ފުށިދިއްގަރުފަޅު ހިއްކަން ހެދި އެގްރީމެންޓު ބާތިލުކުރަން ޔާމީން ގޮވާލައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން : ފުށިދިއްގަރު ހިއްކަން ހެދި އެގްރީމެންޓު ބާތިލުކުރަން ޔާމީން ގޮވާލައްވައިފި - ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން : ފުށިދިއްގަރު ހިއްކަން ހެދި އެގްރީމެންޓު ބާތިލުކުރަން ޔާމީން ގޮވާލައްވައިފި - ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު، ރަސްމާލޭގެ ގޮތުގައި ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ ބިން ހިއްކުމަށް ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

ރިޝްވަތާއި މަނީލޯންޑަރިންގެ ޖަލު ހުކުމަކުން ރޭ މިނިވަންވެވަޑައިގެން އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ފުވައްމުލަކަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ކުރާ ރަނގަޅު ކަންކަމަށް ހުރަސް ނޭޅިޔަސް ރަސްމާލެ ފަދަ މަޝްރޫއުތައް ހުއްޓާލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު އާއެކޭ ނުބުނާނަމޭ، މިހާރު ރަސްމާލެ ހިއްކަން އެ ކުރާ މަސައްކަތަށް އަޅުގަނޑުމެން ނުބުނާނަމޭ އާއެކޭ، އަޅުގަނޑުމެން އަޅުވެތިވާ ގޮތަށް އަޅުގަނޑުމެންގެ ބިންތައް ނުއަގުގަ ވިއްކާލާ ވިއްކާލުމަށް މިއަދުވެސް މި ބުނަނީ ނޫނެކޭ، އެ އެގްރީމެންޓު ބާތިލް ކުރާށޭ," ޔާމީނު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ އާ ޕާޓީ ޕީއެންއެފުން މަސައްކަތް ކުރާނީ ރައްޔިތުންނަށް ފައިދާ ވާގޮތަށް، މި ސަރުކާރުގެ އިސްވެރިންނާ ގުޅޭގޮތުން ފެންމަތިވާ މައްސަލަތަކުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފައްޓަވަމުން ޑިސެމްބަރު 18، 2023 ގައި ރައީސް މުއިއްޒު ވިދާޅުވީ ހިއްކުމުގެ މަސައްކަތް އަށް މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

"މިއަދު މި ފެށޭ ގޮތަށް ގޮސް، މެދުނުކެނޑި ގޮސް، ގާތްގަނޑަކަށް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލާއިރުގައި އޮންނާނީ ހިކިފައި، 1153 ހެކްޓަރުގެ ބިމަކީ، ބޮޑުމިނަށް ބަލާނަމަ، ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލީމާ ވާވަރުގެ ގާތްގަނޑަކަށް ތިންގުނަ،" ފުށިދިއްގަރު ފަޅުކައިރި އަޅާފައި އޮތް ބާޖެއްގައި ހުންނަވާ ރައީސް މަސައްކަތް ފަށްޓަވަމުން ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވި ނަމަވެސް މަޝްރޫއު މިހާރު އޮތީ ހުއްޓިފަ އެވެ. މަސައްކަތް ފެށި ފުރަތަމަ ހަފުތާގައި ހިއްކި 10 ހެކްޓަރު ފިޔަވާ އިތުރު އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. މަސައްކަތް ހުއްޓިފައިވާކަމަށް ރައީސް މުއިއްޒުވެސް ވަނީ މާޗު 30، ގައި އެއްބަސްވެވަޑައިގެންފަ އެވެ.

މި މަޝްރޫއަށް ފައިނޭންސް ކުރަނީ އަގުގެ ގޮތުގައި ނަގުދު ފައިސާ ދިނުމުގެ ބަދަލުގައި، އަގު އަދާކުރަނީ އެ ބިން ހިއްކަން ސީއެމްސީސީ އަށް 70 ހެކްޓަރުގެ ބިން ދޫކޮށްލައިގެންނެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިމެވެ.

ފުށިދިއްގަރުފަޅު ހިއްކުމަށް ސީއެމްސީސީއިން ހުށަހެޅި ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ ގޮތުން ސީއެމްސީން 1,000 ހެކްޓަރު ހިއްކައި ހިއްކާ ސަރަހައްދު ހިމާޔަތް ކުރާނެ އެވެ. ކޮންމެ ހެކްޓަރެއް ހިއްކަން 18.5 މިލިއަން ރުފިޔާ (1.2 މިލިއަން ޑޮލަރު) ހޭދަވާނެ ކަމަށް ސީއެމްސީން ބުނެފައިވެ އެވެ.

"އަދަދު" އިން ފުށިދިއްގަރުފަޅަށް ގޮސް ހޯދި މައުލޫމާތުން އެނގޭ ގޮތުގައި ރަސްމާލެ މަޝްރޫއުގެ ދަށުން ފުރަތަމަ ހިއްކާ ސައިޓު ޖޭގެ 29 ހެކްޓަރުގެ ތެރެއިން މަޝްރޫއުގެ މަސައްކަތް ފެށި ފުރަތަމަ ހަފުތާގައި ހިއްކި 10 ވަރަކަށް ހެކްޓަރުގެ އިތުރުން މިހާތަނަށް އިތުރު އެއްވެސް ސަރަހައްދެއް ހިއްކާފައެއް ނުވެ އެވެ.

އެތަނުގައި ހިއްކުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާއިރު ހިއްކާފައިވާ ފިނޮޅުގައި ތިބީ އެންމެ ދެ މުވައްޒަފުންނެވެ. އެއްވެސް އިތުރު މެޝިނަރީއެއް އަދި ޑްރެޖަރެއްވެސް ނެތެވެ.

ކަނޑުގެ އުޅަނދުތައް ޓްރެކް ކުރާ ވެބްސައިޓުތަކުން ޔަގީން ކުރެވޭ ގޮތުގައި އެ ސަރަހައްދުގައި ޑްރެޖަރެއް ހަރަކާތްތެރިވަމުން ނުދެ އެވެ. އީއައިއޭގައި ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުގައި ވެސް ޑްރެޖަރެއް ހަރަކާތްތެރިވަމުން ނުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox