ޕީއެންއެފްގެ ކުލަތަކަކީ ގުރާފެއްސާއި ކަނޑުނޫ، ލޯގޯގައި ތަރިއަކާއި ހުޅެވިހަނދެއް

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ކުރިއަށް ދަނީ -- ފޮޓޯ: މިރާން/ އަދަދު

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ކުރިއަށް ދަނީ -- ފޮޓޯ: މިރާން/ އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމާއި, ކުލަތަކާއި, ލޯގޯ, އަސާސީ ގަވައިދު އަދި މެނިފެސްޓޯ ފާސްކޮށްފި އެވެ.

ރާޅުގަނޑު ސަރަހައްދުގައި މިރޭ ކުރިއަށްދާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވާ, ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވި ގޮތުގައި ޖަލްސާ ކުރިއަށް ގެންދަވަނީ 329 މެންބަރުންނާއެކު އެވެ.

އެޕާޓީގެ ފުރިހަމަ ނަން 'ޕީޕަލްސް ނެޝަނަލް ފްރަންޓް'ގެ އިތުރުން ރަމްޒީ ނަމެއްގެ ގޮތުގައި އާއްމުކޮށް ކިޔާ ނަމެއްގެ ގޮތުގައި 'ޕީއެންއެފް' ވެސް ފާސްކުރި އެވެ. އެ ދެ ނަން ވެސް ފާސްކުރީ ވޯޓްލީ މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީއެންއެފްގެ ކުލަތަކުގެ ގޮތުގައި އެޕާޓީން މިރޭ ދެ ކުލައެއް ފާސްކުރި އެވެ. އެއީ މަޑު ފެހި ކުލައާއި ނޫ ކުލަ އެވެ. އެ ދެކުލަ ހިމެނޭ ލޯގޯގައި އޮތީ ތަރިއަކާއި ހުޅެވިހަނދެކެވެ.

ޕީއެންގެ ލޯގޯއާއި ކުލަތައް

ޕީއެންއެފްގެ އެޑްރެސްގެ ގޮތުގައި ފާސްކުރީ ހ. ހުރަފާ އެވެ. އެއީ ކުރިން ޕީޕީއެމްގެ އޮފީސް ހިންގި އިމާރާތެވެ.

ޕީއެންއެފްގެ މައިގަނދު މެނިފެސްޓޯ އަދި އަސާސީ ގަވައިދުވެސް ފާސްކުރީ ޖަލްސާގެ ހުރިހާ ބައިވެރިންގެ އިއްތިފާގުންނެވެ.

މިރޭ 10:00 އަށް ތާވަލުކުރި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފެށޭ ގޮތްވީ, އެ ޖަލްސަ ބާއްވަން އޮތް މާލަމް ބަދަލުކޮށް, ރާޅުގަނޑު ސަރަހައްދަށް ހުރިހާ މެންބަރުން ގެންދިއުމަށްފަހު މިރޭ 00:20 ގަ އެވެ. އެހެންކަމުން ޕީއެންއެފް އުފައްދާ ޖަލްސާ ކުރިއަށް ގެންދިޔައީ ކުރުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox