މާލީ ތާށިކަން އައީ މުއިއްޒުގެ ބޯހަރުކަމުން، އަވައްޓެރިންނާ ވާހަކަ ދައްކަވާ: ސޯލިހު

ރޭގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އިޔާދު/ އަދަދު

ރޭގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އިޔާދު/ އަދަދު

މާލީ ދަތިކަމުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޯހަރުކަން ދޫކޮށްލައި، އަވައްޓެރިންނާ ވާހަކަ ދެއްކެވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ގޮވާލައްވައިފި އެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު އަވަށުގެ ހަތަރު ދާއިރާއަށް އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ބޭއްވި އިވެންޓުގައި ސޯލިހު ވިދާޅުވީ ދަރަނި ރީސްޓްރަކްޗާކުރުމަށް އިންޑިއާއާ ވާހަކަ ދައްކަވަން މުއިއްޒު ބޭނުންވާ ވާހަކަ މީޑިއާތަކުން ފެނިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް، ކުރިމަތިވެގެން އުޅޭ ދަތިކަމަކީ އިންޑިއާގެ ލޯނުތަކުން ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޗައިނާ އަށް ދައްކަންޖެހޭ ދަރަނީގެ ގޮތުގައި 18 ބިލިއަން ރުފިޔާ އޮތް ކަމަށާއި ނަަމަވެސް އިންޑިއާއަށް ދައްކަންޖެހޭ ދަރަނީގެ މިންވަރަކީ އަށް ބިލިއަން ރުފިޔާ ކަމަށާއި އެ ފައިސާ ދައްކަން ޖެހޭނީ 25 އަހަރުން ކަމަށް ސޯލިހު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑުމެންގެ އަވައްޓެރިން އެހީތެރިވެދޭނެ. ބޯހަރުކަން ދޫކޮށްލާފައި މީހުންނާ ވާހަކަ ދައްކަންވީ. އަޅުގަނޑުމެންނަށް އެހީވެދޭނެ ބައިވަރު މީހން އެބަތިބި. އެހެން ނަމަވެސް ގޮތް ދޫކުރައްވަން ނޫޅުއްވާ. އަދި ކިރިޔާ ވިސްނޭހެން އަޅުގަނޑަށް ހީވަނީ،" ސޯލިހު ވިދާޅުވި އެވެ.

ރާއްޖެއަށް އެހީވާން ތިބޭނީ އަވައްޓެރިންނާއި މެދުއިރުމަތީގެ އިސްލާމީ ގައުމުތައް ކަމަށާއި ނަމަވެސް މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މެދުއިރުމަތިން ވެސް މިހާތަނަށް ލިބުނީ ހަމައެކަނި 50 ޓަނުގެ ކަދުރު ކަމަށް ސޯލިހު ސަމާސާ ރާގެއްގައި ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުން ފަށާފައިވާ ކަންކަން މި ސަރުކާރުގެ މަޝްރޫއުތަކުގެ ގޮތުގައި ހަދައި ދޮގު ފަތުރަމުންދާކަން ސޯލިހު ވިދާޅުވީ ބައެއް މިސާލާއެކު އެވެ. އެ ދޮގުތަކުން ސަލާމަތްވުމަށްޓަކައި މިހާރު ވަޒީރުން ނުކުމެ ދޮގު ހަދަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވިދާޅުވެފައި އޮތް ކަމަށް ވަނީ މީގެ ދެ ދުވަސް ކުރިން ގެންގޮސްފައި ، ތިމަންނައަކީ ރައްޔިތުންގެ ކުރިމަތީގައި މިހާރު ދޮގު ހަދާ މީހަކަށް ވެ ނިމިއްޖޭ. ކަލޭމެން އެއްވެސް މީހަކު ތިމަންނައަކަށް އަޅައެއް ނުލިޔޭ،" ސޯލހު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އަދި އެއަށް ފަހު ވެސް މުއިއްޒު ގެންދަވަނީ އިންޑިއާ ނިސްބަތްކޮށް ބަދު ބަސް ވިދާޅުވަމުންނެވެ. މި ސަރުކާރާއި އިންޑިއާ ގުޅުން ގޯސްވެފައި ވާއިރު، ވެރިކަމަށް ހަތަރު މަސް ވެގެން ދިޔައިރު ވެސް މުއިއްޒު އިންޑިއާ އަށް ވަޑައިނުގަންނަވަ އެވެ. މީގެ ކުރީގެ ރައީސުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރަކަށް ވާނީ އިންޑިއާގެ ދަތުރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox