ރައީސް އޮފީހުން އާރުޓީއައި ގާނޫނަށް އަމަލުނުކުރާ މައްސަލަ ބަލަން އިންފޮމޭޝަން ކޮމިޝަނަރު ނިންމަވައިފި

އިންފޮމޭޝަން ކޮމިޝަނަރު އާހިދު: ރައީސް އޮފީހުން އާރުޓީއައި ގާނޫނަށް އަމަލުނުކުރާ މައްސަލަ ބަލަން އިންފޮމޭޝަން ކޮމިޝަނަރު ވަނީ ނިންމަވާފަ - ފޮޓޯ: އަދަދު

އިންފޮމޭޝަން ކޮމިޝަނަރު އާހިދު: ރައީސް އޮފީހުން އާރުޓީއައި ގާނޫނަށް އަމަލުނުކުރާ މައްސަލަ ބަލަން އިންފޮމޭޝަން ކޮމިޝަނަރު ވަނީ ނިންމަވާފަ - ފޮޓޯ: އަދަދު

ރައީސް އޮފީހުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުނުކުރާ މައްސަލަ ރަސްމީކޮށް ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން އާރްޓީއައި ގާނޫނަށް އަމަލު ނުކުރާ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް އާހިދު ވިދާޅުވީ، މަހޯލި ޕޯޓަލް މެދުވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުގެ ތަފުސީލު ހޯދުމަށް "އަދަދު" އިން ހުށަހެޅުމުން ޖަވާބެއް ނުދިން މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމެއްގަ އެވެ.

މިއަދުގެ އަޑުއެހުމަށް ވެސް ރައީސް އޮފީހުގެ ލީގަލް ޓީމުން ހާޒިރުވެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް އާހިދު ވަނީ އަޑުއެހުން ފަށްޓަވަމުން ވިދާޅުވެފަ އެވެ. މި މައްސަލާގައި މީގެ ކުރިން ބާއްވަން އުޅުނު ތިން އަޑުއެހުން ވެސް ފަހުގެ ތާރީހަކަށް ބަދަލުކުރުމަށް ރައީސް އޮފީހުން އެދުނުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މައްސަލާގައި ގޮތެއް ނިންމަވާ، ތިން ދުވަހުގެ ތެރޭ އެ މައުލޫމާތު ރައީސް އޮފީހުން ދިނުމަށް އެންގުމަށްފަހު އާހިދު ވަނީ މިހާރަކަށް އައިސް ރައީސް އޮފީހުން އާރުޓީއައި ގާނޫނަށް އަމަލު ނުކުރާ މައްސަލަ އައިކޮމް އިން ބަލާނެ ކަމަށް ވިދާޅުވެފަ އެވެ.

"ރައީސުލްޖުމްހުރިއްޔާގެ އޮފީހުން މި ގާނޫނަށް އަމަލުނުކުރެވެނީ ކީއްވެތޯ ބެލުމަށްޓަކައި އަދި އެކަމުގައި ޒިންމާވާންޖެހެނީ ކޮން ފަރާތެއްތޯ ބެލުމުގެ މަސައްކަތް މި މައްސަލާގައި މި ހިނގާފައިވާ ކަންތައްތަކާއެކުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރިއަށް ގެންދާނެކަން އާންމުކޮށް އަންގަން،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި މީހަކު ޒިންމާވާންޖެހޭ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް އާހިދު ވިދާޅުވި އެވެ.

"އަދި، އެކަމުގަ އިހުމާލުވާ ފަރާތްތައް ނުވަތަ ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅެއް އަޅަން ޖެހޭ ކަމަށްވަންޏާ އެކަން ކުރިއަށް ގެންދާނެ ކަމަށްވެސް އިދާރާއަށް އަންގަން،" އާހިދު ވިދާޅުވި އެވެ.

މި ސަރުކާރު އައި ފަހުން ރައީސް އޮފީހަށް ހުށަހެޅި ގިނަ އާރުޓީއައި ތަކަށް ޖަވާބު ދީފައި ނުވާއިރު، އައިކޮމް އިން ބާއްވާ އަޑު އެހުންތަކަށް ވެސް އެ ރައީސް އޮފީހުގެ އޮފިޝަލުން ހާޒިރުނުވާކަން ވަނީ ފާހަގަވެފަ އެވެ.

"ރައީސް އޮފީހަކީ ސަރުކާރުގެ އެންމެ އިސް އިދާރާއަށް ވެފަ، ރައީސް އޮފީހުން މިކަމަށް އެއްގޮތަކަށްވެސް އަޅާނުލާތަން ފެނުން އެއީ ހަގީގަތުގަ މި ހައްގު އެއްކޮށް ބަލިކަށި ކޮށްލެވިދާނެ ކަމެއް،" މީގެކުރިން މި ނޫހުން ލިޔުނު ރިޕޯޓަކަށް ޖަވާބު ދެއްވަމުން އާހިދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox