ރައީސް ރަށްރަށް ވަޑައިގެން ޕްރޮޖެކްޓު އިއުލާނު ކުރުމަކީ އިންތިހާބަށް ނުފޫޒު ފޯރުވިދާނެ ކަމެއް: އެޗްއާރްސީއެމް

ރައީސް މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގެން ޕްރޮޖެކްޓުތައް އިއުލާނު ކުރުމުން އިންތިހާބަށް ނުފޫޒު ފޯރުވިދާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

މާދަމާ ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ކަންކަން ދިރާސާކޮށް އެކުލަވައިލި ރިޕޯޓުގައި ބުނެފައިވަނީ އިންތިހާބު އިއުލާނުކުރި ފަހުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 100 އަށް ވުރެ ގިނަ ރަށަށް ދަތުރުކޮށް، އެކި ރަށްރަށުގައި ގިނަ މަޝްރޫއުތަކެއް އިއުލާނުކޮށްފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިއުލާނު ކުރުމަށްފަހު [ޖެނުއަރީ 30] ގެ ފަހުން ރައީސުލްޖުމްހޫރިއްޔާ 100 އަށް ވުރެ ގިނަ ރަށްރަށަށް ދަތުރުކޮށްފައިވޭ. ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން ރަށްރަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލު ކުރުމަކީ ކުރުން މުހިންމު ކަމަކަށްވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވެފައި ވަނިކޮށް މި ދަތުރުތަކުގައި އެކި މަޝްރޫއުތައް އިއުލާނު ކުރުމާއި ސޮއި ކުރުމުގެ އިތުރުން ކުރީގައި ނިމިފައި ހުރި ނިމިފައި ހުރި ޕްރޮޖެކްޓުތައް އިފުތިތާހު ކުރުމަކީ އޭގެ ސަބަބުން އިންތިހާބަށް ނުފޫޒު ފޯރުވަން ފުރުސަތު އޮތް ކަމެއް،" އެ ކޮމިޝަނުން ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ވަގުތު އިންތިހާބުވެފައިވާ ސަރުކާރުގެ ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ނަހަމަ ފައިދާތަކެއް ލިބޭކަން ފާހަގަކުރެވޭކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ ތެރޭގައި އިންތިހާބާއި ދިމާކޮށް ގިނަ ރަށްރަށުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދިނުން ހިމެނޭއިރު، މީގެ ސަބަބުން އެ ކުންފުނިތަކުގައި މިހާރު މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު އޮތް ކަން އެޗްއާރްސީއެމުން ފާހަގަ ކުރެ އެވެ.

އެޗްއާރްސީއެމުން ވަނީ މާލެ ސަހަރައްދު ހިމެނޭހެން "ރައްޔިތުންގެ މަޖިލިސް އިންތިހާބު، އާންމުން ދެކޭ ގޮތުގެ ސާވޭ" ނަމުގައި 1،174 ބައިވެރިންނާއެކު މާޗު މަހު ސާވޭއެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އިންތިހާބަށް ނުފޫޒުފޯރުވާ ކަންކަން އެ ސާވޭގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"ރައްޔިތުންގެ މަޖިލިސް އިންތިހާބު، އާންމުން ދެކޭ ގޮތުގެ ސާވޭ"އިން ފާހަކުރެވޭ ބައެއް ކަންތައްތައް

  • ދައުލަތުގެ މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދީގެން ވޯޓަށް ނުފޫޒުފޯރުވުމަކީ އިންތިހާބަށް އެންމެ ބޮޑަށް ނުފޫޒުފޯރުވޭނެ ގޮތް ކަމުގައި 50 ޕަސެންޓް މީހުން ގަބޫލުކުރޭ.
  • އިންތިހާބު ކައިރިވެފައިވަނިކޮށް ސަރުކާރުގެ މަޝްރޫއުތަށް އިއުލާނުކުރުމަކީ އިންތިހާބަށް އެންމެ ބޮޑަށް ނުފޫޒުފޯރުވޭނެ ގޮތް ކަމުގައި 27 ޕަސެންޓް މީހުން ގަބޫލުކުރޭ.
  • ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ދައުލަތުގެ މުދަލާއި ތަކެތި ބޭނުންކުރުމުން ވޯޓަށް ނުފޫޒުފޯރުވޭ ކަމަށް 14 ޕަސެންޓް މީހުން ގަބޫލުކުރޭ.
  • ފައިސާ އަދި މުދާ ފަދަ ތަކެތި ބެހިކަން އަމިއްލައަށް ނުވަތަ ދަންނަ މީހެއްގެ ފަރާތުން އެނގިފައިވާކަމަށް 59 ޕަސެންޓް މީހުން ބުނެފައިވޭ.

އޭގެ އިތުރުން ޕީއެންސީގެ ހަގީގީ ކެންޑިޑޭޓުން ބާކީކޮށް، ސަރުކާރުގެ ކެންޑިޑޭޓުންތަކެއް ހޮވައި އެމީހުންނަށް ތާއީދު ކުރުމަކީ ރައްޔިތުންގެ ހައްގެއް ގެއްލިދާނެ ކަމެއް ކަމަށް ވެސް އެޗްއާރްސީއެމް އިން ބުނެ އެވެ.

"ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވާދަ ކުރި ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ކެންޑިޑޭޓުންނަށް އެ ކޯލިޝަންގެ ފަރާތުން ތާއީދުނުކޮށް އެ ދާއިރާތަކަށް ކުރިމަތިލާފައިވާ އެހެން ކެންޑިޑޭޓުންނަށް ތާއީދު ކުރުމަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ރައްޔިތުން ތަމްސީލު ކުރާ ފަރާތެއް އިހްތިޔާރު ކުރުމުގެ ހައްގަށް އުނިކަމެއް އައުމަށް ފުރުސަތު އޮތް ކަމެއް،" އެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox