72 ކިލޯގެ މަސްތުވާތެކީގެ މައްސަލައިގައި އިރުފާން އަނެއްކާވެސް ބަންދަށް

ލޯންޗެއްގައި މާލެއަށް ބޭލި މަސްތުވާތެކެއްޗާ ހަވާލުވެ ކާރަކަށް އަރުވައިގެން މާލެ ތެރެއަށް އެ ތަކެތި ގެންދިޔަ ކަމަށް ބުނާ އިރުފާން ތަގިއްޔު -- ފޮޓޯ: ސުޕްރީމް ކޯޓު

ލޯންޗެއްގައި މާލެއަށް ބޭލި މަސްތުވާތެކެއްޗާ ހަވާލުވެ ކާރަކަށް އަރުވައިގެން މާލެ ތެރެއަށް އެ ތަކެތި ގެންދިޔަ ކަމަށް ބުނާ އިރުފާން ތަގިއްޔު -- ފޮޓޯ: ސުޕްރީމް ކޯޓު

ރާއްޖެއަށް އެތެރެކުރިފަހުން އަތުލައިގަތް 72 ކިލޯގެ މަސްތުވާތެކީގެ މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރި ކަމުގެ ދައުވާ ދައުލަތުން އުފުލާފައިވާ ސ. ހުޅުދޫ، އިރުފާން ތަގިއްޔު ބަންދުން ދޫކުރުމަށް ދަށު ކޯޓުން ނެރުނު އަމުރު ބާތިލުކޮށް އޭނާގެ ބަންދާ މެދު ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ގޮތެއް ނިންމަންދެން ރިމާންޑު ޖަލެއްގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އެ މައްސަލައިގައި ހުކުމް ކުރީ މައްސަލަ ބެލި ތިން ފަނޑިޔާރުގެ އިއްތިފާގުންނެވެ. ހުކުމް އިއްވެވީ ފަނޑިޔާރު ހުސްނުއްސުއޫގެ ރައުޔާ އެއްގޮތަށެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުން އިރުފާން ތަގިއްޔު ބަންދުން ދޫކޮށްލި ހުކުމް ބާތިލު ކުރަން ނިންމީ އޭނާ ދޫކޮށްލާފައި ވަނީ ރަނގަޅު އުސޫލުތަކަކަށް ބިނާކޮށް ނޫން ކަމަށް ވާތީއާއި ބަންދު މުރާޖާ ކުރުމުގައި ދަށު ކޯޓުން ނިންމާފައި ވަނީ ކްރިމިނަ؛ލް ކޯޓުގައި ހިނގަމުންދާ އަސްލު މައްސަލައިގެ ނަޒާހާތްތެރިކަން ގެއްލޭނެ ގޮތަށް ކަމަށް ވާތީ ކަމަށެވެ.

އަދި ދަށު ކޯޓުން ބަންދު މުރަޖާ ކޮށްފައިވާ ގޮތުން އަސްލު މައްސަލައިގެ ޝަރީއަތަށް ހުށަހެޅިފައިވާ ހެކިތަކާ ގުޅޭގޮތުން ފަނޑިޔާރުގެ ވިސްނުން ދުރާލައި ހާމަވާނެ އުސޫލަކުން ކަމަށް ވާތީ ކްރިމިނަލް ކޯޓުން އިރުފާން ތަގިއްޔު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށް ނިންމި ނިންމުން ވެސް ސުޕްރީމް ކޯޓުން ވަނީ މިއަދު ބާތިލުކޮށްފަ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ހުކުމުގައި ބުނީ މިއަދު ސުޕްރީމް ކޯޓުން ކަނޑައެޅި އުސޫލުތަކުގެ މަތިން އިރުފާން ތަގިއްޔުގެ ބަންދުގެ މުއްދަތާ މެދު ހަތް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ގޮތެއް ނިންމުމަށާއި އެ ނިންމުން ނިންމަންދެން ރިމާންޑު ޖަލެއްގައި އިރުފާން ތަގިއްޔު ބަންދު ކުރުމަށެވެ

އިރުފާން ތަގިއްޔުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބެމުންދިޔަ މައުލޫމާތުތަކަކާ ގުޅިގެން ފުލުހުން ފާރަލަމުންދިޔަ ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން ލޯންޗެއްގައި މާލެއަށް ބޭލި މަސްތުވާތަކެއްޗާ ހަވާލުވެ އެތަކެތި ކާރަކަށް އަރުވައިގެން ދުއްވާފައި ގެންގޮސް ފަރީދީ މަގުގައި ޕާކު ކުރި މައްސަލައިގަ އެވެ.

ކޯޓުގައި ފުލުހުން ބުނެފައި ފަރީދީ މަގުގައި އެ ކާރު ޕާކު ކޮށްފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން އިރުފާން ތަގިއްޔުގެ ހާޒިރުގައި ކާރު ބަލައި ފާސްކުރިއިރު، ޑިސެމްބަރު 8. 2020 ގައި ޕްރިންސެސް ސަމީރާ ނަމަކަށް ކިޔާ ލޯންޗުގައި މާލެއަށް ބޭލި ދެ ލަގެޖު ފޮށްޓާއި ދެ ގޯނިން 72 ކިލޯގެ މަސްތުވާތަކެތި ބަންދުކުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށެވެ.

އެ މައްސަލައިގެ ޝަރީއަތް އަދިވެސް ކްރިމިނަލް ކޯޓުގައި ހިނގަމުން ކުރިއަށް އެބަދެ އެވެ.

ޝަރީއަތް އަދި ނުނިމުނު ނަމަވެސް އިރުފާންގެ މައްޗަށް އެކަށީގެންވާ މިންވަރުގެ ހެކި ހުރުމުން، މިނިވަނެއްގެ ގޮތުގައި އިރުފާން ހުރެއްޖެ ނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައާއި ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން ޝަރީއަތް ނިމެންދެން އިރުފާން ބަންދު ކުރުމަށް 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން އަމުރު ކުރި އެވެ.

ނަމަވެސް ބަންދު މުރާޖާ ކޮށްދިނުމަށް އެދި އިރުފާން ތަގިއްޔުގެ ފަރާތުން އޯގަސްޓު 29، 2023 ގައި އަލުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ފޯމާ ގުޅިގެން އޮކްޓޯބަރު 3، 2023 ގައި ބޭއްވުނު ބަންދު މުރާޖާ ކުރުމުގެ އަޑުއެހުމުގައި އިރުފާން ތަގިއްޔު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށް ކްރިމިނަލް ކޯޓުން ވަނީ ޝަރުތު ކުރުމަށްފަހު އިރުފާން ބަންދުން ދޫކޮށްލާފައިފަ އެވެ.

އިރުފާން ތަގިއްޔު ބަންދުން ދޫކޮށްލަން ނިންމުމަށް ކްރިމިނަލް ކޯޓުން ވާސިލުވުމަށް ހެކި ވަޒަންކުރިގޮތް ސާފުވާން ނެތުމާއި ހެކި ވަޒަން ކުރިގޮތް ރަނގަޅު ނޫން ކަމަށް ބަޔާންކޮށް ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އޭރު އިސްތިއުނާފު ކުރުމުން ހައިކޯޓުން ނިންމީ އިރުފާން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ސަބަބު ސާފު ނުވާތީ އެ ނިންމުން ބާތިލުކޮށް އިރުފާން ތަގިއްޔު ބަންދު ކޮށްދިނުމަށް ޕީޖީ އޮފީހުން އަލުން ހުށަހަޅައިފި ނަމަ ބަންދާ މެދު އަލުން ގޮތެއް ކަނޑައެޅުމަށެވެ.

ހައިކޯޓުގެ އެ އަމުރާ އެއްގޮތަށް އިރުފާން ތަގިއްޔުގެ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް ޕީޖީ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ ތަގިއްޔުގެ މައްޗަށް ދައުޗާ އުފުލާފައިވާ މައްސަލައިގައި ކުރިން ބަންދު ކުރަން އަމުރު ނެރެން ޖެހުނު ހާލަތް މިހާރު ނެތް ކަމަށްވުމާއި އެހައިތަނަށް ނެގިފައިވާ ހެކިބަހުން މައްސަލަ ނިއުޅިފައިވާ މިންވަރުން ދައުލަތުން އުފުލާފައިވާ ދައުވާގެ ކުށުގައި ތަގިއްޔުގެ ބައިވެރިވުން އޮތް މިންވަރު ކުޑަކަމަށް ގަބޫލު ކުރެވޭތީ އިރުފާން ތަގިއްޔު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އެ އަމުރު ޕީޖީން ވަނީ ހައިކޯޓުގައި އަނެއްކާވެސް އިސްނިއުނާފު ކޮށްފަ އެވެ. މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އިރުފާން ލަގިއްޔު ބަންދު ނުކުރެވޭނެ ކަމަށް ދަށު ކޯޓުން ނިންމުމަށް ދެއްކި ހާލަތަކީ އެހައިތަނަށް އުފަންވެފައި ނުވާ ހާލަތެއް ކަމަށް ބަލައި ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގޯސްކޮށް ކަމަށް ނިންމައިފަ އެވެ. ނަމަވެސް ހައި ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލު ކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމުގައި ބުނެފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދު މުރާޖާ ކުރަންވާނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާއި ޝަހީބް އިބްރާހިމް ވާސަސް ޕްރޮސެކިއުޓާ ޖެނެރަލްސް އޮފީސް ގަޒިއްޔާގައި ބަޔާން ކޮށްފައިވާ ތަރަހައިގެ ތެރޭގައި ކަމަށާއި އެ ތަރަހައިގެ ބޭރުން އޭނާގެ މައްޗަށް ދައުވާ ކުރެވި ހިނގަމުންދާ އަސްލު މައްސަލައިގެ ޝަރީއަތުގައި ހުށަހެޅޭ ހެކިތަކަކުން ހަމަވާ ކަންތައްތަކަކަށް ބަންދު މުރާޖާ ކުރުމުގައި ރިއާއަތް ކޮށްގެން ނުވާނެ ކަމަށެވެ.

އެގޮތުން ސުއޫދު ވިދާޅުވީ ބަންދު މުރާޖާ ކުރުމުގައި އަސްލަ މައްސަލައިގެ ޝަރީއަތަށް ހުށަހެޅޭ ހެކިތަކަށް ރިއާއަތްކޮށް ބަންދު މުރާޖާ ކުރާނަމަ، އިސްތިއުނާފީ މަރުހަލާގައި އެ ހެކިތަކުގެ މައްޗަށް އިސްތިއުނާފީ ކޯޓުތަކުން ބަލައި އެއާ މެދު ގޮތެއް ނިންމުމުން އަސްލަ މައްސަލައިގެ ޝަރީއަތެއް ހިންގުމުގެ ބޭނުން ކެނޑޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox