އީދު ސަލާން ކުރަން ދައުލަތުގެ މުވައްޒަފުންނާއި ވީހައިވެސް ގިނަ ކުޑަކުދިންނާއި ޒުވާނުން މުލީއާގެއަށް ދިޔުމަށް އެދިއްޖެ

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މިހާރުގެ ރައީސް މުއިއްޒުގެ ދެކަނބަލުން އެމަނިކުފާނާ 2016 އީދު ސަލާމް ކުރައްވަނީ. ރަސްމީ ގޮތުން އީދު ސަލާމް ކުރުމުގެ ހަރަކާތެއް މިދިޔަ އަހަރު ނުބާއްވާ --- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މިހާރުގެ ރައީސް މުއިއްޒުގެ ދެކަނބަލުން އެމަނިކުފާނާ 2016 އީދު ސަލާމް ކުރައްވަނީ. ރަސްމީ ގޮތުން އީދު ސަލާމް ކުރުމުގެ ހަރަކާތެއް މިދިޔަ އަހަރު ނުބާއްވާ --- ފޮޓޯ: ރައީސް އޮފީސް

ފިތުރު އީދު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެ ކަނބަލުންނާ އީދު ސަލާން ކުރެއްވުމަށް ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ރާއްޖޭގެ އެކި ކުންފުނިތަކަށާއި ރައްޔިތުންނަށް ދައުވަތު ދެއްވައި އީދު ސަލާމް ކުރުމަށް ވީހައިވެސް ގިނަ ކުޑަކުދިންނާޢި ޒުވާނުން އީދު ސަލާމުގައި ބައިވެރިވުމަށް ރައީސްގެ ދެކަނބަލުން އެދިވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ އީދު ސަލާމް ކުރުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށް މުލީއާގޭގައި ކަމަށެވެ. ރައީސްގެ ދެ ކަނބަލުންނާ އީދު ސަލާން ކުރަން ބޭނުންވާ މީހުން މުލީއާގެއަށް ވަނުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް (ހުކުރު މިސްކިތް ފަޅިއަށް) ހުންނަ ބޮޑު ދޮރާށިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްއާ އީދު ސަލާމް ކުރުމަކީ ކުރީގެ ރައީސް މައުމޫން ތައާރަފު ކުރެއްވި ސަގާފަތެކެވެ. އީދު ސަލާމް ކުރުމަށް އޭރު އެތައް ބަޔަކު އަވީގައި ސަފު ހަދައިގެން ރައީސްއާ އީދު ސަލާން ކުރަން ގޮސް ހެދި އެވެ.

އޭގެފަހުން ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސްއާ އީދު ސަލާން ކުރުމަކީ އެއީ ރަސްމީ ކަމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނަ އެވެ. ނަމަވެސް އެ ވެރިކަން ބަދަލުކޮށް ދެން އުފެދުނު ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އަލުން އީދު ސަލާން ކުރުމުގެ ސަގާފަތް ދިރުވި އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އީދު ސަލާމް ކުރުމަށް އާންމުން ދާން ޖެހެނީ ސަލްޓަން ޕާކަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި އެމަނިކުފާނު އީދު ސަލާމް ކުރެއްވީ އިސްލާމީ މަރުކަޒުގައި އީދު ނަމާދަށް ފަހު އެވެ. އެފަދަ ހަރަކާތެއް ބޭއްވުމަށް 2019 ގައި އިއުލާނު ކުރި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ބާއްވާފައި ނުވެ އެވެ. ކޮވިޑާއެކު ގިނަ މީހުން ތަންތަނަށް އެއްވެ ހަރަކާތްތައް ނުބާއްވާތީ އީދު ސަލާން ކުރުމުގެ ހަރަކާތެއް ކުރިއަށްނުގެންދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox