ޕާޓީ އަދި ސަރުކާރު ކެންޑިޑޭޓުގެ ފަސާދަ އެއްފަރާތް ކުރުމަށްފަހު, އެކަތިގަނޑަކަށް ވުމަށް ރައީސް ގޮވާލައްވައިފި

މައްޗަންގޮޅީ މެދު ދާއިރާއަށް ވާދަކުރުމަށް ޕީއެންސީގެ ޓިކެޓު ލިބުނު މުހައްމަދު އަބްދުލްގާދިރު (ކޫކު)، މުއިއްޒުގެ ކެންޑިޑޭޓު ޒަމީރަށް ތާއިދު ކުރިކަން އިއުލާނުކުރުމަށް ބޭއްވި ޖަލްސާގައި، ރައީސް މުއިއްޒުގެ ދެކަނބަލުން، އެ ދެ ކެންޑިޑޭޓުންނާއެކު. -- ފޮޓޯ: އިޔާދު/ އަދަދު

މައްޗަންގޮޅީ މެދު ދާއިރާއަށް ވާދަކުރުމަށް ޕީއެންސީގެ ޓިކެޓު ލިބުނު މުހައްމަދު އަބްދުލްގާދިރު (ކޫކު)، މުއިއްޒުގެ ކެންޑިޑޭޓު ޒަމީރަށް ތާއިދު ކުރިކަން އިއުލާނުކުރުމަށް ބޭއްވި ޖަލްސާގައި، ރައީސް މުއިއްޒުގެ ދެކަނބަލުން، އެ ދެ ކެންޑިޑޭޓުންނާއެކު. -- ފޮޓޯ: އިޔާދު/ އަދަދު

ވެރިކަންކުރާ ސިޔާސީ ޕާޓީ، ޕީއެންސީގެ މަޖިލިސް ޕްރައިމަރީއާ ގުޅިގެން ޕާޓީ އެތެރޭގައި އުފެދިފައިވާ ފަސާދަ އެއްފަރާތްކޮށް، ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އަޣުލަބިއްޔަތު ހޯދަން މެންބަރުން އެކަތިގަނޑަކަށް ވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ގއ. ވިލިނގިލީ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓު ޔަޒްމީދު މުހައްމަދު އަށް ތާއިދު ހޯދަން ރޭ މާލޭގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ވޭތުވެދިޔަ ހަތަރު މަސް ދުވަސް ހިޔާލު ތަފާތުވުމުގައި ދިޔަ ނަމަވެސް، އެކަންތައްގަނޑު ދޫކޮށް، އެކުވެރިވާން ޖެހޭ ކަމަށެވެ.

އެކަތިގަނޑަކަށް ނުވެއްޖެ ނަމަ ވިލިނގިލީ ގޮނޑީގެ އިތުރުން އެހެން ބައެއް ދާއިރާތަކުގެ ގޮނޑި ގެއްލިގެން ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެންވެ، ރިޔާސީ އިންތިހާބުގައި ވިލިނގިލީ ދާއިރާއިން އެ މަނިކުފާނަށް ދިން މެޖޯރިޓީ އާއި އެ ދާއިރާއިން ދެއްކި އެކުވެރިކަން މަޖިލީސް އިންތިހާބަށް އިޔާދަކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިރެއިން ފެށިގެން ހުރިހާ ހިޔާލު ތަފާތުވުމެއް ދޫކޮށްލައްވާފައި، ޒާތީ ތައައްސުބު އެއްކައިރި ކުރައްވާފައި، ހުރި ކޮންމެ ހިތްހަމަ ނުޖެހުމެއް ވިޔަސް އެއްކައިރި ކުރައްވާފައި ޕާޓީއަށްޓަކައި، ގައުމަށްޓަކައި އަޅުގަނޑަށް ތި ކުރައްވާ އިތުބާރަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މިއީ ހިޔާލު ތަފާތުވާންވީ ވަގުތެއް ނޫން ކަމަށާއި އޮންނާންވީ ހެޔޮ ކަންކަމުގައި އެކަތި ގަނޑަކަށް ވުމުގެ އާދަ ކަމަށާއި ރަށުގެ ތަރައްގީ ކުރިމަތީގައި އޮތްއިރު، އެކަން ބޭކާރުކޮށްލުމަކީ ހެޔޮ ކަމަކަށް ނުވާނެ ކަމަށެވެ. މިކަމުގައި ގައުމާއި ދާއިރާ އާއި ރަށުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"[އެ މަސްލަހަތު] އިސްކޮށްގެން އެކުވެރިކަމާ އެކީގައި މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް މި އިންތިހާބު ކާމިޔާބު ކުރުމަށް މުހިއްމު ކަމެއް،" ރައީސް ވިދާޅުވި އެވެ.

ޖެނުއަރީ މަހު ބޭއްވި ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި ބައެއް މީހުންގެ ކެންޑިޑެސީ ބާތިލުކުރީ ފިތުނަ އުފެއްދި ކަމަށް ތުހުމަތު ކުރުމަށް ފަހު އެވެ. އަދި ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލުކުރީ ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައިނުވާ ކަމަށް ބުނެ އެވެ.

ކެންޑިޑެސީ ބާތިލުކުރި މައްސަލަ ބޮޑުވުމާ ގުޅިގެން އެ ސިޓީތައް ބާތިލުކޮށް ހުރިހާ ކެންޑިޑޭޓުނަށް ޕްރައިމަރީގައި ވާދަ ކުރެވޭ ގޮތް ޕީއެންސީގެ ލީޑަޝިޕުން ހެދި ނަަމަވެސް، ޕްރައިމަރީ ކާމިޔާބު ކުރި ބައެއް ކެންޑިޑޭޓުންނަށް ރައީސް މުއިއްޒު ތާއިދެއް ނުކުރައްވަ އެވެ.

އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން "ޕާޓީގެ ޓިކެޓުގައި އާންމު އިންތިހާބުތަކަށް ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯދާދިނުމާއި، އެކެނޑިޑޭޓުންނަށް ވޯޓު ދިނުން،" އެއީ ޕާޓީގެ ކޮންމެ މެންބަރަކަށް ވާޖިބު ކަމެކެވެ.

"ޕާޓީގެ މައިގަނޑު މަގުސަދުތަކާ ހިލާފުވާ ފަރާތްތަކާއި، ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކާ، ޕާޓީގެ މެންބަރުންގެ ވާޖިބުތައް އަދާކުރަން އުޒުރުވެރިވާ ފަރާތްތަކާއި، ގާނޫނާ ހިލާފު ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު ސުލޫކީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު ޕާޓީއަށް ލިބިގެން" ވާ ކަމަށް ވެސް އަސާސީ ގަވާއިދުގައި ބުނެފައިވެ އެވެ.

ނަމަވެސް ރައީސް މުއިއްޒު ގެންދަވަނީ ޕީއެންސީގެ ޓިކެޓު ލިބުނު ބައެއް ކެންޑިޑޭޓުން އެއް ފަރާތްކޮށް، ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން ވާދަކުރާ ބައެއް ކެންޑިޑޭޓުންނަށް ތާއިދު ކުރައްވަމުންނެވެ.

ބައެއް ކެންޑިޑޭޓުން އަމިއްލަ މަސްލަހަތު އިސްކުރާ ކަމަށާއި އެހެންވެ އެ މަނިކުފާނު ތާއީދު ކުރައްވާ ކެންޑިޑޭޓުން ހޮވައިދިނުމަށް އެމަނިކުފާނު ވަނީ އަންގަވައިފަ އެވެ.

މާލޭގެ ދާއިރާތަކުގެ ތެރެއިން ގަލޮޅު އުތުރު ދާއިރާގެ ޕީއެންސީގެ ޓިކެޓު ލިބިފައިވާ ކެންޑިޑޭޓަކު ހުއްޓައި، ރައީސް މުއިއްޒު ތާއިދު ކުރައްވަނީ ޕްރައިމަރީގައި އެންމެ 30 ވޯޓު ލިބުނު އާމިނަތު މިޔާދާ (އާނަ) އަށެވެ. މައްޗަންގޮޅި މެދު ދާއިރާއަށް ޕީއެންސީގެ ޓިކެޓު ލިބުނު މުހައްމަދު އަބްދުލްގާދިރު (ކޫކު)ގެ ބަދަލުގައި، ރައީސް މުއިއްޒު ތާއިދު ކުރެއްވީ ޕްރައިމަރީން ބަލިވި އަހުމަދު ޒަމީރަށެވެ. ނަމަވެސް މިހާރު މުހައްމަދު އަބްދުލްގާދިރު ވަނީ ޒަމީރަށް ތާއިދުކުރަން ނިންމައިފަ އެވެ.

އަތޮޅުތަކުގެ ބައެއް ދާއިރާތަކަށް ވާދަކުރަން ޕީއެންސީގެ ޓިކެޓު ލިބިފައިވާ ކެންޑިޑޭޓުން ދޫކޮށް، އެހެން ކެންޑިޑޭޓުންނަށް ވެސް ރައީސް މުއިއްޒު އެބަ ތާއިދު ކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox