ރައީސީގެ ޖަނާޒާއަށް ރައީސްގެ މަންދޫބެއްގެ ގޮތުން އާދަމް ޝަރީފް ފުރާވަޑައިގެންފި

މިރޭ އާދަމް ޝަރީފް ފުރާވަޑައިގަންނަވަނީ.

މިރޭ އާދަމް ޝަރީފް ފުރާވަޑައިގަންނަވަނީ.

އީރާންގެ އީސްޓް އަޒެރުބައިޖާން ޕްރޮވިންސްގައި ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރެއް ވެއްޓި އެ ގައުމުގެ ރައީސް, އިބްރާހިމް ރައީސީ އަވާހަރާވުމާ ގުޅިގެން އެމަނިކުފާނުގެ ޖަނާޒާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވުމަށް ލޯކަލް ގަވަމެންޓު މިނިސްޓަަރު އާދަމް ޝަރީފް އީރާނަށް ފުރާވަޑައިގެންފި އެވެ.

މި ދަތުރުގައި އެމަނިކުފާނަށް އެންމެ ފަހުގެ އިހުތިރާމު އަދާކުރެއްވުމަށާ، އެ ދެ ބޭފުޅުން ފަސްދާނުލުމުގެ ރަސްމިއްޔާތުގައި އާދަމް ޝަރީފް ބައިވެރިވަޑައިގަންނަވާނެ އެވެ.

އިއްޔެގެ ވަގުތެއްގައި ރައީސް ވަނީ، އީރާނުގެ އިންތިގާލީ ރައީސް މުހައްމަދު މުހްބަރުއަށް ތައުޒިޔާގެ މެސެޖެއް ވެސް ފޮނުއްވައިފަ އެވެ.

އީރާންގެ އީސްޓް އަޒެރުބައިޖާން ޕްރޮވިންސްގައި ބޭއްވި ރަސްމިއްޔާތަކަށް ފަހު އެނބުރި ވަޑައިގަންނަވަނިކޮށް ރައީސީ ހެލިކޮޕްޓަރު ވެއްޓުނީ އީސްޓް އަޒެރުބައިޖާން ޕްރޮވިންސްގެ ދެ ސިޓީ ކަމަށްވާ ވަރުޒަގާން އާއި ޖޮލްފާ ދެމެދު އޮންނަ ދިޒްމާރު ޖަންގަލި ތެރެއަށެވެ.

އެ ވަގުތު ހެލިކޮޕްޓަރުގައި ރައީސީގެ އިތުރުން އެމަނިކުފާނުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުالله ހައިން އާއި ޕްރޮވިންސްގެ ގަވަރުނަރާއި, ރައީސީގެ ބޮޑީގާޑާއި އޭގެ އިތުރުން ވެސް ބޭފުޅުންތަކެއް ތިއްބެވި އެވެ.

ރައީސީ އަވަހާރަވުމުގެ ހިތާމައިގާ ރަސްމީގޮތުން ހިތާމަ ފާޅުކުރުމުގެ ގޮތުން މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

އިރާންގެ އަށް ވަނަ ރައީސް, ރައިސީ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އޯގަސްޓް، 2021 ގަ އެވެ. އެމަނިކުފާނު ވަނީ އިރާނުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު 2014 އިން 2016 ގެ ނިޔަލަށް ފުރުއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox