20 އަހަރުގެ މާސްޓާ ޕްލޭނުގެ ދަށުން ފުރަތަމަ ފަސް އަހަރަށް ހަދާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ މަސައްކަތް ފަށައިފި

ރައީސް މުއިއްޒު : ސަރުކާރުން އެކުލަވާލާ 20 އަހަރުގެ މާސްޓާ ޕްލޭނުގެ ދަށުން ފުރަތަމަ ފަސް އަހަރަށް ހަދާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ މަސައްކަތް ފަށައިފި - ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު : ސަރުކާރުން އެކުލަވާލާ 20 އަހަރުގެ މާސްޓާ ޕްލޭނުގެ ދަށުން ފުރަތަމަ ފަސް އަހަރަށް ހަދާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ މަސައްކަތް ފަށައިފި - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ގާނޫނެއްގެ ދަށުން 20 އަހަރުގެ ބޮޑު މާސްޓާ ޕްލޭނެއް އެކުލަވައިލަން ކުރާ މަސައްކަތުގެ ތެރެއިން ފުރަތަމަ ފަސް އަހަރަށް ހަދާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އޭއެސްޕީ) ގެ މަސައްކަތް ފަށައިފި އެވެ.

ގާނޫނީ ބާރު ލިބިދޭ ގޮތަށް 20 އަހަރުގެ މާސްޓާ ޕްލޭނެއް އެކުލަވާލައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ، ޖެނުއަރީ ހަތަރެއްގައި ބޭއްވި ވެލާނާ އެއާޕޯޓުގެ ތިން ވަނަ ފިޔަވަހީގެ ޕްލޭން އިފުތިތާހު ކުރުމަށް ބޭއްވި ހަފުލާގަ އެވެ. އެއީ ހުރިހާ ދާއިރާއެއް ހިމެނޭ ފުރިހަމަ ޕްލޭނަކަށް ވެގެންދާނެ ކަމަށް އެ ދުވަހު ރައީސް ވިދާޅުވި އެވެ.

އޭގެ ފަހުން މާސްޓާ ޕްލޭނާ ގުޅޭގޮތުން ސަރުކާރުން ވަކި ބަހެއް ބުނެފައެއް ނުވެ އެވެ. އެ މަސައްކަތް ގޮސްފައިވާ ހިސާބެއް ބަލަން ސުވާލުކުރުމުން، ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު "އަދަދު" އަށް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކުރާނެ މަސައްކަތްތައް ހިމެނޭގޮތަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެއް އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ.

"މިހާރު ކުރިޔަށް ދަނީ ކަމާ ގުޅުން ހުރި އޮފީސް/އިދާރާތަކާއެކު މަޝްވަރާކޮށް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް، މި ސްޓްރެޓެޖިކް އެކްޝަން ޕްލޭން ވެގެންދާނީ ސަރުކާރުން ކުރުމަށް ރާއްވަވާފައިވާ 20 އަހަރުގެ ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭންގެ ފުރަތަމަ ފަސް އަހަރު ދުވަހުގެ މަސައްކަތް ހިމެނޭނެ މަގުޗާޓަކަށް،" ހީނާ ވިދާޅުވި އެވެ.

ވިހި އަހަރުގެ ޕްލޭން އެކުލަވައިލުމުގެ ވާހަކަ ދެއްކެވި ރޭ ރައީސް މުއިއްޒު ވަނީ މި ސަރުކާރުން ހިންގަން ރާވާފައިވާ ބޮޑެތި މަޝްރޫއުތައްވެސް ހިއްސާކުރައްވާފަ އެވެ.

އޭގެ އެއް ކަމަކީ މިހާރު އެމްއޯޔޫގައި ސޮއިކޮށްފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯނެވެ. ތިލަފުއްޓާއި އެ ސަރަހައްދުގައި ހިއްކާ އެހެން ބިންތަކުން ގެދޮރާއި އެހެނިހެން ބޭނުންތަކަށް ދިނުމަށްފަހު މިހާރު ސަރުކާރުން ހަދަން މަސައްކަތް ކުރަމުންދާ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކޮމްޕެނީގެ ފަރާތުން އެ ސަރަހައްދުގައި ރީއެކްސްޕޯޓު ކުރާ އެސްއީޒީ ޒޯނެއް ގާއިމް ކުރާނެ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox