އަލީ ވަހީދަށް ފާޑުކިޔުމަށްފަހު ހައްސާނާ ޖެހުމުން ހީނާ ވިދާޅުވީ ސާބިތުކޮށްދެވޭނަމަ ފިޔަވަޅު އަޅާނެ ކަމަށް

ރައީސްގެ އިވެންޓެއްގެ ތެރެއިން އަރިހުގައި ހައްސާން: އަލީ ވަހީދަށް ފާޑުކިޔުމަށް ފަހު ހައްސާނުއާ ޖެހުމުން ހީނާ ވިދާޅުވީ ސާބިތުކޮށްދެވޭނަމަ ފިޔަވަޅު އަޅާނެ ކަމަށް - ފޮޓޯ: ސޯޝަލް މީީޑިއާ

ރައީސްގެ އިވެންޓެއްގެ ތެރެއިން އަރިހުގައި ހައްސާން: އަލީ ވަހީދަށް ފާޑުކިޔުމަށް ފަހު ހައްސާނުއާ ޖެހުމުން ހީނާ ވިދާޅުވީ ސާބިތުކޮށްދެވޭނަމަ ފިޔަވަޅު އަޅާނެ ކަމަށް - ފޮޓޯ: ސޯޝަލް މީީޑިއާ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރެވޭ ޖިންސީ ފުރައްސާރަ އާއި ރޭޕުގެ ތުހުމަތުތަކަށް ފާޑުވިދާޅުވުމަށް ފަހު، އެ މައްސަލާގައި ހިމެނޭ މި ސަރުކާރުގެ މަގާމެއްގައި ހުރި މުހައްމަދު ހުއްސާން އާ ޖެހުމުން އޭނާއަށް ފިޔަވަޅު އަޅާނީ ތުހުމަތުތައް ސާބިތުކޮށްދެވޭ ނަމަ ކަމަށް ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދުގެ މައްޗަށް ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވުނީ 2021 ގަ އެވެ. އޭރު ރައީސް އިބްރާހިމް ސޯލިހުގެ އަރިހަށް އެ މުވައްޒަފުންގެ ގޮސް ތުހުމަތުތައް ކިޔައިދިނުމުން އަލީ ވަހީދު އިސްތިއުފާ ދިނުމަށް ސޯލިހު އެންގެވި އެވެ.

އޭނާގެ މައްސަލަ ފުލުހުން ތަހުގީގުކޮށް ޕީޖީއަށް ފޮނުވާ ކޯޓުގައި މައްސަލަ ބަލަން މަސައްކަތް ކުރި ނަމަވެސް، ކޯޓުން ބޭސްފަރުވާއަށް ހުއްދަ ދިނުމުން، އަލީ ވަހީދު އިނގިރޭސިވިލާތަށް ގޮސް، ހެކިބަސްތަކާއި ދައުވާ އަނބުރޭ ގެންދަންދެން ހުރީ އެ ގައުމުގަ އެވެ.

އަލީ ވަހީދު އެނބުރި އައީ މިދިޔަ އަހަރެވެ. އެފަހުން ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު މިހާރު ހުންނެވީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލައިގެންނެވެ.

މި މައްސަލަ މި ފަހުން އަނެއްކާވެސް ފެންމަތިވީ، އޭރު އަނިޔާ ލިބުނު މީހުން ފުލުހުންނަށް ދިން ބަޔާންތައް ލީކުވި ހިސާބުންނެވެ. އެ ބަޔާންތަކުގައި އަލީ ވަހީދަށް ރޭޕުގެ ތުހުމަތާއި ފުރައްސާރައިގެ އިތުރު ތުހުމަތުތަކެއް ކުރެވޭއިރު، އެ ކަންކަން ކުރުމަށް އަލީ ވަހީދަށް މަގުފަހިކޮށްދިނުމާއި މަސްތުވާތަކެތި ދޭން އުޅުނުކަމުގެ ތުހުމަތު ހައްސާނަށް ކުރެވެ އެވެ.

އޭރު ހައްސާން ހުރީ ޓޫރިޒަމް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގަ އެވެ. މިހާރު އޭނާ ހުރީ ރައީސް އޮފީހުގެ އެސިސްޓެންޓު އަންޑަ ސެކްރެޓަރީގެ މަގާމުގަ އެވެ. އިވެންޓުތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިހުގައި އޭނާ ހަރަކާތްތެރިވެ އެވެ. މި ސަރުކާރުން ވަނީ ހައްސާނަށް އައިލެންޑު އޭވިއޭޝަންގެ ބޯޑު މެންބަރަކަށް ވެސް އައްޔަންކޮށްފަ އެވެ.

މިކަމާ ގުޅިގެން ޕީއެންސީގެ ތަރުޖަމާނާ މިއަދު ސުވާލުކުރުމުން ވިދާޅުވީ މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅާއިރު ރައީސް މުއިއްޒު އެއްވެސް ވަރަކަށް ތަފާތު ނުކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ތުހުމަތުތައް ސާބިތުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ސްޓޭންޑަކީ އެކަމުގަ އެއްވެސް ކަހަލަ މައްސަލައެއް އަޅުގަނޑުމެންނަށް ސާބިތުކުރެވޭ ފަރާތެއްވާނަމަ، ސަރުކާރުގެ ސްޓޭންޑަކީ އެ ފަރާތްތަކަށް އެ ލިބެންޖެހޭ އަދަބު ލިބޭނެ" ހީނާ ވިދާޅުވި އެވެ.

މީގެ އިތުރުން މި މައްސަލާގައި ނޫސްވެރިން ސުވާލު ކުރަންވީ ޕީޖީ އޮފީހާ ކަމަށާއި ސަބަބަކީ ދައުވާތައް އަނބުރާ ނެގީ ޕީޖީއިން ކަމަށް ވާތީ ކަމަށެވެ. ނަމަވެސް ނޫސްވެރިން ވަނީ ތުހުމަތު ކުރެވޭ ފަރާތްތައް ސަރުކާރުން ސަސްޕެންޑު ނުކޮށް މި ސަރުކާރުން އެ މައްސަލަ ނުބަލަނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުންވެސް ހީނާ ވިދާޅުވީ، ޕީޖީއިން އެ މައްސަލާގައި ދައުވާ ކުރައްވަން ޖެހޭ ކަމަށާއި ނޫސްވެރިން ސުވާލު ކުރަން ޖެހޭނީ ޕީޖީ އަށް ކަމަށެވެ. "ސަރުކާރުން އެކަމާ ވިސްނަވާފަ އަޅުއްވަން ޖެހޭ ފިޔަވަޅެއް އަޅުއްވާނަން" ނޫސްވެރިން އެ ސުވާލު ތަކުރާރު ކުރި ހިސާބުން ހީނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox