އެއާޕޯޓު އަޅަން ނިންމި ވިހަފަރު އޮތީ ރިސޯޓެއްގެ ސީޕްލޭން ޖައްސަން "ހިލޭ" ދީފަ

ވިހަފަރު ފަޅު: މި ރަށް ކުއްޔަށް ދިނީ ރާފުށީގައި ތަރައްގީކުރީ ރިސޯޓުގެ ސީޕްލޭން ޖައްސަން --- އާޓް ވޯކް: ރައްޔާން މުހައްމަދު / އަދަދު

ވިހަފަރު ފަޅު: މި ރަށް ކުއްޔަށް ދިނީ ރާފުށީގައި ތަރައްގީކުރީ ރިސޯޓުގެ ސީޕްލޭން ޖައްސަން --- އާޓް ވޯކް: ރައްޔާން މުހައްމަދު / އަދަދު

މި ސަރުކާރުން އަލަށް އެއާޕޯޓު އަޅަން ނިންމި ރަށްރަށާއި ފަޅުތަކުގެ ތެރޭގައި ހިމެނޭ ނ. ވިހަފަރަކީ ރިސޯޓެއް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގެ ދަށުން ބަޔަކަށް ދީފައި އޮތް ފަޅެއް ކަން ހާމަވެއްޖެ އެވެ.

ވިހަފަރަކީ ދައުލަތުގެ އާންމު މަންފާއެއް ހާސިލުކުރަން ބޭނުންވޭ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ހިންގޭނެ މުހިންމު މަޝްރޫއުތަކުގެ ތެރެއިން އެއާޕޯޓު އަޅަން ރާވާފައިވާ ނުވަ ތަނުގެ ތެރެއިން ފަޅެކެވެ.

ނަމަވެސް "އަދަދު" އިން އިތުރަށް ބެލި ބެލުމުން އެނގުނު ގޮތުގައި އެ ފަޅު އޮތީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ދޫކުރި ނ. ރާފުށީގެ އެއްބަސްވުމުގައި ހިމަނައި، އެ ރަށުގައި ތަރައްގީކުރާ ރިސޯޓުގެ ސީޕްލޭން އޮޕަރޭޝަންތަކުގައި ބޭނުންކުރަން ކަމަށް ބުނެ ދޫކޮށްފަ އެވެ.

Advertisement

ވިހަފަރުގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް ރައީސް ފުރަތަމަ ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި ނ. ވެލިދޫގައި ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.

އެ ދުވަހު ރައީސް ވެސް ވަނީ ވިހަފަރު އޮތީ "ރިސޯޓު ޕްރޮޖެކްޓަކާ ގުޅިގެން ބަޔަކާ ހަވާލުކޮށްފައި" ކަމަށް ވިދާޅުވެފަ އެވެ. އަދި ގާނޫނީ ގޮތުން އެ ފަޅު އަނބުރާ ސަރުކާރަށް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށާއި އެފަދައިން އެކަން ވެއްޖެ ނަމަ އެ ފަޅު "ސަލާމަތް" ކުރައްވާނެ ކަމަށް ވެސް ރައީސް އެ ދުވަހު ވިދާޅުވި އެވެ.

ނަމަވެސް ވިހަފަރުގައި އެއާޕޯޓު އަޅަން ރައީސްގެ ގަރާރަކުން ނިންމެވިއިރު ވެސް މި ރަށް އަނބުރާ ހޯދުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރިކަން އަދި ސާފެއް ނުވެ އެވެ.

ނ. ވިހަފަރު (ކ) އަދި ނ. ރާފުށި (ވ) މެދުގައި ނ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ވެލިދޫ : އެއާޕޯޓު އަޅަން ނިންމާފައިވަނީ ވިހަފަރުގައި - ފޮޓޯ: ގޫގުލް އާތު
ނ. ވިހަފަރު (ކ) އަދި ނ. ރާފުށި (ވ) މެދުގައި ނ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ވެލިދޫ : އެއާޕޯޓު އަޅަން ނިންމާފައިވަނީ ވިހަފަރުގައި - ފޮޓޯ: ގޫގުލް އާތު

ނ. ވިހަފަރު (ކ) އަދި ނ. ރާފުށި (ވ) މެދުގައި ނ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ވެލިދޫ: އެއާޕޯޓު އަޅަން ނިންމާފައިވަނީ ވިހަފަރުގައި - ފޮޓޯ: ގޫގުލް އާތު

ރާފުށި ފުރަތަމަ ކުއްޔަށް ނެގީ ލަންކާގެ އެއިޓްކެން ސްޕެންސް ކުންފުނިން ހިއްސާވާ އޭސް ރިސޯޓްސްއިން ފަސް މިލިއަން ޑޮލަރަށެވެ. އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރި ތަހުގީގު ރިޕޯޓުގައިވާ ގޮތުގައި މި ފަޅު ދޫކޮށްލީ ސަރުކާރަށް އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށެވެ.

ފަހުން އޭސް ރިސޯޓްސްއިން ވަނީ، މި ރަށުގައި ރިސޯޓެއް ތަރައްގީކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށް ބާއްވާފައި، އެ ރަށް ވިއްކާލާފަ އެވެ. މި ރަށާ ގުޅޭ ހުރިހާ ހައްގެއް އޭސްއިން ވިއްކާލީ ސިންގަޕޫރުގެ ހޮޓެލްސް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) އިން ހިއްސާވާ ލެޝާ ސޭންޑްސް ޕްރައިވެޓް ލިމިޓެޑަށެވެ.

ރާއްޖޭގައި މިހާރު ވެސް މަތީ ފަންތީގެ ރިސޯޓުތަކެއްގެ އެޗްޕީއެލްއަކީ ސިންގަޕޫރުގެ ބިލިއަނަރު އޮންގް ބެންގް ސެންގްގެ ކުންފުންޏެކެވެ. އޭނާގެ ކުންފުނިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރޭގައި ފޯ ސީޒަންސް ރިސޯޓުތަކާއި ސިކްސް ސެންސަަސްގެ ރިސޯޓުތައް ހިމެނެ އެވެ.

އޮންގްއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން މަންފާވި ކަމަށް އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް (އޯސީސީއާރުޕީ) ގެ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ މީހެކެވެ. އޯސީސީއާރުޕީގެ ރިޕޯޓަކީ, ހިޔާނާތުގެ ދުވަސްވަރު ޓޫރިޒަމް މިނިސްޓަރަކަށާއި ފަހުން ނައިބު ރައީސްއަކަށް ހުންނެވި އަހްމަދު އަދީބުގެ ފޯނުގައި ހުރި މައުލޫމާތުތައް އެއްކޮށްގެން އެކުލަވާލި ރިޕޯޓެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސްއިން މި ރަށް ވިއްކާލިއިރު ވިހަފަރު އުނިކުރަން ސަރުކާރުން މަސައްކަތް ކުރި އެވެ. ނަމަވެސް އެކަމެއް ނުވެ އެވެ.

ވިހަފަރުގައި އެއާޕޯޓު އަޅާނަމަ، ދިވެހި ސަރުކާރުން ލެޝާ ސޭންޑްސްއަށް ކޮންމެ ވެސް ކަހަލަ ބަދަލެއް ދޭން ޖެހޭނެ އެވެ. އެއީ މިހާރު އޮތް އެއްބަސްވުމުގައި ވިހަފަރު ހިމަނާފައިވާތީ، އެތަނަށް އެެއްވެސް ފައިސާއެއް ނުދީ އޮތް ނަމަވެސް، އެޗްޕީއެލްގެ ހައްގެއް އޮންނާނެތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox