މިޔުޒިކަށް ފާޑުކިޔުމަށް ފަހު ޖަނާބުގެ ފޯރިގަދަ ކެމްޕެއިން ލަވައެއް ލޯންޗުކޮށްފި

އިބްރާހިމް އިއްޔެ އޭނާގެ ކެމްޕެއިން ޖަގަހަ ކައިރީ ރައީސް މުއިއްޒާއެކު: އެ ވަގުތު ވެސް ޖަގަހައިގައި ހުރީ އޭނާގެ ކެމްޕެއިން ލަވަ ޖަހާފައި -- ފޮޓޯ: އިޔާދް އަބްދުލް ވައްހާބް / އަދަދު

އިބްރާހިމް އިއްޔެ އޭނާގެ ކެމްޕެއިން ޖަގަހަ ކައިރީ ރައީސް މުއިއްޒާއެކު: އެ ވަގުތު ވެސް ޖަގަހައިގައި ހުރީ އޭނާގެ ކެމްޕެއިން ލަވަ ޖަހާފައި -- ފޮޓޯ: އިޔާދް އަބްދުލް ވައްހާބް / އަދަދު

މީގެ ކުރިން މިޔުޒިކަށް އެތައް ފަހަރަކު ފާޑުކިޔުމަށްފަހު، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރާ މުހައްމަދު އިބްރާހިމް (އިއްބެ ޖަނާބު) ގެ ފޯރިގަދަ ކެމްޕެއިން ލަވައެއް ނެރެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އިބްރާހިމްގެ ދޮރުން ދޮރަށް ކެމްޕެއިނުގެ ތެރެއިން އަދި އޭނާގެ ކެމްޕެއިން ޖަގަހައިގައި ވެސް ވަނީ އެ ލަވަ ބޭނުންކޮށްފަ އެވެ. އޭނާ ވާދަ ކުރަނީ މައްޗަންގޮޅީ އުތުރު ދާއިރާއަށެވެ.

ލަވަޔާއި މިޔުޒިކާއެކު ހަދާފައި ހުރި އޭނާގެ ބައެއް ކެމްޕެއިން ވީޑިއޯތައް އިބްރާހިމް ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ރިޕޯސްޓުކޮށްފަ އެވެ. ނަމަވެސް އޭނާގެ ކެމްޕެއިން ލަވަ އެކްސްގައި އަމިއްލައަށް ޕޯސްޓްކޮށްފައެއް ނެތެވެ. އެކަމަކު އިބްރާހިމްގެ ކެމްޕެއިން ލަވަ އޭނާގެ ވީޑިއޯއާއެކު އެކްސްގައި އެބަ ދައުރުވެ އެވެ.

އިބްރާހިމްގެ މިފަހަރުގެ ކެމްޕެއިނަށް ލަވައެއް ނެރުނަސް، މިޔުޒިކަކީ ހުއްދަ އެއްޗެއް ކަމަށް އޭނާ މިހާރު ވެސް ގަބޫލެއް ނުކުރެ އެވެ. ކެމްޕެއިން ލަވަ ތައްޔާރު ކުރަމުން ދަނީ ޕާޓީން އާއި ސަޕޯޓަރުން ކަމަށާއި އެކަން ހުއްޓުވެން ނެތް ކަމަށް އިބްރާހިމް ބުންޏެެވެ.

"އަޅުގަނޑަށް ތާއިދުކުރާ މީހުން ވެސް އެބަ ހަދާ ޅެމާއި ބަންޖާ، އެކަންކަމަށް އަޅުގަނޑަށް ނެތް ހުއްޓުވޭކަށެއް. އެކަމަކު އަޅުގަނޑު އަމިއްލަ އަށް އެ ކަހަލަ ކަމެއް ނުކުރަން. ތާއިދުކުރާ މީހުންނާއި ޕާޓީން އެކަން ކުރުމަކީ މުޅީން އެހެން ކަމެއް،" އޭނާ ބުންޏެވެ.

އިބްރާހިމްގެ ކެމްޕޭނުގައި ދޮރުންދޮރަށް ހިނގުމުގެ ހަރަކާތް އިއްޔެ ފެށުމަށް އޭނާގެ ކެމްޕޭން ޖަގަހަ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާވަޑައިގެންނެވިއިރު ވެސް އަޑު ބާރުކޮށް ހުރީ ކެމްޕެއިނު ލަވަ ޖަހައިފަ އެވެ. އެ ލަވަ ޖެހީ ނުރުހުމުގައިތޯ އާއި އެކަން ނުހުއްޓުވީ ކީއްވެގެންތޯ ސުވާލު ކުރުމުން އިބްރާހިމް ބުނީ މި ސުވާލަށް ކުރުކޮށް ޖަވާބު ނުދެވޭނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ތިޔަށް، ދިމާވެގެން ކަންނޭނގެ އެއްޗެއް ނަންގަނެވޭނީ ތަންކޮޅެއް ދިގުކޮށް،" އޭނާ ބުންޏެވެ.

މީގެ ކުރިން މިޔުޒިކާއި ލަވައަށް ވަރަށް ބޮޑަށް އިބްރާހިމް ފާޑުކިޔެވެ. އެގޮތުން، މިޔުޒިކާއި ކުޅިވަރު ބޭނުން ކުރަނީ ޒުވާނުންގެ ސިޔާސީ އަދި މާއްދީ ތަރައްގީ ހުއްޓުވަން ކަމަށް ވެސް ކުރިން ބުނެފައިވެ އެވެ.

"ސިޔާސީ ފަރާތްތަކުން ޒުވާނުން މަގުފުރައްދާ ސަރުކާރުތަކުން ބޭނުންވަނީ ބެރަކާ ގިޓާއެއްދީފައި އެމީހުން ތޮށިގަނޑުމަތީ ބައިތިއްބަން. އެގޮތުން މިއުޒިކާ ކުޅިވަރު ބޭނުން ކުރެވެނީ ޒުވާނުންގެ ސިޔާސީ އަދި މާއްދީ ތަރައްގީ ހުއްޓުވަން ކަމަށް ދެންނެވިދާނެ،" އޮކްޓޯބަރު 23، 2020، ގައި އޭނާ ބުނެފައިވެ އެވެ.

މިޔުޒިކަކީ ތޯޓް ޕޮލިއުޝަން ނުވަތަ ވިސްނުން/ފިކުރުގެ ތަޣައްޔަރުވުމެއް ކަމަށް ވެސް ކުރިން އިބްރާހިމް ބުނެފައިވެ އެވެ.

"އިންސާނުން ގިނަވަގުތު ނުފޫޒެއްގައި އުޅޭނަމަ އޭނާގެ ނަފްސު ކަންފަތިވާނެ. ތާއަބަދު ތޯޓްސް ޕޮލޫޝަން [މަސްތުވުމާއި] ސައުންޑް ޕޮލޫޝަން [މިއުޒިކް] ނޫނީ ވިޝުއަލް ޕޮލޫޝަން [އޮރިޔާން ކާޑް/ގޭމިން/ފިލްމް] ގައި އުޅޭނަމަ އޭނާ އެހުރީ ހަލާކުވެފައި. ނަފްސް ގެއްލި ބުރާންތިވެފައި،" އޮކްޓޯބަރު 8، 2022، ގައި އިބްރާހިމް ބުނެފައިވެ އެވެ.

މިޔުޒިކު އަޑުއަހާ ޒުވާނުންނަށް ވެސް އޭނާ ފާޑުކިޔާފައިވެ އެވެ.

"ބައެއް ޒުވާނުން މިއުޒިކާ ފިލްމު ބަލާ އަދި ގޭމް ކުޅުމާ ސޯޝަލް މީޑިޔާގައި އުޅުމުގެ ސަބަބުން ތަނަކު ހިމޭނުން ހަރަކާތް ހުއްޓައިގެން ބަހެއް ނުބުނެ ހުރުމަކީ ހަޑިކަމެއް ކަމުގައި ހީކޮށް ލިފްޓްގައި ތިބޭއިރު ލަވަކިޔާ އަޑުލައްވާ ވައްތަރު ޖައްސާ ހެދެއެވެ. ނަފްސާނީ ކަމެއް؟،" މާޗް 15، 2022 ގައި އޭނާ ބުންޏެވެ.

އޭގެ އިތުރުން، މިޔުޒިކާ ދެކޮޅު ޓީޗަރުން ކުރީގެ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ އެކަމަށް ވެސް އިބްރާހިމް ފާޑުކިޔާފައިވެ އެވެ.

"ވެރިކަމަށް އައި ގޮތަށް މަޖާކުރާނެ ތަންތަން އަޅާ ގަރާރު ވެސް ވަނީ ފާސްކޮށްފައި. ޓީޗަރުން ލައްވާ ނައްޓުވާ މިއުޒިކާ ދެކޮޅު ޓީޗަރު ސަސްޕެންޑްކޮށްފަ މައްސުނި ނުހައްދަވާ،" ނޮވެމްބަރު 19، 2022، ގައި އޭނާ ބުންޏެވެ.

މީގެ ކުރިން 2019 ވަނަ އަހަރު މައްޗަންގޮޅީ މެދު ދާއިރާއަށް ވެސް އިބްރާހިމް ވާދަ ކުރެއްވި އެވެ. އެފަހަރު އޭނާ ވާދަ ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox