ޑޯ ޓު ޑޯގައި ރައީސް ބަހަނީ ރަސްމީ ކަރުދާހުގައި ބަންދުކުރި ހަދިޔާ, ސަރުކާރުން ބުނަނީ ގޯހެއް ނެތް ކަމަށް

ޑޯޓުޑޯގައި ރައީސް ބައްސަވަމުން ގެންދަވާ ހަދިޔާ : މި ހަދިޔާ ރައީސް އޮފީހުގެ ރަސްމީ ކަރުދާހުގައި ބަންދުކޮށްފަ - ފޮޓޯ: ސޯޝަލް މީޑިއާ

ޑޯޓުޑޯގައި ރައީސް ބައްސަވަމުން ގެންދަވާ ހަދިޔާ : މި ހަދިޔާ ރައީސް އޮފީހުގެ ރަސްމީ ކަރުދާހުގައި ބަންދުކޮށްފަ - ފޮޓޯ: ސޯޝަލް މީޑިއާ

އޭޕްރީލް 21، ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނުގައި ވެރިކަންކުރާ ޕީއެންސީއިން ކުރިއަށް ގެންދާ ޑޯ ޓު ޑޯ ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ރަސްމީ ކަރުދާހުގައި ބަންދުކޮށްފައިވާ ހަދިޔާ ބަހަމުންދާކަން އެނގިއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ ތެރޭ މާލޭގެ އެކި ދާއިރާތަކުގައި ކުރިއަށް ގެންދަވާ ޑޯ ޓު ޑޯ އިވެންޓުތަކުގެ ތެރެއިން ރަސްމީ ކަރުދާހުގައި ހަދިޔާ ބަހާ ފޮޓޯތަކެއް ވެސް ވަނީ އާންމުކޮށްފަ އެވެ.

މީގެ ކުރިން ރަސްމީ ހަފުލާތަކުގައި އަދި ރަސްމީ އިވެންޓުތަކުގައި ދޭ ރަސްމީ އިނާމުތައް ބަންދުކުރާ މި ކަރުދާހުގައި ބަންދުކޮށްފައިވަނީ ކޮން އެއްޗެއްކަން ސާފެއްނުވެ އެވެ. ނަމަވެސް މި ހަދިޔާ ބަހާފައިވަނީ އިއްޔެގެ ޑޯޓުޑޯ އިވެންޓުގެ ތެރެއިން ކަމަށް ބުނެ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ކެމްޕެއިނު ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ރައީސުލްޖުމްހުރިއްޔާ ހުންނަވާނީ އެމަނިކުފާނުގެ މަގާމުގައި ކަމަށާއި އެއީ 24 ގަޑިއިރު އަދާކުރައްވާ ވަޒީފާއެއް ކަމަށެވެ.

އެއީ ޕީއެންސީގެ ޑޯ ޓު ޑޯ އިވެންޓެއްގެ ތެރެއިން ހިނގި ކަމެއް ނޫންތޯ އެހުމުން ހަލީލު ވިދާޅުވީ، "އެއީ ދެން ތިބޭފުޅުން ސިފަކުރައްވާ ގޮތް" ކަމަށެވެ.

"ރައީސުލްޖުމްހުރިއްޔާ އޭ އެއީ 24 ގަޑިއިރު، ރައީސުލްޖުމްހުރިއްޔާގެ ހައިސިއްޔަތުން އެންމެ ސިކުންތަކަށްވެސް ނުގެއްލޭ،" ހަލީލު ވިދާޅުވި އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގެ 19 ވަނަ މާއްދާގެ ހ. ގެ 14 ގައި ވަނީ "ވަކި މީހަކަށް ވޯޓު ލުމަށް ނުވަތަ ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން އެއްވެސް މީހަކަށް ފައިސާ ނުވަތަ ހަދިޔާ ދީ ހަދައިގެން ނުވާނެ، އަދި މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަ ހަޅައިގެންވެސް ނުވާނެ" ކަމަށެވެ.

މަޖިލިސް އިންތިހާބާ ގުޅޭ އަށް މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މި މަހުގެ މާޗު، 30 ގައި ވަނީ ބުނެފަ އެވެ.

އިންތިހާބާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކެމްޕެއިނު ކުރުމާއި ކެމްޕެއިނު ކުރުމުގައި ރިޝްވަތު ހުށަހެޅުމުގެ އިތުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކެމްޕޭނު ކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށް އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "އަދަދު" އަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox