ބަނޑިދޫ މެޖިސްޓްރޭޓު ކޯޓުގެ އާ އިމާރާތް ހުޅުވައިފި

May 18, 2024, 6:25 PM
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު މުއުތަސިމް އަދުނާން ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތް ހުޅުއްވައިދެއްވަނީ: އުއްތަމަ ފަނޑިޔާރު އަރިހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ: ޑީޖޭއޭ

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު މުއުތަސިމް އަދުނާން ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތް ހުޅުއްވައިދެއްވަނީ: އުއްތަމަ ފަނޑިޔާރު އަރިހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ: ޑީޖޭއޭ

ޝަރުއީ ދާއިރާގެ އުމްރާނީ ތަރައްގީއަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދ. ބަނޑިދޫގައި އިމާރާތްކުރި އެ ރަށު މެޖިސްޓްރޭޭޓު ކޯޓުގެ އާ އިމާރާތް މިއަދު ހުޅުވައިފި އެވެ.

ބަނޑިދޫ މެޖިސްޓްރޭޓު ކޯޓުގެ އާ އިމާރާތް ހުޅުއްވައި ދެއްވާ، އެކަން ފާހަގަކުރަން ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. އެމަނިކުފާނު އަރިހުގައި ފަނޑިޔާރު ހުސްނުއްސުއޫދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އާއިޝަތު ރިޒުނާ ބައިވެރިވެވަޑައިގެންނެވި އެވެ.

މި ކޯޓު ހުޅުވަން ފާހަގަކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ، ކޯޓު ހުޅުއްވައިދެއްވުމަށް ފަހު ދެއްކެވި ވާހަކައިގައި އުއްތަމަ ފަނޑިޔާރު އަލިއަޅުއްވާލެއްވީ ފަނޑިޔާރުކަން ކުރުމުގައި އަދުލުވެރިވުމުގެ އިހްސާންތެރިކަން އިސްކުރުމަށް ފަނޑިޔާރުންނަށް އޮންނަ ވާޖިބާއި ޒަމާނަށް އަންނަ ބަދަލުތަކާއެކު ޝަރުއީ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތަކަށެވެ.

Advertisement

އިސް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ރިޒްނާގެ ވާހަކައިގައި އުމްރާނީ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މަސައްކަތްތަކުގެ އިތުރުން ޝަރުއީ ދާއިރާ އާއި ކޯޓުތަކުގެ އިންސާނީ ވަސީލަތްތައް އިތުރުކުރުމަށާއި ޒަމާނީ ޓެކްނޮލޮޖީ ކޯޓުތަކުގައި ގާއިމުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވި ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

ބަނޑިދޫ މެޖިސްޓްރޭޓު ކޯޓުގެ އާ އިމާރާތެއް ހުޅުވިގެން ދިޔައިރު، މި ކޯޓުން ކުރިން ބޭނުންކުރަމުން އައި އިމާރާތުގައި ފާހަނާއެއްހާ ހިސާބު ވެސް ނެތް ކަމަށް މީޑިއާތަކުގައި ކުރިން ރިޕޯޓުކޮށްފައި އެބަހުއްޓެވެ. މިއީ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން އެޅި އިމާރާތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox