއް ނެތް، ބައިނަލް އަގުވާމީ މުޖުތަމައުގައި އެކުލަވާލި ހަމަތަކުގައި އުންމީދެއް ނުފެނޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ތިން ކަމެއް ކުރުމަށް ފާހަގަ ކުރެއްވި އެވެ. ފުރަތަމަ ކަމަކީ ބައިނަލް އަގުވާމީ މުޖުތަމައުގެ ތެރެއިން އެހީ ދިނުމަށް ކުރިއަށް ވުރެ ވެސް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމެވެ. ދެވަނަ ކަމަކީ އދ. އާއި ބައިނަލްއަގުވާމީ ތަރައްގީގެ އިދާރާތަކުން ހަމަހަމަ އުސޫލެއްގެ ނިޒާމެއް ހޯދައިދިނުމެވެ.

އެންމެ މުހިންމު ކަމަކަށް ކުރުމަށް ބާރު އެޅުއްވީ ކުދި ޖަޒީރާ ގައުމުތަކުން ދުނިޔެ ލީޑު ކުރަން ނުކުތުމެވެ. ދުނިޔޭގެ ގައުމުތަކުގެ އިސް ސަފުން ކުދި ޖަޒީރާ ގައުމުތަކުން ވެސް ޖާގަ ހޯދުމެވެ.

"އަޅުގަނޑުމެން ޑިމާންޑު ކުރަން ޖެހޭ، ދުނިޔޭގެ ބާރުތަކުގެ މަރުކަޒުން ގޮނޑިއެއް ހޯދަން، ޖާގައެއް ހޯދަން، ދުނިޔޭގެ ގައުމުތައް ބައިވެރިވާ އިދާރާތަކުން ނިންމާ ނިންމުންތަކުގައި އަޅުގަނޑުމެންގެ ބަހެއް އޮވެގެން، އަޅުގަނޑުމެންގެ މި ހަގީގަތްތައް އޭގައި ރަމްޒު ކުރެވޭނެ ބީދައަކުން،" ރައީސް ވިދާޅުވި އެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލާއި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް އަދި އދ. ގެ އެހެން ގުނަންތަކުގެ މެންބަރު ކަން ހޯދުމަށް ރާއްޖޭން ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގެ ފަހަތުގައިވާ ހަގީގީ ސަބަބަކީ ވެސް އެއީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތިބެންވީ މިއަށް ވުރެ ވެސް ވަރުގަދަކޮށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ފުރަތަމަ ކޮންފަރެންސެއް 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށްފަހު ރާއްޖެއިން ވަނީ ކުދި ޖަޒީރާ ގައުމުތައް އެކުލެވޭ ޖަމާއަތެއް އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިޔަށް ގެންގޮސްފަ އެވެ. ދެން 1992 ގައި ބްރެޒިލްގައި އޮތް އދ. ގެ ތިމާވެށި ކޮންފެރެންސެއްގައި ސިޑްސް އުފެއްދި އެވެ. 1994 އިން ފެށިގެން ކޮންމެ 10 އަހަރަކުން އެއް ފަހަރު އެ ގައުމުތަކުގެ ކޮންފެރެންސް ދަނީ ބާއްވަމުންނެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފެރެންސް ކޮންމެ 10 އަހަރަކުން އެއް ފަހަރު ބާއްވަމުންދާއިރު، ކުރިއަށް ޮތް 10 އަހަރަށް ނިއުޒިލެންޑުން ހުށަހަޅާ އެޖެންޑާގެ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތަކީ ރައްޖެއަށް ވަރަށް ބޮޑު ފަހުރެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

ކޮންމެ 10 އަހަރަކުން މި ކޮންފެރެންސް ބާއްވައިގެން އެދެވޭނެ ނަތީޖާތަކެއް ހާސިލްވާނެތޯ އަދި އެޖެންޑާގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްވާނެތޯ ވެސް ރައީސް ސުވާލު އުފެއްދެވި އެވެ. އެ ކަމާ މެދު ވެސް ގައުމުތަކުން ފުންކޮށް ވިސްނުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

ތަގުރީރު ފެއްޓެވީ ފަލަސްތީނުގެ ވާހަކައިން

ރައީސްގެ ތަގުރީރު ފައްޓަވަމުން، މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ ތެރެއިން އިޒްރޭލުން ރަފާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލު އާންމުގެ ވާހަކަ އެ ކޮންފެރެންސްގައި ވެސް ސަމާލު ކަމަށް ގެންނަން ބޭނުންވާ ކަން ވިދާޅުވި އެވެ.

އިޒްރޭލުން ދަނީ ދުނިޔޭގެ ކޯޓު، އައިސީޖޭގެ އަމުރަށް ފުރައްސާރަކޮށް އެއާ ދެކޮޅަށް އަމަލު ކުރަމުން ކަން ރައީސް ފާހަގަ ކުރެއްވި އެވެ. ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފެރެންސްގައި ވެސް ދުނިޔޭގެ ލީޑަރުން އެއް ސަފެއްގައި ތިބެގެން އިޒްރޭލާ ދެކޮޅަށް ބަސް ބުނަން އަދި ފިޔަވަޅު އަޅަން ނުކުންނަން ޖެހޭ ކަމަށެވެ.

"ނަސްލު ނައްތާލުން ވަގުތުން ހުއްޓުވާށޭ، މިއީ އިޒްރޭލުގެ ލީޑަރުން އިންސާފާ ކުރިމަތިލާން ޖެހޭ ވަގުތާއި އެމީހުންގެ ކުށްތަކަށް ޖަވާބުދާރީވާންވީ ވަގުތު ކަން ހަނދާން ކޮށްދޭށޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ކުޑަ ގައުމެއްގެ މީހެއްގެ ހައިސިއްޔަތުން އެފަދަ ގައުމެއްގެ ހާލަތު އަބަދުވެސް ވަޒަން ކުރެވޭ ކަމަށާއި ބައިނަލް އަގުވާމީ މުޖުތަމައުގައި އެހީތެރިކަން ނެތް ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އެހެންކަމުން ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެތިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox