"އަމިއްލަ މަސްލަހަތު" އިސްކުރާ ޕާޓީ ކެންޑިޑޭޓުން ދޫކޮށް، ރައީސްގެ ކެންޑިޑޭޓަށް ތާއީދުކުރަން އެދިވަޑައިގެންފި

އަމިއްލަ ގޮތުން މައްޗަންގޯޅި މެދަށް ވާދަކުރައްވާ އަހުމަދު ޒަމީރުގެ ކެމްޕޭނުގައި ރައީސް މުއިއްޒު: ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ލިބިފައިވާ އަށް ކެނޑިޑޭޓަކަށް ތާއީދުނުކުރަން ރައީސް ވަނީ ނިންމަވާފައި -- ފޮޓޯ: އިޔާދު އަބްދުލްވާހިބު

އަމިއްލަ ގޮތުން މައްޗަންގޯޅި މެދަށް ވާދަކުރައްވާ އަހުމަދު ޒަމީރުގެ ކެމްޕޭނުގައި ރައީސް މުއިއްޒު: ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ލިބިފައިވާ އަށް ކެނޑިޑޭޓަކަށް ތާއީދުނުކުރަން ރައީސް ވަނީ ނިންމަވާފައި -- ފޮޓޯ: އިޔާދު އަބްދުލްވާހިބު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީ ޓިކެޓުގައި ކުރިމަތިލައްވާފައި ތިބި ބައެއް ކެންޑިޑޭޓުން އަމިއްލަ މަސްލަހަތު އިސްކުރާ ކަމަށް ތުހުމަތުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު ކުރައްވާ ކެންޑިޑޭޓުން ހޮވައިދިނުމަށް އެމަނިކުފާނު އަންގަވައިފި އެވެ.

ލ. ގަމު ދާއިރާއަށް ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ޔޫސުފް ނަޝީދުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަން ރަވާފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މަޖިލިސް އިންތިހާބު ކަމިޔާބު ކުރުން ވަރަށް މުހިންމު ކަމަށާއި އެކަން ކުރެވޭނީ ޕީއެންސީ/ޕީޕީއެމްގެ ހުރިހާ މެންބަރުން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

"އަމިއްލަ މަސްލަހަތު އެއްފަރާތް ކޮށްފައި އަޅުގަނޑު ތާއީދުކުރާ، އަޅުގަނޑުމެން ތާއީދުކުރާ، ސަރުކާރުން އެދޭ ކެންޑިޑޭޓުން ހޮއްވަވައިދެއްވުމުގައި އަޅުގަނޑުމެންގެ ޕީޕީއެމް/ޕީއެންސީގެ ކިބައިން ވެސް އަޅުގަނޑު އެދެނީ އެގޮތަށް މަސައްކަތް ކޮށްދިނުމަށް، މި ވާހަކަ މި ދަންނަވަނީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނަށް، އަޅުގަނޑުމެންގެ ޕާޓީތަކުގެ މެންބަރުންގެ ކިބައިން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ވަކި މެންބަރަކަށް ތާއީދު ކުރީމާ ވެސް ނުވަތަ ޕްރައިމަރީގެ ނަތީޖާ ނުކުތް ގޮތެއްގެ ސަބަބުން ވެސް ބައެއް ދާއިރާތަކުގައި ޕީއެންސީގެ ދެ ކެންޑިޑޭޓުން ތިބިކަން ފާހަގަކުރައްވައި ރައީސް ވަނީ އެކަން އެގޮތަށް ކުރަމުން ދަނީ އެ ބައެއްގެ އަމިއްލަ މަސްލަހަތު އިސްކޮށްގެން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ގޮތް ދޫނުކޮށް އެގޮތަށް މަސައްކަތް ކުރަމުންދާނަމަ ފައިދާ ވާނީ އިދިކޮޅު ޕާޓީތަކަށް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ވަރަށް ފަސޭހައިން ކާމިޔާބު ކުރެވޭނެ ދާއިރާތަކުގައި މިކަން ފެންނާތީ ހިތާމަކުރަން، އޭގެ ސަބަބުން ފަސޭހަކަމާއެކުގައި އެ ގޮނޑި ގެއްލޭނެ، ގެއްލޭތަން އެބަފެނޭ، މިކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން، ލޮބުވެތި ރައްޔިތުންގެ ކިބައިން، ލޮބުވެތި މެންބަރުންގެ ކިބައިން، ޕީޕީއެމް/ޕީއެންސީގެ، މަދު ދާއިރާތަކެއްގައި ނަމަވެސް، އެހެންނަމަވެސް އެ މަދު ދާއިރާތަކަކީ އަޅުގަނޑުމެންނަށް އެންމެ ވަރުގަދަކޮށް ހުރި ބައެއް ދާއިރާތައް ވީމާ އަޅުގަނޑު މި ދަންނަވަނީ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ވަކި ކެންޑިޑޭޓަކަށް ތާއިދު ކުރުމުން ވެސް ގޮތް ދޫނުކޮށް ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ނުގެންދަނީ އެމީހުންގެ އަމިއްލަ މަސްލަހަތު އިސްކޮށްގެން ކަމަށް ރައީސް ވިދާޅުވިއިރު، ޕްރައިމަރީގައި ވާދަކޮށް ޕީއެންސީގެ ޓިކެޓު ކަށަވަރު ކޮށްފައި ތިބި ކެންޑިޑޭޓުން ތިބި ބައެއް ދާއިރާތަކުގައި ރައީސް ވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާފަ އެވެ.

އެގޮތުން ތިމަރަފުށީ ދާއިރާގައި ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓައި އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން ނަން ހުށަހެޅި އަހުމަދު ރިޔާޒަށް ރައީސް މުއިއްޒު ވަނީ ތާއީދު ކުރައްވައިފަ އެވެ. އަހުމަދު ރިޔާޒުއަކީ އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ރިޔާޒުގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. އޭނާއަކީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރި މީހެއް ވެސް ނޫނެވެ.

އޭގެ އިތުރުން ޕީއެންސީގެ ޕްރައިމަރީން ބަލިވި ބައެއް ކެންޑިޑޭޓުންނަށް ވެސް ރައީސް ވަނީ ތާއިދުކޮށް މަޖިލިސް އިންތިހާބަށް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ނެރެފަ އެވެ. އޭގެތެރޭގައި ގއ. ވިލިނގިލި ދާއިރާގެ މަޖިލިސް ޕްރައިމަރީން ބަލިބި، އާޒިމް އަބްދުލްއަޒީޒާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕްރައިމަރީން ބަލިވި އައިމަން މުހައްމަދާއި ހުރާ ދާއިރާގެ ޕްރައިމަރީން ބަލިވި ކުރީގެ މަޖިލިސް މެންބަރު، އަނާރާ ނައީމް ހިމެނެ އެވެ. މި ހުރިހާ ދާއިރާއެއްގައި ޕީއެންސީގެ ކެންޑިޑޭޓުން ތިއްބެވެ.

ހަމައެހެންމެ މިފަހުން އެމްޑީޕީން ޕީއެންސީއަށް ބަދަލުވި މެންބަރުންގެ ތެރެއިން ވެސް ދެ މެންބަރަކަށް ރައީސް މުއިއްޒު ވަނީ ތާއީދު ކުރައްވައިފަ އެވެ. އެގޮތުން މަތިވެރި ދާއިރާގެ މެންބަރު ޒަރީރާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމުގެ ކެމްޕޭނުގައި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު، އެ ދެ ދާއިރާގައި ވެސް ޕީއެންސީގެ ޓިކެޓު ދީފައި ތިބި ކެންޑިޑޭޓުން އެބަތިއްބެވެ.

ޕްރައިމަރީން ޕާޓީގެ ޓިކެޓު ކާމިޔާބު ކޮށްގެން ތިބި ނަމަވެސް އެ ދާއިރާތަކަށް ވާދަކުރާ އެހެން ކެންޑިޑޭޓަކަށް ސަރުކާރުން ތާއީދު ކުރުމުން ޕީއެންސީގެ ކެންޑިޑޭޓު ފަހަތަށް ޖެހުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

"ބާކީ މިއޮތް 20 ދުވަހަކީ އަދި މާ މަދު ދުވަހެއް ނޫން މިކަން އިސްލާހު ކުރަން، އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތު ފަހަތަށް ޖައްސާލަންޖެހޭ، ގައުމު ކުރިއަށް ނެރެން ޖެހޭ، އެންމެ ފުރަތަމަ ގައުމު އިސްކުރަންޖެހޭ،،"

މިހެން ފަހަތަށް ޖެހެން ކެންޑިޑޭޓުން ދެކޮޅު ހަދައި ގޮތް ދޫނުކުރާ ނަމަ އެ ކެންޑިޑޭޓުން ދޫކޮށްލުމަށްފަހު ރައީސް މުއިއްޒު ތާއީދު ކުރައްވާ ކެންޑިޑޭޓުންގެ ފަހަތަށް އެރުމަށް ޕީއެންސީގެ ސަޕޯޓަރުން ގާތު ރައީސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެންގެ މެންބަރުންގެ ކިބައިން ވެސް އަޅުގަނޑުމެން އެދެން މިކަމުގައި އިސްކޮށް އުޅޭ ބޭފުޅުން ދޫ ނުދީ މިކަމުގައި ކުރިއަށް ދަންޏާ އެ ބޭފުޅުން ދޫކޮށްލައްވާފައި ތިބޭފުޅުން ސަރުކާރާ އެކީގައި އެއް ސަފަކަށް އަރައިގެން ކުރިއަށް ވަޑައިގަންނަވާށޭ،".

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox