ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ޓީޓީ ތަރި ދީމާ ހަމަޖައްސައިފި

ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ދީމާ ހަމަޖެއްސުން -- ފޮޓޯ: ދިރާގު

ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ދީމާ ހަމަޖެއްސުން -- ފޮޓޯ: ދިރާގު

ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް މަޝްހޫރު ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ، 16 މިއަދު ހަމަޖައްސައިފި އެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ދީމާއަށް ބްރޭންޑް އެމްބެސެޑާޝިޕް ހަވާލުކުރީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އެވެ.

ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރަކަށް ދީމާ ހަމަޖެހުމަކީ ލިބުނު ފަހުރެއް ކަމަށެވެ.

ދީމާއަކީ ކުރިއަރަމުން އަންނަ ޒުވާން އެތުލީޓެއް ކަމަށާއި، ދީމާއަކީ ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ނަމޫނާއެއް ކަމަށް ވެސް މިރްޝާން ވިދާޅުވި އެވެ.

މީގެއިތުރުން އޮލިމްޕިކް ކޮލިފައިން ބުރު ފަހަނައަޅައި ގޭމްސްއަށް ފުރަތަމަ ކޮލިފައިވި އެތުލީޓުގެ ޝަރަފް ހޯދުމުން މިރްޝާން ވަނީ ދީމާއަށް މަރުހަބާ ވެސް ކިޔާފަ އެވެ.

ރަސްމިއްޔާތުގައި ދީމާ ބުނީ އޭނާގެ ފުރަތަމަ އެމްބެސެޑާޝިޕް ރާއްޖޭގެ ކުންފުންޏަކުން ލިބުމަކީ ލިބޭ އުފަލެއް ކަމަށާއި، ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް ހިދުމަތް ދެމުގައި އެންމެ ކުރީގައި އުޅޭ ކުންފުނި ކަމަށެވެ.

ދިރާގުން ވަނީ މަޝްހޫރު އަދި ކުރިއަރަމުން އަންނަ ގިނަ އެތުލީޓުންނާއި ފަންނާނުންނާއެކު ބްރޭންޑް އެމްސެޑާޝިޕް ޕްރޮގްރާމް ކުރިއަށްގެންދަމުންނެވެ. އޭގެ ތެރޭގައި އަލްމަރުހޫމް އަހުމަދު ނާޝިދު (ޒީރޯ ޑިގްރީ)، ސާފާ އިބްރާހިމް އަރީފް، އަބްދުލް ގަފޫރު އަލީ (ގައްބެ)، ދުވުންތެރިޔާ ސާއިދު އަދި ޒޫނާ ނަސީމް (ޒޫންޓި) ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓޫރިޒަމް ފަހަތަށް، މާލީ ދާއިރާ އާއި އިމާރާތް ކުރުން ކުރިއަށް

މާލީ ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާއަށް އައި ބޮޑު ކުރިއެރުމާއެކު، ރާއްޖޭގެ އިގުތިސޯދު ވަނީ ހަތަރެއް ޕަސެންޓަށް ކުރިއަރާފަ. ޓޫރިޒަމްގެ އިތުރުން މަސްވެރިކަމުގެ ދާއިރާވެސް ވަނީ މި މުއްދަތުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފަ.

ޑީއެމްއާރްއާރްގައި ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގު އިލްތިމާސް

މި މަހުގެ 20 ގައި ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ. ތިމާވެށި ހިމާޔަތްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ފެން ފޯރުކޮށްދޭނީ ކަރުދާސް ތަށީގައި ކަމަށާއި، ދުވުންތެރިން އަމިއްލަ ފުޅި ގެންގުޅުމަށް އެ ކުންފުނިން ބާރުއަޅައެވެ. މި އިސްނެގުމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 18،000 ޕްލާސްޓިކް ފުޅި މަދުކުރެވޭނެ ކަމަށް ދިރާގުން ލަފާކުރެއެވެ.

ކުޑަ ސަރަހައްދަކުން އުދުއްސާލެވޭ އާދަޔާ ހިލާފު ބޯޓެއް

އެމެރިކާގެ އިލެކްޓްރާ ކުންފުނިން ދަނީ ރަންވޭއެއް ނެތް ކުޑަ ސަރަހައްދުތަކުން އުދުއްސާލެވޭ ފަދަ ހައިބްރިޑް-އިލެކްޓްރިކް މަތިންދާބޯޓެއް އުފައްދަމުންނެވެ. މި ބޯޓުގެ ސަބަބުން ކައިރި މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ޚަރަދު ކުޑަވެ، އެއާޕޯޓުތަކަށް ބަރޯސާނުވެ ސީދާ އެއް ތަނުން އަނެއް ތަނަށް އަވަހަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިސްލާމިކް ބޭންކިންގެ ކްރެޑިޓް ކާޑު ޕޯޓްފޯލިއޯ ތައާރަފުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޝަރީއާގެ ހަމަތަކަށް ފެތޭ ގޮތަށް ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަ ހަތަރު ކެޓަގަރީއެއްގެ އައު ކްރެޑިޓް ކާޑު ޕޯޓްފޯލިއޯއެއް ވަނީ ތައާރަފުކޮށްފައި. މި ކާޑުތަކަށް 12,000ރ. އާއި 300,000ރ. އާ ދެމެދުގެ ކްރެޑިޓް ލިމިޓެއް ކަނޑައަޅާފައި.

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox