ކުވެއިތު ފަންޑުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރުމާ ގުޅިގެން ހަލީލުގެ މައްސަލަ އެސީސީއަށް!

ހެލްތު މިނިސްޓަރު ހަލީލު -- ފޮޓޯ: މަޖިލިސް އިދާރާ

ހެލްތު މިނިސްޓަރު ހަލީލު -- ފޮޓޯ: މަޖިލިސް އިދާރާ

ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ފައުންޑޭޝަން (އޭކޭ ފައުންޑޭޝަން) އިން ފ. ނިލަންދޫ ސްކޫލުގައި ދެ ބުރީގެ އިމާރާތެއް އެޅުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުއަށް ކުވައިތު ފަންޑުން ދިން ފައިސާ އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

"އަދަދު" ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި މި މައްސަލަ އޭސީސީ އަށް ހުށަހަޅާފައި ވަނީ އަމިއްލަ ފަރާތަކުންނެވެ.

އެ މައްސަލަ ހުށަހެޅި ފަރާތުން ބުނީ އެ މަޝްރޫއު ކުރިއަށް ގެންދަން ލިބުނު ފައިސާ ހަލީލުގެ އަމިއްލަ އެކައުންޓަށް ޖަމާކުރުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ލިބެން އޮތް ތައުލީމީ މަރުކަޒެއްގެ ބޭނުން ނުހިފި އެ ރަށުގެ ރައްޔިތުންނަށް ލިބުނު ބޮޑު ގެއްލުމެއްކަމަށެވެ.

Advertisement

ހަލީލުގެ އޭކޭ ފައުންޑޭޝަނަށް ކުވެއިތުން ދިން ފައިސާއިން އަޅަން އުޅުނު އިމާރާތުގެ މަސައްކަތް ހުއްޓި އަހަރުތަކެއް ވެފައިވާއިރު، އެ ފައިސާއަށް ވީގޮތް އަދަދު ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ. "އަދަދު" ނޫހުން އެއްކުރި މައުލޫމާތުން އެނގޭ ގޮތުން ކުވެއިތުން ދިން 200،000 ޑޮލަރުގެ ތެރެއިން 89،000 އެއްހާ ޑޮލަރު ވަނީ ހަލީލުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފަ އެވެ.

މިކަމާ ގުޅިގެން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ހަލީލުއާ ވަނީ ސުވާލުކޮށްފަ އެވެ. ނަމަވެސް އޭނާ އެ ސުވާލަށް ޖަވާބު ދެއްވަން ވަނީ އިންކާރުކުރައްވައިފަ އެވެ. ހަލީލު ވިދާޅުވީ ހަގީގަތް ހޯދަން ބޭނުން ނަމަ މަޖިލީހުން އިންކުއަރީއެއް ހަދަންވީ ކަމަށެވެ.

"ކުވައިތު ފަންޑުން އަޅުގަނޑުގެ އެކައުންޓަށް ޖަމާވެފަ ހުރިއްޔާ އަޅުގަނޑު އެދެން އިއްޒަތްތެރި މެންބަރު ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހުށަހަޅުއްވައިގެން ރަނގަޅު އިންކުއަރީއެއްވެސް ހައްދަވަން، އޭރުން އޭގެ ހަގީގަތްތައްވެސް އިނގިވަޑައިގަންނަވާނެ" ޖަވާބުގައި ހަލީލު ވިދާޅުވި އެވެ.

ހަލީލުގެ ފައުންޑޭޝަނުން ހަދަން ފެށި އިމާރާތަށް ހަ އަހަރުވެ، ފަންޑު ހުސްވިއިރު، ފެންނާ ހުރީ އެ އިމާރާތުގެ ދަގަނޑު ސްޓްރަކްޗާ އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox