ޑެންގީ އަދި ޗިކުންގުންޔާ ފެތުރުން ހުއްޓުވުމަށް ކޮމިޓީއެއް އެކުލަވާލައި ފިޔަވަޅު އަޅަނީ

ކޮވިޑު ވެކްސިން ކިޔު، ޑެންގީ އަދި ޗިކުންގުންޔާ ފެތެރުން ހުއްޓުވުމަށް ކޮމިޓީއެއް އެކުލަވާލައި ފިޔަވަޅު އަޅަނީ -- ފޮޓޯ: އަދަދު

ކޮވިޑު ވެކްސިން ކިޔު، ޑެންގީ އަދި ޗިކުންގުންޔާ ފެތެރުން ހުއްޓުވުމަށް ކޮމިޓީއެއް އެކުލަވާލައި ފިޔަވަޅު އަޅަނީ -- ފޮޓޯ: އަދަދު

ރާއްޖޭގައި ޑެންގީ އަދި ޗިކުންގުންޔާ ފެތުރުން ހުއްޓުވުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި، ހެލްތް މިނިސްޓްރީ އާއި ސަރުކާރުގެ އެހެން އިދާރާތައް ގުޅިގެން މަސައްކަތް ކުރަން ފަށައިފި އެވެ.

މިއަދު ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ޑެންގީއާ ޗިކުންގުންޔާ ފެތުރުން ހުއްޓުވުމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީއާއި، ކައުންސިލުތަކާއި، ހޮސްޕިޓަލުތަކުގެ އިތުރުން، ވެމްކޯ އަދި ހެޗްޑީސީން ވެސް އެ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މަސައްކަތަށް އެކުލަވާލާފައިވާ ކޮމިޓީން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްތަށް ފޮގްކުރުމާއި މަދިރި އާލާވާނެހެން ހުންނަ ތަންތަން ނައްތައިލުން ހިމެނޭކަމަށް ހަލީލް ވިދާޅުވި އެވެ.

Advertisement

"މިކަމަށް ހާއްސަ ސިޓިޔަރިން ކޮމިޓީއެއް އެކުލަވާލެވިފަވޭ. އެ ކޮމިޓީން މަސައްކަތް ކުރައްވައިގެން މާލެއާ އަތޮޅުތެރޭގެ ރަށްރަށުގަ ފޮގްކުރުމުގެ މަސައްކަތްތަކާ މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ މަސައްކަތް ވެސް ބައެއް ރަށްރަށުގަ ކުރެވިފަ އެބަހުރި،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ޑެންގީ އަދި ޗިކުންގުންޔާ ފެތުރުން ހުއްޓުވުމުގެ ގޮތުން ބަންގްލަދޭޝް ބަހުންނާއި ތަމަޅަ ބަހުން ވެސް މާލެ އަދި އަތޮޅު ތެރޭގައި ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ހަލީލު އިތުރަށް ވިދާޅުވީ މިއަހަރުން ފެށިގެން މެއި 11، ގެ ނިޔަލަށް މާލެ އަދި އަތޮޅު ތެރެއިން ޑެންގީގެ 774 ކޭސް އަދި ޗިކުންގުންޔާގެ 389 ކޭސް ފެނިފައިވާކަމަށެވެ. އަދި ފަހުގެ ތާރީހުގައި ޗިކުންގުންޔާގެ ކޭސްތަށް އިތުރުވި މީ ފުރަތަމަ ފަހަރުކަމުން އެ ބައްޔަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މި ދެ ބައްޔަކީ ވެސް އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރެމުން އަންނަ ބައްޔަކަށްވުމާއެކު، ބަލި ކޮންޓްރޯލް ކުރުމަށް ކޮންމެ ރައްޔިތަކު ވެސް ފަރުދީ ޒިންމާ އަދާކުރައްވައި މަދިރި އާލާވާނެ ތަންތަން ނައްތައިލުމަށް މިނިސްޓަރު އެދިވަޑައިގަތެވެ. އަދި މި މަސައްކަތުގައި ކޮންސްޓްރަކްޝަން ޖަމިއްޔާތަކުން ވެސް ބައިވެރިވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މަދިރި ހެފުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

  • ވީހާވެސް ނިވާކަންބޮޑު ހެދުންލުން
  • މަދިރި ލޯޝަން ބޭނުން ކުރުން
  • ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން
  • މަދިރި އެންމެ ގިނަވާ ވަގުތުތައް ކަމުގައިވާ ހެނދުނާއި ހަވީރު ގޭގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން

ފެން ހަރުވާ ކޮންމެ ތަނެއްގައި ނުވަތަ އެއްޗެއްގައި އީޑީސް މަދިރި ބިސްއަޅާ އާލާވެ އެވެ. ފެން ހަރުލާފައިވާ ތަނެއްގައި އީޑިސް މަދިރި ބިސް އަޅައިފި ނަމަ, އެ ތަނަކުން ނުވަތަ އެއްޗަކުން ފެން ހުސްކުރި ނަމަވެސް މަދިރީގެ ބިސް ހަރުލާފައި ހުރެ އެވެ. އަދި އެ ބިސް, ހަ މަސް ދުވަހަށްވުރެ ގިނަ ދުވަހު ހުރެ އެވެ.

އެހެންކަމުން ގެ އާއި ގޯތިތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުން މުހިންމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox