ދައުލަތަށް ގެއްލުނު 50 މިލިއަން ރުފިޔާ ހޯދަން އެދިގެން، އޭސީސީއަށް މިދިޔަ އަހަރު ހޯދުނީ އެންމެ ދެ ލައްކަ ރުފިޔާ

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުން: ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން މިދިޔަ އަހަރު ހޯދުނީ ދެ ލައްކަ ރުފިޔާ - ފޮޓޯ: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުން: ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން މިދިޔަ އަހަރު ހޯދުނީ ދެ ލައްކަ ރުފިޔާ - ފޮޓޯ: އޭސީސީ

ކޮރަޕްޝަންގެ މުއާމަލާތްތަކުގެ ތެރެއިން ދައުލަތަށް ގެއްލުނު 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މިދިޔަ އަހަރު އެދިފައިވާ ކަމަށާއި މިދިޔަ އަހަރު ދައުލަތަށް އަނބުރާ ހޯދުނީ އޭގެ ތެރެއިން އެންމެ ދެ ލައްކަ ރުފިޔާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީީސީ) އިން ބުނެފި އެވެ.

އޭސީސީން އިއްޔެ އާންމު ކުރި އެ ކޮމިޝަނުގެ އަހަރީ ރިޕޯޓުގައި ބުނާ ގޮތުން، ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން 50،370،521 ރުފިޔާ ހޯދަން އެދުނެވެ. އޭގެ ތެރޭގައި ގިނައީ ދައުލަތުން ހިންގާ ކުންފުނިތަކުގައި އެދުނު ވަރެވެ. ކުންފުނިތަކުން އެކަނި 50،345،542 ރުފިޔާ އަނބުރާ ހޯދަން އޭސީސީން އެދިފައިވެ އެވެ.

އޭސީސީގެ އަހަރީ ރިޕޯޓް ދައްކާ ގޮތުން ކުންފުނިތަކުން އެ ކޮމިޝަނަށް ހޯދުނީ 181،352 ރުފިޔާ އެވެ. ދެން ހޯދީ ކުރީގެ އަހަރުތަކުގައި ހޯދަން މަސައްކަތް ކުރި 53،180 ރުފިޔާ އެވެ. އެއީ ޖުމުލަ 234،532 ރުފިޔާ އެވެ.

ފައިސާ އަނބުރާ ހޯދި ތަންތަން:

  • އެޑިއުކޭޝަން މިނިސްޓްރީ - 29،120 ރުފިޔާ
  • ސިޓީ ކައުންސިލްތައް - 10،500 ރުފިޔާ
  • ރަށު ކައުންސިލްތައް - 13،559.42 ރުފިޔާ
  • ކުންފުނިތައް - 181،352.15 ރުުފިޔާ

ފައިސާ ހޯދަން އެދުނު ތަންތަން

  • ހެލްތު މިނިސްޓްރީ - 7،779.75 ރުފިޔާ
  • އިސްލާމިކް މިނިސްޓްރީ - 2،200 ރުފިޔާ
  • މިނިވަން މުއައްސަސާތައް - 15،000 ރުފިޔާ
  • ކުންފުނިތައް - 50،345،542 ރުފިޔާ

މިދިޔަ ފަސް އަހަރުގެ ތެރޭގައި، އޭސީސީން މުއައްސަސާތަކުގައި ޖުމުލަ 263 މިލިއަން ރުފިޔާ ހޯދުމަށް އެދިފައިވެ އެވެ. އޭގެ ތެރެއިން 160 މިލިއަނަކީ 2019 ވަނަ އަހަރު އޭސީސީން އެދިފައިވާ ވަރެވެ. މިދިޔަ އަހަރަކީ، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ދެވަނައަށް އެންމެ ގިނަ އަދަދަށް ފައިސާ ހޯދަން އެދުނު އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox