ރާއްޖޭގައި ޗިކުންގުންޔާ ފެތުރެނީ, މިމަހު އެކަނި ވެސް މާލެއިން 59 ކޭސް

މާލޭ މަގުމަތިން ބަޔަކު ދުއްވާފައި ދަނީ; މާލެ ސަރަހައްދުން މިމަހު އެކަނި ވެސް ޗިކުންގުންޔާގެ 59 ކޭސް ފެނިފައިވޭ -- ފައިލް ފޮޓޯ: އަދަދު

މާލޭ މަގުމަތިން ބަޔަކު ދުއްވާފައި ދަނީ; މާލެ ސަރަހައްދުން މިމަހު އެކަނި ވެސް ޗިކުންގުންޔާގެ 59 ކޭސް ފެނިފައިވޭ -- ފައިލް ފޮޓޯ: އަދަދު

ރާއްޖޭގައި ހަލުވި ކަމާއެކު ޗިކުންގުންޔާ ފެތުރި, މިމަހު އެކަނި ވެސް މާލެ ސަރަހައްދުން 59 މީހުން އެ ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.

ޗިކުންގުންޔާއަކީ, ޑެންގީ ހުމެކޭ އެއްފަދައިން އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލީގެ ސަބަބުން ދިމާވާ ހުޅުހުޅުގައި ރިއްސުމާއި ބައެއް ފަހަރު ހުޅު ދުޅަވުމުގެ އުނދަގޫތައް ގިނަ ދުވަހަށް ދެމިގެން ދެ އެވެ.

ޗިކުންގުންޔާ ފެތުރެވީ އެ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި ހަފާފައިވާ މަދިރިއެއް, ބަލި ނުޖެހޭ މީހެއްގެ ގައިގައި ހެފުމުންނެވެ. މަދިރި ހަފާތާ ތިން ދުވަހާއި ހަތް ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށަ އެވެ.

ރާއްޖޭގައި ޗިކުންގުންޔާ ފެތުރެމުން ދާތީ, ހެލްތު މިނިސްޓަރު އަބްދުالله ހަލީލް ވަނީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ގޮވާލާފަ އެވެ. އަދި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

"ވިއްސާރަ މޫސުން ކުރިޔަށް އޮތުމާއެކު، ހާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ މި ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ. ޗިކުންގުންޔާއާއި ޑެންގޫ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތަކުން ރައްކާތެރި ވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން،" އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ޗިކުންގުންޔާގެ އަލާމާތްތައް:

  • 39 ޑިގްރީ ސެލްސިއަސްއަށް ހުން ގަދަވުން
  • ބޮލުގަ އަދި ގައިގައި ގަދައަށް ރިއްސުން
  • ހުޅުހުޅުގައި ރިއްސުން
  • ބަނޑުގައި ރިއްސުމާއި މޭނުބައިކޮށް ހޮޑުލެވުން
  • ގައިގައި ރަތް ބިހިތަކެއް (ރޭޝް) ނެގުން

ޗިކުންގުންޔާ ޖެހުމުން އެންމެ ހާލު ބޮޑުވަނީ ބަނޑުގައިވާ ދަރިފުޅަށް މަންމަގެ ފަރާތުން ޖެހުމުންނާއި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލު ކުރާ މީހުންނެވެ.

މި ބައްޔަށް ގޭގައި ފަރުވާ ދިނުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި އަރާމުކުރުން, ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުން, އަދި ހުމާއި ގައިގައި ރިއްސުމުގެ އަލާމާތްތައްތަކަށް ޕެނަޑޯލް ނުވަތަ ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން ހިމެނެ އެވެ. އަދި ތިން ދުވަހާއި ހަތް ދުވަހަށްވުރެ ގިނަ ދުވަހުގެ ހުން އަންނަ ނަމަ ނުވަތަ ހުޅު ދުޅަވެ ރިއްސާނަމަ ސިއްހީ ފަރުވާ ހޯދުން މުހިންމެވެ.

ޗިކުންގުންޔާއިން ރައްކާތެރިވާނީ ކިހިނެތް؟

ޗިކުންފުންޔާއިން ރައްކާތެރިވެވޭނީ ބަލި ފަތުރާ އީޑީސް މަދިރި އާލާވާފަދަ ތަންތަނާއި ތަކެތި ނައްތާލުމާއި މަދިރިހެފުމުން ރައްކާތެރިވެގެންނެވެ.

މަދިރި ހެފުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:

  • ވީހާވެސް ނިވާކަންބޮޑު ހެދުންލުން
  • މަދިރި ލޯޝަން ބޭނުން ކުރުން
  • ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން
  • މަދިރި އެންމެ ގިނަވާ ވަގުތުތައް ކަމުގައިވާ ހެނދުނާއި ހަވީރު ގޭގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން

ސާފު ފެން ހަރުވާ ކޮންމެ ތަނެއްގައި ނުވަތަ އެއްޗެއްގައި އީޑީސް މަދިރި ބިސްއަޅާ އާލާވެ އެވެ. ފެން ހަރުލާފައިވާ ތަނެއްގައި އީޑިސް މަދިރި ބިސް އަޅައިފި ނަމަ, އެ ތަނަކުން ނުވަތަ އެއްޗަކުން ފެން ހުސްކުރިއަސް މަދިރީގެ ބިސް ހަރުލާފައި ހުރެ އެވެ. އަދި އެ ބިސް, ހަ މަސް ދުވަހަށްވުރެ ގިނަ ދުވަހު ހުރެ އެވެ.

އެހެންކަމުން ގެއާއި ގޯތިތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުން މުހިންމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox