މޭރީ މަރާލުމުގެ ތުހުމަތު މާވިނަށް ކުރޭތޯ ލަމްހާ އެހި: ހެކިވެރިއެއް

މޭރީ ގްރޭސް މަރާލި ކަމުގެ ދައުވާ އުފުލާފައިވާ މާވިން އަދި ލަމްހާ: މާވިނަށް ޝައްކު ކުރޭތޯ ލަމްހާ މަސައްކަތް ކުރި ކަމަށް އިތުރު ހެއްކަކު ބުނެފި

މޭރީ ގްރޭސް މަރާލި ކަމުގެ ދައުވާ އުފުލާފައިވާ މާވިން އަދި ލަމްހާ: މާވިނަށް ޝައްކު ކުރޭތޯ ލަމްހާ މަސައްކަތް ކުރި ކަމަށް އިތުރު ހެއްކަކު ބުނެފި

އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މެރީ ގްރޭސް މަރާލި ކަމަށް ބުނާ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ގްރޭސްއަށް އެ މަރުގެ ތުހުމަތުކުރޭތޯ ލަމްހާ އަބްދުއްރަހުމާން ސުވާލު ކުރި ކަމަށް ބުނެ މީހަކު މިއަދު ޝަރީއަތަށް ހެކިބަސް ދީފި އެވެ.

މޭރީ ގްރޭސް މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު، އެ ކަން ކުރީ އޭނާގެ ފިރިމީހާ މާވިނާއި މާވިންގެ ލޯބިވެރިޔާގެ ގޮތުގައި ބަލާ ލަމްހާ ކަމަށް ދައުލަތުން ދައުވާ ކުރެ އެވެ. މާވިނާއި ލަމްހާއަކީ ވެސް އައިޖީއެމްއެޗްގެ ނަރުހުންނެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ދައުލަތުން ހުށަހެޅި ހެކިވެރިއެއްގެ ހެކިބަސް ނެގުމެވެ. އެ ގޮތުން މިއަދު ހެކިބަސް އަދާކުރީ އައިޖީއެމްއެޗްގައި އެ ދުވަސްވަރު މާވިނާއި ލަމްހާ ވެސް މަސައްކަތް ކުރި އެމަޖެންސީ ޑިޕާޓްމަންޓްގައި މަސައްކަތް ކުރި ނަރުހެކެވެ.

އޭނާ ހެކިބަސް ދެމުން ބުނީ މޭރީ ގްރޭސް މަރުވިކަން އެނގުނީ އެ ދުވަހު އެހެން ޕޭޝަންޓަކަށް އެ ނަރުސް މީހާ ފަރުވާ ދެމުން ދަނިކޮށް އެ ޕޭޝަންޓަށް ދޭން ޖެހޭ ބޭސް ހޯދުމަށް ރެސެސް ރޫމަށް ދިޔަ ވަގުތު މޭރީގެ ހަށިގަނޑާ އެކީ އެ ތަނުގައި މާވިން ހުންނަނިކޮށް ފެނުމުން ކަމަށެވެ.

ޕޭޝަންޓަކަށް ފަރުވާ ދެމުންދާ ވަގުތު އިމަޖެންސީ ރޫމުގައި އާއިލާ މީހަކަށް ނުހުރެވޭތީ އެ ކަން މާވިން ކައިރީގައި ބުނެފައި މާވިން ގޮވައިގެން ބޭރަށް ނުކުމެގެން ދިޔަ ކަމަށް އޭނާ ބުންޏެވެ. މޭރީ އަމިއްލައަށް ދަން ޖެހުނީ ކަމަށް މާވިން ބުނި ކަމަށާއި މާވިނަށް އެ ވަގުތު ރޮވުނު ކަމަށް ވެސް ނަރުސް މީހާ ބުންޏެވެ.

ފަހުން ލަމްހާއާ ބައްދަލުވެ ދެކެވުނު ވާހަކަތަކެއް ވެސް ހެކިވެރިޔާ ޝަރީއަތުގެ މަޖިލީހަށް ކިޔައިދިނެވެ. އެ ގޮތުން މަރުގެ ތުހުމަތު ކުރަނީ މާވިންއަށްތޯ ލަމްހާ ސުވާލު ކުރި ކަމަށާއި ޖަވާބުގައި އެ ގޮތަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ނަރުސް މީހާ ބުނި ކަމަށް ޝަރީއަތަށް ކިޔައިދިނެވެ.

"ލަމްހާ އައިސް އެހި، މާވިންއަށް ދޯ އޭ ސަސްޕެކްޓް ކުރަނީ، އަޅުގަނޑު ބުނިން އެހެންތާއޭ ވާނީ، ދަންޖެހުމުގެ ނިޝާނެއް ނެތޭ، މާވިންގެ ގައިގަ އެބަހުއްޓޭ، ކުދިކުދި އަނިޔާ ވެސް ލިބިފަ،" އޭނާ ބުންޏެވެ.

މީގެ ކުރިން ޝަރީއަތަށް ހެކިބަސް ދިން އެހެން ނަރުހުން ވެސް ކިޔައިދީފައިވާ ގޮތުގައި އެ ދުވަހު މާވިންގެ އަތުގައި ވަކި އަޅާފައިވާ ނިޝާން ފެންނަން ހުރި ކަމަށެވެ. އެ ދުވަހު މާވިން ލައިގެން ހުރީ ކޮނޑުކެނޑިއެއް ކަމަށް ހެކިވެރިން ބުނެފައިވެ އެވެ.

މާވިން ހައްޔަރުކުރޭތޯ ބަލަން ލަމްހާ ދެ ފުލަހަކަށް ގުޅި ކަމަށް ތުހުމަތުކޮށް އެ ކަން ސާބިތުކުރަން އެ ދެ ފުލުހުންގެ ހެކިބަސް ވެސް މީގެ ކުރިން ނަގާފައިވެ އެވެ. ލަމްހާ ކުރިން ވެސް ދަންނަ އެ ދެ ފުލުހުން ވަނީ މާވިން ހައްޔަރުކުރޭތޯ ބަލަން އެ ދެ ފުލުހުންނަށް ގުޅި ކަމަށް ހެކިބަސް ދީފަ އެވެ.

މައްސަލައިގެ ފަސްފަހަތް؛

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.

އޮކްޓޯބަރު 19, 2021 ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.

އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

މި ދައުވާތަކަށް ލަމްހާ އާއި މާވިން އިންކާރު ކުރުމުން، ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އެ މީހުނާ ދެކޮޅަށް ދައުލަތުން 70 އަށް ވުރެ ގިނަ ހެކިވެރިން ހުށަހަޅާފައިވެ އެވެ. ދިފާއުގައި މާވިން އަދި ލަމްހާ ވެސް ހެކިތަކެއް ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox