2020 ގައި ވަކިކުރި ކޯޓް އެޑްމިނިސްޓްރޭޓަރުންތަކަކަށް ވަޒީފާއާއި މުސާރަ އިއާދަކުރަން ޖެހިއްޖެ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން : 2020 ގައި ވަކިކުރި ކޯޓް އެޑްމިނިސްޓްރޭޓަރުންތަކަކަށް ވަޒީފާއާއި މުސާރަ ދޭން އެ ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ - ފޮޓޯ: އަދަދު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން : 2020 ގައި ވަކިކުރި ކޯޓް އެޑްމިނިސްޓްރޭޓަރުންތަކަކަށް ވަޒީފާއާއި މުސާރަ ދޭން އެ ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ - ފޮޓޯ: އަދަދު

މީގެ ފަސް އަހަރު ކުރިން ޖޭއެސްސީއީން ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ ފެންވަރު ބެލުމަށް ފަހު ވަކިކުރި 10 މުވައްޒަފުންނަށް އަލުން ވަޒީފާ ދީ ވަޒީފާ ގެއްލުނު ފަހުން ހިނގާފައިވާ މުއްދަތަށް ދޭން ޖެހޭ މުސާރަ ދިނުމަށް ލޭބަޓްރައިބިއުނަލާއި ހައިކޯޓުން ކޮށްފައި އޮތް ހުކުމެއް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެެވެ.

ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ފެންވަރު ބެލުމަށް ނިންމާ ޖޭއެސްސީއިން އެ މަސައްކަތް ފެށީ 2019 ގަ އެވެ. އެ މަސައްކަތުގެ ތެރެއިން ވަކި ވަރަކަށް މާކްސް ނުލިބޭ ކަމަށް ބުނެ 10 މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމީ 2020 ގެ މެދުތެރޭގަ އެވެ.

އެގޮތުން ވަކިކުރުން ނިންމީ ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ހަތް ކޯޓެއްގެ އެޑްމިނިސްޓްރޭޓަރުން ތަކެކެވެ. ވަޒީފާއިން ވަކިކުރި މުވައްޒަފުން މި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެމުން މައްސަލަ ނިމުނީ އެ މީހުންނާ އެއްކޮޅަށެވެ.

ޖޭއެސްސީއިން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުންވެސް ނިންމާފައިވަނީ އެ މީހުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށާއި ޓްރައިބިއުނަލް އިން އެންގި ގޮތަށް އެ މީހުންގެ ވަޒީފާ އަނބުރާ ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް ޖޭއެސްސީއިން ވަނީ މައްސަލަ ސުޕްރީމް ކޯޓުގައިވެސް އިސްތިއުނާފުކޮށްފަ އެވެ.

މި މައްސަލާގައި ޖޭއެސްސީއާ ދެކޮޅަށް މިއަދު ހުކުމް ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ހުކުމުގައި މި 10 މީހުން ވަޒީފާއިން ވަކިކުރަން ޖޭއެސްސީއިން ދެއްކި ސަބަބަކީ ގާނޫނާ ހިލާފު ސަބަބެއް ކަމަށް ބުނެފައިވެ އެވެ.

މި 10 މީހުންނަށް އަލުން ވަޒީފާ ދޭން އެ ފަރާތްތަކުން އެދުނު ގޮތަށް ނިންމި މައިގަނޑު އެއް ސަބަބެއް ގޮތުގައި ހުކުމުގައި ބުނެފައިވަނީ، އެތަނުން އެކެއްގެ ވަޒީފާ އިޔާދަކުރަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) ނިންމާފައި އޮތުމެވެ. ވަކި މީހަކަށް ވަޒީފާ އިޔާދަކޮށްދިނުން އެއީ ޑީޖީއޭއަށް ލިބިދޭ އިހުތިޔާރެއް ނޫން ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

މީގެ ތެރޭގައި ހިމެނޭ އެންމެ މަތީ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައާއި އިނާޔަތަށް އެކު ޖުމްލަ 24،000 އެއްހާ ރުފިޔާ މަހެއްގެ މައްޗަށް އަރަ އެވެ. އެންމެ މަދުން ލިބޭ މުވައްޒަފަކަށްވެސް މަހަކު 16،000 ލިބޭނެ އެވެ. މީގެ އެންމެ ދަށް މުސާރައިން ބެލި ނަމަވެސް މި ހުކުމާ އެކު ބަދަލުގެ ގޮތުގައި ދައުލަތުން މި 10 މީހުންނަށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭން ޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox