ޕީއެންސީގައި އޮތީ ޒާތީ މަސްލަހަތު، ސިޔާސަތެއް ނެތް: ވަހީދު

ޑިމޮކްރެޓްސްގެ ކެމްޕެއިން ތަރުޖަމާނު މުހައްމަދު ވަހީދު، "އަދަދު ޑިބޭޓްސް" ޝޯގައި ވާހަކަ ދައްކަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު

ޑިމޮކްރެޓްސްގެ ކެމްޕެއިން ތަރުޖަމާނު މުހައްމަދު ވަހީދު، "އަދަދު ޑިބޭޓްސް" ޝޯގައި ވާހަކަ ދައްކަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު

ސަރުކާރު ހިންގާ ޕީއެންސީގައި ޑިމޮކްރެޓިކް އަސާސްތަކާއި ރައްޔިތުންނަށް ދައުލަތަކުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އެކަށައަޅާނެ ސިޔާސަތުތަކެއް ފެންނަން ނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓްސްގެ ކެމްޕެއިން ތަރުޖަމާނު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ގައުމުގެ ބޮޑެތި މައްސަލަތަކަށް ވާހަކަ ދެއްކުމުގެ މަގުސަދުގައި "އަދަދު" ނޫހުން ފެށި "އަދަދު ޑިބޭޓްސް" ޝޯގެ ފުރަތަމަ އެޕިސޯޑުގައި ވަހީދު ވަނީ ސަރުކާރު ހިންގާ ޕީއެެންސީގެ ތެރެއިން ފެންނަ ބައެއް ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ސަރުކާރުގެ ހިދުމަތް ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ދިނުމުން ކަމަށް ދެކެވޭ ވާހަކައިގެ މައުޟޫއުގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ އެއީ ގާނޫނު އަސާސީއާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާން ކުރާ ހައްގުތަކާއި ހިދުމަތްތަކަކީ އެއްވެސް ތަފާތު ކުރުމެއް ނެތި، ސަރުކާރަކުން ފޯރުކޮށްދޭން ޖެހޭ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލިސް ލިބިގެންނޭ ވެރިކަން ކުރެވޭނީ، އެއަށް ވުރެ ގާނޫނު އަސާސީއާ ހިލާފު ވާހަކައެއް ނޯންނާނެ، ޑިމޮކްރެސީއާ ވަރަށް ބީރައްޓެހި ވާހަކައެއް އެއީ،" ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ މުހިންމު ހިދުމަތަކާއި ނުވަތަ ރައްޔިތުންނަށް ފައިދާވާ ކަމެއްގައި، ހުޅުވާލެވިފައިވާ މަޝްވަރާއެއްގައި، މަޖިލީހުގެ އެއްވެސް މެންބަރަކަށް ދެކޮޅު ހަދަން ނުކެރޭނެ ކަމަށެވެ. އެކަމަކު ސަރުކާރުން ފެންނަނީ ޒާތީ މަސްލަހަތެއްގައި މަސައްކަތް ކުރާ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ، މަޖިލިސް އިންތިހާބާ ދިމާކޮށް ވެރިކަންކުރާ ޕީއެންސީން ބޭއްވި ޕެނަލް ޑިސްކަޝަނެވެ. ޕީއެންސީ އަދި ސަރުކާރުގެ ވެސް އިސް މަގާމުތައް ފުރުއްވާ ބޭފުޅުންގެ އެ ބައްދަލުވުމުގައި އެއްވެސް ސިޔާސަތެއްގެ ވާހަކަ ނެތް ކަން ފާހަގަ ކުރެއްވި އެވެ.

"ޕެނަލް ޑިސްކަޝަން މި ކިޔަނީ ރައްޔިތުންގެ ތެރޭގައި އޮތް ބޮޑު ކަންބޮޑުވުމަކަށް، މުޖުތަމައުގައި އޮތް މައްސަލައަކަށް، މައުޟޫއެއް ކަނޑައަޅައިގެން، ރައްޔިތުން ވެސް އޭގައި ބައިވެރިކޮށްގެން، އެހެންވެ ވަރަށް ޝައުގުވެރިވެގެން މި ބަލައިލީ، މި ދައްކަނީ ރައީސް ޔާމީނުގެ ވާހަކަ، މެޑަމް ފާތުމަގެ ވާހަކަ،" ވަހީދު ވިދާޅުވި އެވެ.

މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުން ހުށަހަޅާނެ ގާނޫނުތަކާއި އިސްލާހުތަކުގެ އެއްވެސް ހުށަހެޅުމެއް ސަރުކާރުގައި ނެތް ކަމަށެވެ. 200 ބިލެއްގެ ވާހަކަ ދެއްކި ނަމަވެސް އޭގެ އެއްވެސް ތަފުސީލެއް، ކުޑަމިނުން އޭގެ ނަން ވެސް ނޭނގޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑިމޮކްރެޓިކް ޕާޓީއެއް ގޮތުގައި ޕީއެންސީ ނުހިނގާ ކަމުގެ ދެވަނަ މިސާލަކަށް އޭނާ ދެއްކެވީ މަޖިލިސް އިންތިހާބަށް ޕީއެންސީގެ ކެންޑިޑޭޓުން ކަނޑައަޅަން ޕްރައިމަރީއެއް ބޭއްވި ނަމަވެސް ޕްރައިމަރީން މޮޅުވި ކެންޑިޑޭޓުގެ ބަދަލުގައި ބަލިވި ކެންޑިޑޭޓަކަށް ނޫނީ ރައީސްގެ ގާތް މީހަކަށް ތާއީދު ކުރާ ކުރުމެވެ.

"ޑިމޮކްރެޓިކް އެއްވެސް ކަމެއް ގަބޫލު ކުރުމެއް ނެތް، ގައުމުގައި މި ހުރި މައްސަލަތައް ހައްލު ކުރަން ބޭނުން ވަންޏާ، އަޅުގަނޑަކަށް ނުފެނޭ، ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭކަށް،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox