ލެވަކޫސަނުން ޖަރުމަނު ކަޕް ވެސް ކާމިޔާބުކޮށްފި

May 25, 2024, 8:44 PM
ލެވަކޫސަނުން ޖަރުމަނު ކަޕް ވެސް ކާމިޔާބުކޮށްފި

ބާލިން (މެއި 25) - ޖަރުމަނު ދެ ވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ކައިސަސްލައުޓެން އަތުން 1-0 އިން މޮޅުވެ، ބަޔާ ލެވަކޫސަނުން ޖަރުމަނު ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ

މި ފަހަރުގެ ލީގު ޗެމްޕިއަންކަން ވެސް ހޯދާފައިވަނީ މެޗަކުން ބަލިނުވެ ނިންމާލި ލެވަކޫސަނުންނެވެ. މި ސީޒަނުގައި ލެވަކޫސަން ކުޅުނު 53 މެޗުގެ ތެރެއިން ބަލިވީ އެއް މެޗުންނެވެ. އެއީ މިދިޔަ ބުދަ ދުވަހުގެރޭ، ޔޫރޮޕާ ލީގު ފައިނަލުގައި އެޓަލަންޓާ އަތުންނެވެ.

ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ލެވަކޫސަންގެ ހަމައެކަނި ލަނޑު ޖަހައިދިނީ، މެޗުގެ 17 ވަނަ މިނިޓްގައި ގްރޭނިޓް ޝަކާ އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ލެވަކޫސަނުން މި މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، މެޗުގެ 44 ވަނަ މިނިޓްގައި އެ ޓީމުގެ، އޮޑީލޯން ކޮސޫނޫ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، ކޮސޫނޫ އަތުން ކައިސަސްލައުޓެން ކުޅުންތެރިއަކު ފައި މައްޗަށް ފައިން އެރުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި އޭނާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި، ކައިސަސްލައުޓެން އިން ކުރިއަށް ޖެހިގެން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް، ލެވަކޫސަނުން ވަނީ ރަނގަޅަށް ޑިފެންސްކޮށް، މެޗުން މޮޅުވެ، އެ ކްލަބްގެ ތާރީހީ ސީޒަނެއް ނިންމައިލައިފަ އެވެ.

މެޗުގައި ލެވަކޫސަންގެ ގޯލްކީޕަރު، ލޫކަސް ރަޑޭޝްކީ ވެސް ވަނީ ރަނގަޅު ހަަމަލާތަކެއް ހުއްޓުވައިފަ އެވެ.

ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ވަނީ ބަލިނުވެ، ޖަރުމަނުގެ ފުޓްބޯޅަ ސީޒަން ނިންމާލެވުނީތީ އެކަމަށް ކުޅުންތެރިންނަށް މަރުހަބާ ކިޔައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox