ރައީސް މުއިއްޒުއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާ ގުޅޭ އިންޓެލިޖެންސް ރިޕޯޓުތަކެއް ލީކުކޮށްލައިފި

ރައީސް ޑރ. މުއިއްޒު ކެބިނެޓް ބައްދަލުވުމަކަށް ވަޑައިގަންނަވަނީ. އެމަނިކުފާނުގެ އެކައުންޓަށް ބޭރު ގައުމުތަކުގެ ކުންފުނިތަކުން ވެސް ފައިސާ ވަދެފައިވާކަމަށް ލީކުކުރި ރިޕޯޓުތަކުން ދައްކާ --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުއިއްޒު ކެބިނެޓް ބައްދަލުވުމަކަށް ވަޑައިގަންނަވަނީ. އެމަނިކުފާނުގެ އެކައުންޓަށް ބޭރު ގައުމުތަކުގެ ކުންފުނިތަކުން ވެސް ފައިސާ ވަދެފައިވާކަމަށް ލީކުކުރި ރިޕޯޓުތަކުން ދައްކާ --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅޭ އިންޓެލިޖެންސް ރިޕޯޓުތަކެއް މިރޭ ލީކުކޮށްލައިފި އެވެ.

މި ރިޕޯޓުތައް ލީކުކޮށްލީ ޓްވިޓާގައި ކާކުކަން ނޭނގޭ ގޮތަށް ސަރުކާރަށް ފާޑުކިޔައި އެކި މައުލޫމާތުތައް ހާމަކުރަމުންދާ "ހަސަން ކުރުސީ"ގެ އެކައުންޓުންނެވެ. އެ އެކައުންޓުން ވަނީ ރައީސްގެ އެކައުންޓަށް ޖަމާވި ފައިސާތަކާ ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް (އެފްއައިޔޫ) އަދި ފުލުހުންގެ އިންޓެލިޖެންސުން އެކުލަވާލާފައިވާ ދެ ރިޕޯޓެއް ލީކުކޮށްލާފަ އެވެ.

މި ރިޕޯޓުތަކާ ގުޅިގެން "އަދަދު" އިން އެއްކުރި މައުލޫމާތުތަކުން ވަނީ މިއީ ސައްހަ ރިޕޯޓުތަކެއްކަން ކަށަވަރު ކުރެވިފަ އެވެ. މިއީ މިފަހުން އެފްއައިޔޫގެ އިންޓެލިޖެންސް ރިޕޯޓެއް ލީކުވި ފުރަތަމަ ފަހަރެވެ. މިއީ 2018 ގައި ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

މިހާތަނަށް މި ރިޕޯޓުތަކާއި އަދި ރިޕޯޓުތައް ލީކުވި ސަބަބު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެއްވެސް އިދާރާއަކުން މައުލޫމާތު ލިބިފައި ނުވެ އެވެ.

ލީކުކޮށްފައިވާ އެފްއަައިޔޫގެ ރިޕޯޓުގެ ތިރީގައި ރައީސް މުއިއްޒުއާ ގުޅުވައި ރެޑް ފްލެގް އިންޑިކޭޓާސްގެ ގޮތުގައި ސީރިއަސް 10 ނުކުތާއެއް ބަޔާންކޮށްފައިވެ އެވެ.

ރައީސްއާ ގުޅުވައި ރިޕޯޓުގައި އޮތް ރެޑް ފްލެގް އިންޑިކޭޓާސް

  1. ޕޮލިޓިކަލީ އެކްސްޕޯޒްޑް ޕާސަން (ޕީއީޕީ) ނުވަތަ ސިޔާސީ ފަރާތްތަކާއި އަދި އެ ފަރާތްތަކުން ކޮންޓްރޯލް ކުރާ ކުންފުނިތަކާ ގިނަ މުއާމަލާތްތަކެއް ކުރުން
  2. އެމްބެޒެލްމެންޓް ނުވަތަ ހިޔާނާތްތެރިވުން
  3. ފޮރުވުމަށްޓަކައި ލޭޔަރުކޮށް ސްޓްރަކްޗާ ކޮށްފައިވާ ޓްރާންސެކްޝަން ޕެޓާން
  4. ފަންޑުތަކުގެ އަސްލު ފޮރުވުމަށް ރަސްމީ ނިޒާމުތައް ބޭނުންކުރުން
  5. ބޭންކަށް ސައްހަ ތެދު މައުލޫމާތު ނުދިނުން
  6. ވަރަށް ގިނައިން އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި ނަގުދު ފައިސާ ޖަމާކޮށް ނެގުން
  7. ސަރުކާރުގެ ޕްރޮޖެކްޓުތައް ހިންގަން ދިން ކުންފުނިތަކުން ފައިސާ ލިބިފައިވުން
  8. ގިނަ އަދަދެއްގެ ނަގުދު ފައިސާ ގެންގުޅުން
  9. ދިމްޔާތު ޕްރައިވެޓް ލިމިޓެޑްގެ ފައިދާ ލިބުން
  10. ނުހައްގު މުއްސަދިކަން

ރައީސް މުއިއްޒުގެ އެކައުންޓަށް ފެބްރުއަރީ 01, 2017 އިން ފެށިގެން އޮކްޓޯބަރު 15, 2018 ގެ ނިޔަލަށް ޖަމާވެފައިވާ ފައިސާއާ ގުޅޭ ރިޕޯޓެއް ސެޕްޓެމްބަރު 2, 2023 ގައި "އަދަދު" ނޫހުގައި ޝާއިއު ކޮށްފައިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox