ޑްރޯން ގަތުމުގައި ހިޔާނާތްވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީގައި މަޑުޖެހިފައި

ރާއްޖެއަށް ގެނައި އަސްކަރީ ޑްރޯންތަކާއެކު ރައީސް މުއިއްޒު: ޑްރޯންތަކާ ގުޅޭ މައްސަލަ އަދިވެސް އޮތީ އޭސީސީގައި ތަށިވެފައި -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ގެނައި އަސްކަރީ ޑްރޯންތަކާއެކު ރައީސް މުއިއްޒު: ޑްރޯންތަކާ ގުޅޭ މައްސަލަ އަދިވެސް އޮތީ އޭސީސީގައި ތަށިވެފައި -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް ގެނައި އަސްކަރީ ޑްރޯން ގަތުމުގައި ހިޔާނާތްވި ކަމަށް ތުހުމަތު ކުރެވިގެން، އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިގެން ބަލަމުންދާ މައްސަލަ އަދިވެސް އޮތީ މަޑުޖެހިފަ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "އަދަދު" އަށް ވިދާޅުވީ ޑްރޯންއާ ގުޅިގެން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ އަދިވެސް އޮތީ ހުށަހެޅި ގޮތަށް ޕްރިލިމިނަރީ ސްޓޭޖުގައި ކަމަށާއި، ޕްރިލިމިނަރީ ސްޓޭޖު ނިމުމުން މައްސަލަ އިތުރަށް ތަހުގީގު ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ޕްރިލިމިނަރީ ސްޓޭޖުގައި އޭސީސީއިން އަބަދުވެސް ލިޔުންތައް ހޯދައި، މައްސަލަ ދިރާސާ ކުރާ ކަމަށާއި، މައްސަލަ އިތުރަށް ތަހުގީގު ކުރުމާމެދު ގޮތެއް ނިންމާނެ ދުވަހެއް އަދި ނޭގޭ ކަމަށް މަނިކު ވިދާޅުވި އެވެ.

ތުރުކީގެ ކުންފުންޏަކުން ޑްރޯން ގަތުމަށް ސަރުކާރުން އެއްބަސްވީ ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 37 މިލިއަން ޑޮލަރު (569.8 މިލިއަން ރުފިޔާ) އެ ކަމަށް ހަމަޖައްސައިގެންނެވެ.

މި އެއްބަސްވުމުގެ ތަފުސީލުތައް ހޯދުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" އިން އެދުމުން ޑިފެންސް މިނިސްޓްރީން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.

ޑިފެންސް މިނިސްޓްރީން ވަނީ ޑްރޯންތައް އަދި ޑްރޯންތައް ގަތް ކުންފުންޏާއި އިތުރު ތަފުސީލުތައް ދިނުމަށް ވެސް ދެކޮޅު ހަދާފަ އެވެ.

ޑްރޯންތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް އިދިކޮޅު އެމްޑީޕީއިން ތުހުމަތު ކުރެ އެވެ. އަދި އެކަން ތަހުގީގު ކުރުމަށް އޭސީސީއަށް މީގެ ކުރިން އެ ޕާޓީން ގޮވައިލި އެވެ.

ރާއްޖެ ގެނައި ޑްރޯންތަކުގެ ތެރެއިން ބައެއް ޑްރޯންތަކަކީ ތުރުކީ ސަރުކާރުގެ ހިލޭ އެހީ ކަމަށް ދިވެހި ސަރުކާރުން ވަނީ މީގެކުރިން ބުނެފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް މިހާތަނަށް ސަރުކާރުން ހާމަ ކޮށްފައެއް ނުވެ އެވެ.

ޑްރޯންތައް ގެނައުމަށްފަހު ސަރުކާރުން ވަނީ އެއާ ކޯ ގެ ނަމުގައި ސިފައިންގެ ވައިގެ ގޮތްޕެއް ވެސް ވަނީ އުފައްދައިފަ އެވެ. އަދި ރަސްމިއްޔާތުގައި ތިން ޑްރޯން ވަނީ ދައްކާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox