ފުލުހުންނާއި ސިފައިން އަމަލުކުރާނީ މަތިން އަންނަ އޯޑަރަށްކަން ޔަގީން: ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޯޓޯ: އެމްޑީޕީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޯޓޯ: އެމްޑީޕީ

ފުލުހުންނާއި ސިފައިން އަމަލުކުރާނީ މަތިން އަންނަ އޯޑަރަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ފުވައްމުލަކަށް ވަޑައިގެން ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ ރޭގަ ހިނގައިދިޔަ ކަންތައް ފުލުހުންގެ އިސްވެރިންނާއި، މިނިސްޓަރާއި، ރައީސްއަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުން ކަންބޮޑުވާ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ރައީސްކަން ކުރެއްވި މީހެއްގެ ހައިސިއްޔަތުން ފުލުހުންނާއި ސިފައިން އަމަލުކުރާނީ މަތިން އޯޑަރަށްކަން ޔަގީންވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

Advertisement

"ރޭގެ މާލެއިން ފެނިގެން އެ ދިޔައީ 2024 ވަނަ އަހަރު ފެންނަން ޖެހޭ މަންޒަރެއް ނޫން. ކަންބޮޑުވާން ޖެހޭ ކަމެއް އެއީ. އަނެއްކާ އެއާ ގުޅިގެން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅާ ގުޅިގެން މާ ބޮޑަށް ކަންބޮޑުވޭ،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ ނޭނގޭ ކަމަށް ވިދާޅުވެ ރާއްޖޭގެ ޑިމޮކްރަސީއަށް ހުރަސް އެޅުމުން އެނގިގެންދަނީ ވަރަށް ކައިރިން ފާރަލާން ޖޭހޭކަން ކަމަށެވެ.

އޭގެއިތުރުން ރޭގެ މަންޒަރަކީ ޑިމޮކްރަސީގައި ރާއްޖެ މިހާރު އާދެވިފައިވާ ހިސާބުން އެއްގޮތަކަށް ވެސް ފެނިގެންވާނެ މަންޒަރެއް ނޫން ކަމަށާއި، އެކަން ކުށްވެރިކުރާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ރޭގެ މާލެއިން ފެނިގެން އެ ދިޔައީ 2024 ވަނަ އަހަރު ފެނިގެންދާންޖެހޭނެ މަންޒަރެއް ނޫން. އަޅުގަނޑު މި ދެންނެވީ ރާއްޖޭގެ ޑިމޮކްރަސީއަށް މި ކުރި ދަތުރުގައި މިހާރު އާދެވިފައި މި އޮތީ މި ހިސާބުގައި އެއްގޮތަކަށް ވެސް ފެނިގެންވާނެ މަންޒަރެއް ނޫން،" ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުން ތިބީ ޑިމޮކްރަސީ ގަބޫލުކޮށްގެންކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ މިއަދު ޕާޓީ ފިކުރާއި، ހިޔާލުތަފާތުވުން ތަކާއި، ޕާޓީ ނިޒާމު ނުހުއްޓުވޭނެ ކަމަށާއި، ސަރުކާރަށް ކުރިއަށް ދެވޭނީ އެކަމަށް ޖާގަދީގެން އެކަން ގަބޫލުކޮށްގެން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox