ދިވެހިންގެ އިންފާރު ބަލަހައްޓާނީ ދިވެހިން, ބަޔަކު ކަންބޮޑުވާކަށް ނުޖެހޭ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ދިވެހިންގެ އިންފާރު ބަލަހައްޓާނީ ދިވެހިން ކަމަށާއި އެކަމަ ބަޔަކު ކަންބޮޑުވާން ނުޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ދިވެހިންގެ އިންފާރު ބަލަހައްޓާނީ ދިވެހިން ކަމަށާއި އެކަމަ ބަޔަކު ކަންބޮޑުވާން ނުޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ދިވެހިންގެ އިންފާރު ބަލަހައްޓާނީ ދިވެހިން ކަމަށާއި އެކަމަ ބަޔަކު ކަންބޮޑުވާން ނުޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފް އެއާ ކޯ އިފްތިތާހު ކުރުމަށް ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ސަރަހައްދު ނުވަތަ ދިވެހި އިންފާރު ބެލެހެއްޓުމަކީ ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށެވެ.

ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ދިވެހިން ބަލެހެއްޓައިގެން އެހެން ބަޔަކު ކަންބޮޑުވާނަމަ، އެއީ ދިވެހިން މާ ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

Advertisement

"މި ބޮޑު ސަރަހައްދަކީ އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންގެ މިހާރާއި މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި ލިބިފައިވާ ބޮޑު ނިއުމަތެއް. މި ބޮޑު ސަރަހައްދު ބެލެހެއްޓުމަކީ އަމިއްލައަށް ކުރާ ކަމަކަށްވާންޖެހޭ" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކައިގައި އަމިއްލަ ބާރުވެރިކަން ގާއިމުކުރުމަކީ ދިވެހިންނަށް ކުރެވިދާނެ ކަމެއްކަން ދިވެހިން ގަބޫލުކުރާ ކަމަށް ވިދާޅުވެ، އެކަމަށް ޓަކައި ދިވެހި އަސްކަރިއްޔާއިން ކުރާ މަސައްކަތަށް ރައީސް މުއިއްޒު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ މިނިވަންކަން ދިފާއުކުރުމަކީ އަދި ގައުމުގެ އަމިއްލަވަންތަކަން ހިމާޔަތް ކުރުމަކީ ދިވެހިންނަށް ލިބިފައިވާ ހައްގެއްކަން ދިވެހިން ގަބޫލުކުރާ ކުރުމަކީ އެމަނިކުފާނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށާއި، އެއީ ކޮންމެ ދިވެއްސަކު ވެސް ގަބޫލުކުރަން ޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކު އަޅުގަނޑުމެންގެ ފިކުރުގައި ކޮންމެކަހަލަ ތަފާތު ކަމެއް ހުރި ނަމަވެސް، އިސްކުރަންވީ ދިވެހި ފިކުރާއި ދިވެހި ވަންތަކަންކަން ގަބޫލުކުރުމަކީ މިއަދު އެންމެން ގަބޫލުކުރަންވީ ހަގީގަތް" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެއަކީ ވަރަށް ކުޑަ ގައުމެއް ގޮތުގައި ދިވެހިން އަމިއްލައަށް ގަބޫލުކުރަމުން އައި ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަން ގަބޫލު ކުރަން ޖެހޭ ކަމަށާއި، މިއީ ވަރަށް ބޮޑު ގައުމެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރަައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ނުވަ ލައްކަ އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ކަނޑުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނެއް ހިމެނޭ ބޮޑު ގައުމެއް ކަމަށާއި، އެ ބޮޑު ސަރަހައްދު މިވީހާ ދުވަހު އަމިއްލަ ބާރުވެރިކަމެއް ނެތިގެން ނުބެލެހެއްޓި އޮތުމަކީ މިހާރު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox