ޖަނަރޭޓަރަކަށް މައްސަލަ ޖެހި، އަނެއްކާ ވެސް ކުޅުދުއްފުށިން ކަރަންޓު ކަނޑަން ފަށައިފި

ޖަނަރޭޓަރަކަށް މައްސަލަ ޖެހި، އަނެއްކާ ވެސް ކުޅުދުއްފުށިން ކަރަންޓު ކަނޑަން ފަށައިފި

ހދ. ކުޅުދުއްފުށި ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ފެނަކައިން ބޭނުުންކުރާ އެއް މެގަވޮޓްގެ ޖަނަރޭޓަރަކަށް މައްސަލަ ޖެހި، އަނެއްކާ ވެސް އެކި ވަގުތުތަކަށް އެ ރަށުގެ ގޭބިސީތަކުން ކަރަންޓުގެ ހިދުމަތް ކަނޑަން ޖެހިއްޖެ އެވެ.

ކުރިން ވެސް އިންޖީނުތަކަށް މައްސަލަ ދިމާވެގެން، ކަރަންޓުގެ ލޯޑު ބޮޑު ވާތީ މަހަކަށް ވުރެ ގިނަ ދުވަސްވަން ދެން ފެނަކައިން ގެންދިޔައީ ޝެޑިއުލެއް ނެރެގެން އެ ސިޓީގެ އެކި ހިސާބުތަކުން އެކި ވަގުތުތަކަށް ކަރަންޓު ކަނޑަމުންނެވެ. އެ ގޮތުން ކޮންމެ ގެއަކުން ގަޑިއަރަކަށް ކަރަންޓު ކަނޑައިލަ އެވެ.

ސްޓެލްކޯގެ ޓެކްނިކަލް ޓީމެއް ވެސް ގެންގޮސްގެން މައްސަލަ ކޮޅެއްގައި ހައްލުކުރިތާ މަހެއް ވެސް ނުވަނީސް، މިއަދު އަނެއްކާ ވެސް ފެނަކަ ކުޅުދުއްފުށި ބްރާންޗުން ކަރަންޓު ކަނޑާ ސަރަހައްދުތަކުގެ ޝެޑިއުލެއް ނެރުނެވެ.

އެ ޝެޑިއުލާ އެކު ފެނަކަ ބްރާންޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަޑިއިރަކަށް ކޮންމެ ސަރަހައްދަކުން ކަރަންޓު ކަނޑާލަން ޝެޑިއުލް ނެރެން ޖެހުނީ އެއް މެގަވޮޓްގެ އިންޖީނަކަށް މައްސަލަ ޖެހިގެން ކަމަށެވެ. އަދި ވީހާވެސް މަދުން މި ދުވަސްވަރު ކަރަންޓު ބޭނުން ކުރުމަށް އެދިފައިވެ އެވެ.

އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން އުޅޭ އެ ސިޓީގައި، މީގެ ކުރިން އެ މައްސަލަ ދިގުލައިގެން ގޮސް ރަށުގެ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާ ވެސް ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox