ޕާޓީ ކެންޑިޑޭޓުންނަށް ލީޑަޝިޕުން ތާއީދު ނުކުރާ މައްސަލައެއް އުޅޭތޯ ޖެހޭނީ ބަލައިލަން ކަމަށް ރައީސް ވިދާޅުވެއްޖެ!

ރައީސް މުއިއްޒު އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓަކާއެކު - ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު

ރައީސް މުއިއްޒު އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓަކާއެކު - ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓު ނޫން ކެންޑިޑޭޓަކަށް ލީޑަޝިޕުން ތާއީދުކުރާ ފަދަ މައްސަލައެއް އުޅޭތޯ ޖެހޭނީ ބައްލަވައިލައްވަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓު އަހުމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން ޗާންދަނީ މަގުގައި ރޭ ބޭއްވި ޖަލްސާއަށްފަހު "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރޭގެ ޖަލްސާގައި ސަރުކާރާއި ޕީއެންސީގެ އިސްވެރިން ބައިވެރިވިއިރު، އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުވެސް ވަނީ އަމިއްލަ ކެންޑިޑޭޓަށް ތާއީދުކުރާކަން އިއުލާނުކޮށްފަ އެވެ.

"އެކަހަލަ ކަމެއް އުޅެންޏާ [ފިޔަވަޅު] އަޅައިދޭނަން، އެކަހަލަ ކަމެއް އުޅެންޏާ އަޅުގަނޑު ބަލައިދޭނަން," ޕީއެންސީގެ ރައީސްގެ މަގާމުގައިވެސް ހުންނެވި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެއިތުރުންވެސް މަޖިލީހުގެ އެކި ދާއިރާތަކުގައި ޕީއެންސީގެ ޗެއާޕާސަނުން ފެށިގެން މި ސަރުކާރުގެ ވަޒީރުންވެސް ދަނީ އެ ޕާޓީ ކެންޑިޑޭޓުން ދޫކޮށް އަމިއްލަ ގޮތުން އަދި އެހެން ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވަމުންނެވެ. ރައީސްގެ ކެންޑިޑޭޓަކީ ޕާޓީގެ ކެންޑިޑޭޓު ނޫން ކަމުގައިވެސް ބުނަމުންދެ އެވެ.

އޭގެ ތެރޭގައި ޒަމީރު ގޮތަށް ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން ވެސް ހިމެނެ އެވެ. އެ ގޮތުން ވިލިނގިލި ދާއިރާގެ ޕްރައިމަރީން ބަލިވި އާޒިމް އަބްދުލްއަޒީޒު، ކުޅުދުއްފުށި ދެކުނު ދާއިރާއިން ބަލިވި އައިމަން މުހައްމަދާއި، ހުރާ ދާއިރާއިން ބަލިވި، ކުރީގެ މެންބަރު އަނާރާ ނައީމް ހިމެނެ އެވެ.

ތިމަރަފުށީ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ، އަދި މިހާރު އެ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒުގެ ކެމްޕެއިނުގައި ވެސް ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ. ރިޔާޒަކީ ރައީސް މުއިއްޒުގެ ކެންޑިޑޭޓު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީ ދޫކޮށް ޕީއެންސީއާ ގުޅުނު މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމްގެ ކެމްޕެއިނުގައި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވާއިރު އެ ދެ ދާއިރާގައި ވެސް ޕީއެންސީގެ ޓިކެޓު ދީފައިވާ ކެންޑިޑޭޓަކު އެބަ ތިއްބެވެ.

ޕާޓީގެ އަސާސީ ގަވާއިދާއި އުސޫލުތައް ބުނަނީ ކީކޭ

ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން "ޕާޓީގެ ޓިކެޓުގައި އާންމު އިންތިހާބުތަކަށް ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯދާދިނުމާއި، އެކެނޑިޑޭޓުންނަށް ވޯޓު ދިނުން،" އެއީ ޕާޓީގެ ކޮންމެ މެންބަރަކަށް ވާޖިބު ކަމެކެވެ.

އަދި، "ޕާޓީގެ މައިގަނޑު މަގުސަދުތަކާ ހިލާފުވާ ފަރާތްތަކާއި، ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކާ، ޕާޓީގެ މެންބަރުންގެ ވާޖިބުތައް އަދާކުރަން އުޒުރުވެރިވާ ފަރާތްތަކާއި، ގާނޫނާ ހިލާފު ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު ސުލޫކީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު ޕާޓީއަށް ލިބިގެން" ވާ ކަމަށްވެސް އަސާސީ ގަވާއިދުގައި ބުނެފައިވެ އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދަށް ބަލާނަމަ، ރައީސް މުއިއްޒު އަދި ޕީއެންސީގެ ލީޑަޝިޕުގެ އިސް ފަރާތްތަކުން މިވަނީ ޕާޓީގެ ގަވާއިދާ ހިލާފުވެފަ އެވެ.

އޭގެއިތުރުން ޖެނުއަރީ 26، ގައި ޕީއެންސީ ކޯލިޝަނުން ބޭއްވި މަޖިލިސް ޕްރައިމަރީއަށް އެ ކޯލިޝަނުން އުސޫލެއް އެކުލަވާލި އެވެ.

އެ އުސޫލުގެ ފަސްވަނަ މާއްދާގެ (ށ) ގެ ހަތަރެއްގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންވެސް 'އެ ފުރުސަތު ލިބޭ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބުކޮށްދިނުމުގެ މަސައްކަތުގައި އަމަލީ ގޮތުން އުޅޭނެ ކަމާއި، ވަކިން އިންތިހާބުގައި ވާދަ ނުކުރާނެ ކަމަށް އެއްބަސްވެ ސޮއިކޮށްފައިވާ ގަރާރު" އެއް ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހަޅާއިރު ހުށަހަޅަން ޖެހެ އެވެ.

މި މާއްދާ މިހެން އޮތްއިރު، ޕީއެންސީގެ ޕްރައިމަރީން ބަލިވެ އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން އެވަނީ މި ގަރާރާވެސް ހިލާފުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox