އެންމެ ލަސްވެގެން މެއި މަހު އީ-ވޮލެޓުގެ ހިދުމަތް ތައާރަފުކުރާނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު : އެމަނިކުފާނު ވިދާޅުވީ އެންމެ ލަސްވެގެން މެއި މަހު އީ-ވޮލެޓުގެ ހިދުމަތް ތައާރަފުކުރައްވާނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު : އެމަނިކުފާނު ވިދާޅުވީ އެންމެ ލަސްވެގެން މެއި މަހު އީ-ވޮލެޓުގެ ހިދުމަތް ތައާރަފުކުރައްވާނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ރާއްޖޭގައި އީ-ވޮލެޓުގެ ހިދުމަތް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެންމެ ލަސްވެގެން މެއި މަހު އެ މަސައްކަތް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ސަރުކާރުން މީގެ ކުރިން މި ކަމުގައި ދައްކާފައިވާ ވާހަކަތަކުގެ އަދާހަމައެއް ހޯދުމަށް، އާންމުންގެ މީހަކު "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ މެދުވެރިކޮށް އެހި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"އެކަމުގެ މަސައްކަތްތައް ވަރަށް ބާރަށް އެބަ ހިނގާ، އަޅުގަނޑުމެން މި އުއްމީދުކުރަނީ މެއި މަހުގެ ތެރޭގަ އެންމެ ލަސްވެގެން އީވޮލެޓުގެ ތައާރަފުކުރެވުން،" ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް އޮންލައިން ޕޭމަންޓު ސިސްޓަމްތައް ގެނެސް އެ ސިސްޓަމްތައް މެދުވެރިކޮށް ފައިސާ ނެގޭނެ ގޮތް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ރިޔާސީ ކެމްޕޭނުގައި އޮގަސްޓު 21، 2023 ގައި އައްޑޫ ސިޓީ ހިތަދޫގައި ހުންނަވާ ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އިންޓަނެޓް ވިޔަފާރިއަށް ފަސޭހަކޮށްދ،ީ ފުޅާކޮށް އެކަން ކުރެވޭނެ މަގު ފަހިކުރުމަށްޓަކައި ގާނޫނީ ގޮތުން ގެންނަންޖެހޭ ކުރިއެރުންތަކާ ބަދަލުތައް ގެންނާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"އޮންލައިން ޕޭމަންޓް ސިސްޓަމްތަކުގެ ތެރޭގައި ހިމެނޭ ޕޭޕަލ،ް ޕޭއޮނިއ،ާ ސްޓްރައިޕް، ސްކްރިލް، ނެޓެލް، މިފަދަ އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންކުރެވޭގޮތަށް އިރާދަކުރެއްވިއްޔާ ކަންކަން ބައްޓަންކޮށްދޭނަން،" އެ ދުވަހު ރައީސް ވިދާޅުވި އެވެ.

ރާއްޖޭން މިހާރު ޕޭޕަލް މެދުވެރިކޮށް ކުރެވޭ ކަމަކީ ފައިސާ ފޮނުވުމެވެ. ނަމަވެސް ޕޭޕަލް މެދުވެރިކޮށް ފައިސާ ނެގުމުގެ ފުރުސަތެއް ނޯވެ އެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ ސަރުކާއެކު މަޝްވަރާތަކެއް ކުރަން ތައްޔާރުވަމުންދާ ކަމަށް ޖެނުއަރީ 7، 2024 ގައި ރައީސް އޮފީހުން ބުނެފައިވެ އެވެ. ނަމަވެސް އޭގެ ފަހުން އެކަމުގެ ތަފުސީލެއް ސަރުކާރުން ދީފައެއް ނުވެ އެވެ.

ވިޔަފާރީގެ މަޝްވަރާތަކަކަށް ރާއްޖޭގެ ސަރުކާރެއްގެ ވަފުދެއް މި އަހަރުގެ ޖުލައިގައި އެމެރިކާގެ ވެރިރަށް ވޮޝިންޓަނަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ. ކުރިން ބެލެވުނު ގޮތުގައި ޕޭޕަލްގެ މަޝްވަރާތައް ކުރާނީ އެ ދަތުރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox