ރައީސް އަމުރު ކުރެއްވި ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ބުނެފި

ރައީސް އަމުރު ކުރެއްވި ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ބުނެފި

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ހުރަސްއެޅުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އަމުރު ކުރެއްވި ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ ގާނޫނާއި އަމަލު ކުރަމުންދާ އުސޫލުތަކުގެ ރޫހަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރު ބައްލަވަމުންދާ ކަމެއްގައި ފުލުހުން ބަސްބުނުމަކީ ރަނގަޅުކަމެއް ކަމުގައި ނުދެކޭ ކަމަށެވެ.

އެގޮތުން އެ އަމުރަށް އެއްބާރުލުން ދިނުން ފިޔަވާ އެއްވެސް ކޮމެންޓެއް ފުލުހުންގެ ފަރާތުން މިވަގުތު ދެވެން ނެތް ކަމަށް ޝިފާން ވިދާޅުވި އެވެ.

Advertisement

ރައީސް މުއިއްޒު ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ރޭ ހުރަސްއެޅީ އެމަނިކުފާނުގެ އެންގެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށާއި، މިއަދު އިރުއޮއްސުމުގެ ކުރިން އެކަމާ ގުޅޭ ތަހުގީގެއް ހިންގައި ރިޕޯޓެއް އެމަނިކުފާނަށް އެރުވުމަށް އަންގަވާފައިވާނެ ކަމަށެވެ.

ޕީއެންއެފް ޖަލްސާއަށް ފުލުހުން ހުރަސް އެޅީ ޖަލްސާ ހުއްޓުވައި ގިޔާސުއްދީން ސްކޫލް ހިމާޔަތް ކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައި އޮތުމުން ކަަމަށް ފުލުހުން ބުނެ އެވެ.

އެގޮތުން ފުލުހުންގެ ޓީމެއް އެ ސްކޫލަށް ގޮސް އެ ހަރަކާތް ސްކޫލުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އެންގުމުން ވެސް، ފުލުހުންގެ އެންގުމާ ހިލާފަށް ހަރަކާތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމުން އެކަން ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް ރައީސް ވިދާޅުވީ، ސިޔާސީ ކަމެއްގައި އެސްއޯ ފުލުހުން ނުފޮނުވަން، ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއަށް އެތައް ފަހަރަކު އަންގާފައިވާނެ ކަމަށެވެ.

ގާނޫނާ އެއްގޮތަށް، އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކަށް ފުލުހުންގެ ފަރާތުން އަބަދުވެސް އެއްބާރުލުން ލިބޭނެ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox