ފޮނަދޫ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަކިކޮށް ދިނުމަށް ސީއެސްސީއަށް ހުށަހަޅަން ނިންމައިފި

ފޮނަދޫ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފާއިގު; އޭނާ މަގާމުން ވަކިކުރަން ކައުންސިލުން ވަނީ ނިންމާފައި -- ފޮޓޯ: ފޮނަދޫ ކައުންސިލް

ފޮނަދޫ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފާއިގު; އޭނާ މަގާމުން ވަކިކުރަން ކައުންސިލުން ވަނީ ނިންމާފައި -- ފޮޓޯ: ފޮނަދޫ ކައުންސިލް

ލ. ފޮނަދޫ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފާއިގު މަގާމުން ވަކިކޮށް ދިނުމަށް އެދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅަން އެ ކައުންސިލުން ނިންމައިފި އެވެ.

މިދިޔަ ހަފުތާގައި ބޭއްވި ފޮނަދޫ ކައުންސިލުގެ 19 ވަނަ އާންމު ޖަލްސާގައި ނިންމާފައި ވަނީ އެސްޖީ މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އެކަށީގެންވާ މިންވަރަށް އަދާކުރަމުން ނުގެންދާ ކަމަށެވެ. އޭނާ މަގާމުން ވަކިކޮށްދިނުމަށް އެދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅަން ނިންމީ އެހެންވެ އެވެ.

ފާއިގު, މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ބުނެ ގިނަ ސަބަބުތަކެއް ކައުންސިލުގެ އާންމު ޖަލްސާގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި, ކައުންސިލުގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި, އަތޮޅު ކައުންސިލަށް ފޮނުވަންޖެހޭ ރިޕޯޓުތައް ނުފޮނުވުމާއި, ހާލުބެލުން ޕޯޓަލްގެ މަސައްކަތް ނުކުރުމާއި, މަސައްކަތް ހޭންޑްއޯވާ ނުކޮށް ޗުއްޓީއަށް ދިއުމާއި, ހެނދުނުގެ ބްރީފިންތަކަށް ހާޒިރުނުވުން ހިމެނެ އެވެ.

މިކަމާ ގުޅޭ ގޮތުން ފާއިގު 'އަދަދު' ނޫހަށް ވިދާޅުވީ އޭނާ މަގާމުން ވަކިކުރަން ނިންމީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ނުކޮށްގެން ނޫން ކަމަށާއި، އެކަމުގައި އޮތީ ސިޔާސީ މަގުސަދެއް ކަމަށެވެ. އެ ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ޕީއެންސީގެ ކެންޑިޑޭޓު، އަބްދުއްރަހީމް އަބްދުﷲ އަށް ތާއިދު ނުކޮށް، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް އަނީސް އަށް އޭނާ ތާއިދު ކުރުމެވެ.

"އަޅުގަނޑު ޗުއްޓީގައި މިވަގުތު މިހިރީ, ޗުއްޓީން އަންނަން ވާއިރަށް ނިންމާފައި އޮތް ނިންމުމެއް އެއީ, ބޮޑަށް ބެލެވެނީ ސިޔާސީ ގޮތުން މިހާރު ތިބި ކައުންސިލަރުންނާ ހިޔާލު ތަފާތުވުން ހުރި ގޮތުންހެން. އެއީ ޕީއެންސީ ބައެއް. އެ ބޭފުޅުން ބޭނުންވަނީ އަޅުގަނޑު ބޭރު ކުރަންކަން ގަބޫލުކުރެވެނީ," ފާއިގު ވިދާޅުވި އެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ސިވިލް ސާވިސްގެ މަގާމަކަށް ވުމާއެކު އޭނާ އެ މަގާމުން ދުރުކުރާނީ، މައްސަލަ ސިވިލް ސާވިސް ކޮމިޝަނުން ބެލުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox