ބައްސާމް ކުށްވެރިއެއް ގޮތަށް ސިފަކޮށް ލިޔުން ކޯޓުން މަނާކޮށްފި

އެފްއޭއެމްގެ ރައީސް ބައްސާމް. އޭނާގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވޭ --- ފޮޓޯ: އަދަދު ފައިލް

އެފްއޭއެމްގެ ރައީސް ބައްސާމް. އޭނާގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވޭ --- ފޮޓޯ: އަދަދު ފައިލް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލު ކުށްވެރިއެއް ގޮތަށް ސިފަކުރުން ކްރިމިނަލް ކޯޓުން މަނާކޮށްފި އެވެ.

ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ލިޔެ ޝާއިއުކުރުމާއި ވަކި ގޮތަށް ލިޔެ ޝާއިއުކުރުން މަނާކޮށް ގެގް އޯޑަރު ނެރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެކެވެ.

ދައުލަތް ތަމްސީލްކުރާ، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ނިއުސްލެޓާ، "އުންސުރު" ގެ މިދިޔަ މަހުގެ އަދަދުގައި އެފްއޭއެމްގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ލިޔުމެއް ޝާއިއުކޮށްފައިވެ އެވެ. އޭގައި، ބައްސާމް ވަނީ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ލިބުނު 12 މިލިއަން ޑޮލަރު (191 މިިލިއަން ރުފިޔާ) ގެ ބޮޑުބައެއް އޭނާގެ އަމިއްލަ ބޭނުމަށް ބޭނުން ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ފަރާތުން ވަނީ އެފަދަ ލިޔުންތައް ޝާއިއުކުރުން މަނާކޮށްދިނުމަށް އެދިފަ އެވެ.

އޭގެ އިރުކޮޅެއް ފަހުން ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހައްގުތައް ކަށަވަރު ކުރުމުގެ ގާނޫނީ ޒިންމާ އޮތް އެއްވެސް ފަރާތަކުން އޭނާއަކީ ކުށްވެރިއެއް ކަމަށް ކަނޑައެޅޭ ބިދާއަކުން އެއްވެސް ވާހަކައެއް އަދި ހިޔާލެއް ނުލިޔުމަށް އަމުރު ކުރާ ކަމަށެވެ.

"މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމުގައި ބެލިދާނެ އަމަލެއް ކަމުގައި އަންގަން،" ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.

ބައްސާމްގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން އޭނާގެ ޕާސްޕޯޓު ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ހިފަހައްޓަން ކޯޓުން ވަގުތީ އަމުރެއް ނެރެގެން ހިފަހައްޓައިފަ އެވެ. ބައްސާމް ފިލައިގެން ދިޔުމުގެ އިހުތިމާލު އޮތަތީވެ، ދައުލަތުން އެދިގެން ކޯޓުން މިއަދު ވަނީ ޝަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކޮށްދީފަ އެވެ.

ބައްސާމް ހިންގަވާފައިވާ އެކި މުއާމަލާތްތަކުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ދައުވާ ކުރަން ފޮނުވައިގެން ދައުވާ އުފުލީ އެއިން އެންމެ މުއާމަލާތެއްގެ މައްސަލަ އެވެ.

އެއީ އެފްއޭއެމްގެ އެކައުންޓަކަށް ފީފާއިން ޖަމާކޮށްދިން 10،000 ޑޮލަރުގެ ތެރެއިން 9،999 ޑޮލަރު ބައްސާމްގެ އެކައުންޓަށް ޖަމާކޮށް ބޭނުންކުރި ކަމަށް ކުރާ ތުހުމަތުގަ އެެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox