ސައްމާހުގެ ބަންދު މައްސަލަ: ހައި ކޯޓަށް ލިބުނީ މުއްދަތެއް ނެތް އެހެން އަމުރެއް!

ސައްމާހު ހައި ކޯޓުގެ ޝަރީއަތުގައި: ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު ސުވާލުތަކެއް

ސައްމާހު ހައި ކޯޓުގެ ޝަރީއަތުގައި: ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު ސުވާލުތަކެއް

މީގެ ހަތް އަހަރު ކުރިން، މާފަންނު އައިޓަމްސް ފިހާރަ ކައިރީ މޫސާ އަހުމަދުގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ބަންދާ މެދު ހައި ކޯޓުން ގޮތެއް ނިންމަން، ސުޕްރީމް ކޯޓުން ދޫކޮށްފައިވާ ވަކި މުއްދަތެއް ނެތް އަމުރެއް ވެސް އެބަ އޮތް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދު ބުނެފި އެވެ.

ސުޕްރީމް ކޯޓުން މި މަހު ނުވަ ވަނަ ދުވަހު ސައްމާހު ވަގުތީ ގޮތުން ބަންދުކުރަން ހަތް ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތުގެ ތެރޭގައި ހައި ކޯޓުގައި ހިނގާ އިސްތިއުނާފު މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމާ މެދު އެ ކޯޓުން ގޮތެއް ނިންމަން އަމުރުކޮށްފައިވެ އެވެ. މި މަހު 16 ވަނަ ދުވަހު، އެ މުއްދަތު ހަމަވެގެން ދިޔަ އިރު ވެސް ހައި ކޯޓުން ގޮތެއް ނިންމައިފައެއް ނުވެ އެވެ.

އެ އަމުރާ ގުޅިގެން، ހައި ކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވިދާޅުވީ ހައި ކޯޓަށް ލިބުނު ފުރަތަމަ އަމުރުގައި އޮތީ ހައި ކޯޓުން ގޮތެއް ނިންމަން ދެން ބަންދުގައި ސައްމާހު ބަހައްޓަން ޖެހޭ ކަމަށެވެ

"ތި ބޭފުޅުން (ޕްރޮސެކިއުޝަނުން) މި ކޯޓަށް ފޮނުވި އަމުރުގައި ހަތް ދުވަހުގެ މުއްދަތެއް ޖައްސަވައިފައެއް ނެތް،" ފަނޑިޔާރު ފަރުހީޒާ އިތުރަށް ވިދާޅުވި އެވެ.

އެކަމަކު ފަހުން ކަރެކްޝަނުން ސާފުކުރި އިރު ސައްމާހު ދޫކޮށްލީ ހަތް ދުވަހެއް އޮތް އަމުރެއްގެ ދަށުން ކަމަށް ވިދާޅުވި އެވެ. ދެ އަމުރަށް ބަލާއިރު އޮތީ ސުޕްރީމް ކޯޓުގެ ހަމަ އެއް ނަންބަރެއް ކަމަށާއި، އެއް ނަންބަރަކުން ދެ އަމުރެއް ނެރޭނެ ކަމަށް ގަބޫލު ކުރަން ދަތިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"ޝަރުއީ ނިޒާމުގެ މި އޮތް ލިޔެކިޔުންތަކާ މެދު އަޅުގަނޑުމެންނަށް މިހާރު ހަމަ ސުވާލު އުފެދޭ،" މިއަދުގެ އަޑުއެހުމުގައި ފަރުހީޒާ ވިދާޅުވި އެވެ.

މި ކަމަށް ޕްރޮސެކިއުޝަނުން ވެސް މިއަދުގެ އަޑުއެހުމުގައި އެއްބަސްވެފައިވެއެވެ. ދައުލަތުގެ ވަކީލުން ބުނި ގޮތުގައި އެ ފަރަގު އޮތް ކަން ސާފުވީ ހައި ކޯޓުން ފަހުން އެ ގޮތަށް ފާހަގަކޮށްދިނުމުން، ކަރެކްޝަންސް އިން އެ ކަން ޕީޖީ އޮފީހަށް އެންގުމުން ކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރުން ވިދާޅުވަމުން ގެންދެވީ އެއް އަމުރުން ހަތް ދުވަހުގެ މުއްދަތު ދިނީ ހައި ކޯޓަށް ކަމަށް ވިޔަސް އެ އަމުރުގައި ވެސް އެ ކޯޓުން ގޮތެއް ކަނޑައަޅަން ދެން ބަންދުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ. ފަނޑިޔާރުންގެ މާނަ ކުރުމާއި ޕްރޮސެކިއުޝަނުން ޖުމުލަކޮށް އެއްބަސްވެފައެއް ނުވެ އެވެ.

ވ. ކެޔޮދޫ، ދޭލިޔާގޭ މޫސަ މަރާލި މައްސަލާގައި، އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހުގެ މައްޗަށް އުފުލި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ 23، ގައި ހުކުމް ކުރީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. ދައުލަތުން މި އެދެނީ، އެ ހުކުމުގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން ސައްމާހު ބަންދުކޮށްދިނުމަށެވެ.

މި މަރުގެ މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ހުކުމް ކުރި އެވެ. އެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އަދި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދުގެ މައްޗަށް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް އިސްތިއުނާފު ކުރުމާ މެދު ދައުލަތުން އަދި ގޮތެއް ނުނިންމަ އެވެ.

ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މޫސާ ހޮސްޕިޓަލަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox