ވީއޭއާރް އުވާލަން ޕްރިމިއާ ލީގުގެ ކްލަބްތައް ވޯޓަކަށް!

May 16, 2024, 1:17 AM
ވީއޭއާރް އުވާލަން ޕްރިމިއާ ލީގުގެ ކްލަބްތައް ވޯޓަކަށް!

ލަންޑަން (މެއި 16) - ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)، އިނގިރޭސި ޕްރިމިއާ ލީގުގައި ބޭނުންކުރުން ހުއްޓާލުމަށް، އެ ލީގުގެ ކްލަބްތަކުން އަންނަ މަހު ވޯޓެއް ނަގަން ތައްޔާރުވެއްޖެ އެވެ.

ވުލްވްސް އިން އިސްނަގައި، ހުށަހެޅި މި ޕްރޮޕޯސަލްގެ ވޯޓަށް އަހާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު ނަގާ ވޯޓުންނެެވެ. އެ ގޮތުން، އެ ވޯޓުގައި، 20 ކްލަބްގެ ތެރެއިން 14 ޓީމުގެ ތާއީދު ލިބިއްޖެނަމަ، އަންނަ ސީޒަނުން ފެށިގެން ޕްރިމިއާ ލީގުގައި ވީއޭއާރް ބޭނުމެއް ނުކުރާނެ އެވެ.

ޕްރިމިއާ ލީގުގައި ވީއޭއާރް ބޭނުންކުރަން ފެށީ، 2019/2020 ސީޒަނުން ފެށިގެންނެވެ.

Advertisement

ވީއޭއާރް ބޭނުންކުރުން ހުއްޓާލަން ތާއިދުކުރާ ކްލަބްތަކުން ބުނެފައިވަނީ، ވީއޭއާރް ގެނައީ ވަރަށް ގިނަ ކަންކަން ރަނގަޅުވާނެ ކަމުގެ އުންމީދުގައި ކަމަށާއި އެކަމަކު، ބޭނުންވި ވަރުގެ ރަނގަޅު ނިންމުން ތަކެއް އައުމުގެ ބަދަލުގައި، އެ ގަވާއިދާ އެކު، ކުރިމަތިވި މައްސަލަތައް ވީ އިތުރު ކަމަށެވެ.

ވުލްވްސް އިން ބުނީ މައްސަލަ ހުށަހެޅުމުގައި އިސްނަގަން ނިންމި އެންމެ ބޮޑު ސަބަބަކީ، ވީއޭއާރްގެ ސަބަބުން މެޗުތަކަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކޮށް، ލީގުގެ ކަންކަން ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ޕްރިމިއާ ލީގުން ނެރުނު ބަޔާނެއްގައި ބުނީ، ކްލަބްތަކުން ޕްރޮޕޯސަލެއް ހުށަހެޅި ނަމަވެސް، ލީގުގެ ވިސްނުމަކީ، އަދިވެސް ވީއޭއާރްއާ އެކު ކުރިއަށްދިން ކަމަށެވެ. އެކަމަކު، މީގެ ކްލަބްތަކުން ބޭނުންވެއްޖެ ހިނދެއްގައި ކަންކަން ބަދަލުކުރުމުގެ އިހުތިޔާރު އޮންނާނެ ކަަމަށް ވެސް ބުނެފައިވެ އެވެ.

ވީއޭއާރް އުވާލުމުގެ ޕްރޮޕޯސަލް އެޖެންޑާ ކޮށްފައިވާއިރު، އެންމެ ފަހުން ޕްރިިމިއާ ލީގުގެ ކްލަބްތަކުން ވަނީ އަންނަ ސީޒަނުން ފެށިގެން، ސެމީ އޮޓޮމެޓިކް އޮފްސައިޑް ސިސްޓަމް އަށް އަމަލުކުރަން ފަށަން ވޯޓުން ފާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox